ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް، ރަމަޟާން މަހު ލުއިތަކެއް ދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

މައިމޫނާ މިހެން ވިދާޅުވީ މިއަދު ރައްޔިތުން މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް އޭނާ ހާޒިރު ކުރުމުންނެވެ. މައިމޫނާ ވިދާޅުވީ ރަމަޟާން މަހު ލުއިތަކެއް ދޭން ބޭނުންވާ ކަމަށާއި މިހާރުގެ ހާލަތު ބެލުމަށް ފަހު ބަދަލުތައް ގެނެވޭނެ ގޮތްތައް ކަނޑައަޅުއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލުއިތައް ދިނުމަށް އިތުރު ބާރަކަށް ވާނެ ވެކްސިން ޖެހުމާއި ވެކްސިން ދެވޭ ނިސްބަތަށް ބަލާފައި. ވީހާ ވެސް އަވަހަކަށް ވެކްސިން ޖަހައި، ރަނގަޅު ކަވަރޭޖެއް ގެނައުން މިއީ ވަރަށް ބޮޑު އުންމީދެއް" އޭނާ ވިދާޅުވި އެވެ.

މައިމޫނާ ވިދާޅުވިގޮތުގައި، ވެކްސިން ދިނުމުގެ އިތުރުން ބަލީގެ ނުރައްކާތެރިކަމަށް އަންނަ ބަދަލުތައް ވެސް އަންނަނީ ދެނެގަންނަމުންނެވެ. ކޮވިޑް ފެތުރުނު ކަމުގައިވީ ނަމަވެސް އެ ބަލިން ނުރައްކާ ހާލަތަށްދާ މިންވަރު ކުޑަ ކުރެވޭ ކަމުގައިވާ ނަމަ އިތުރު ލުއިތައް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރޯދަމަހަށް ވިޔަފާރިތަކަށް އިތުރު ދަތިތަކެއް ކުރިމަތި ކުރާކަށް އެއް ގޮތަކަށް ވެސް ނުވިސްނަން. އެގޮތަށް ލުއި ދެވޭނީ ކަންކަމަށް ބަލާފައި،" މައުމޫނާ ވިދާޅުވި އެވެ.

ކެފޭ އާއި ރެސްޓޯރެންޓްތަކަށް ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނީ އެތަންތަނަކީ ބަލީގެ ނުރައްކާތެރިކަން ފެތުރިގެން ދިއުން ބޮޑު ތަންތަނަށް ވާތީ ކަމަށް ވިދާޅުވެ މައިމޫނާ މިއަދު ވެސް ވަނީ ކެފޭ އާއި ރެސްޓޯރެންޓްތަކަށް އަޅާފައިވާ ފިޔަވަޅުތައް ދިފާއު ކޮށްފައެވެ.

މައިމޫނާ ވިދާޅުވީ، ކެފޭ އާއި ރެސްޓޯރެންޓް އަދި ސައި ހޮޓާތައް ފަދަ ތަންތަނަކީ ބަލި ފެތުރިގެން ދިއުމުގެ ނުރައްކާ ބޮޑު ތަންތަން ކަމަށާއި ފިހާރަތަކަށްވުރެ ބޮޑަށް އެފަދަ ތަންތަނުގެ ރިސްކް މާ ބޮޑު ކަމަށެވެ. އޭނަ އަދި ވިދާޅުވީ އެފަދަ ތަންތާ ތިބެން ޖެހެނީ ވެސް މާސްކު ނަގައި ގައިދުރު ކަމެއް ނެތި ކަމަށެވެ.

"ނުރައްކާ އަދިވެސް އެބޮތް. މީގައި މުހިންމީ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ބޭފުޅުން އަމަލު ކުރުން. މި ފިޔަވަޅުތައް އަޅާފައި ވަނީ ރިސްކް ލެވެލްތަކެއް ކެޓެގަރައިޒް ކޮށްގެން. ރިކްސް ބޭސްޑްކޮށް ބަލާނަމަ ކެފޭ ރެސްޓޯރެންޓްތަކުގަ ރިސްކް ބޮޑު،" މައިމޫނާ ވިދާޅުވި އެވެ.

އެޗްޕީއޭގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށް ސުވާަލު ކޮށްފައި ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގެއްލުންވަމުން ދާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަބްސީ

    އެހެންވިއްޔާ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފަ އެހެން ބޭފުޅަކާ ތިތަން ހަވާލު ކުރޭ

    15
    4
    • Anonymous

      މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާނދޭވެ. އާމީން.
      މަރްހޫމަށް އިހްތިރާމް ކުޑަކުރާކަށް ނޫން، އެކަމަކު ދަންނަވަންތޯ1 ކޮވިޑެކޭ ކިޔައިގެން އެންމެން ގޭގައި ބައިތިއްބައިގެން އިގްތިސާދު ހަލާކުކޮށް ފަގީރުކޮށް މުއްސަނދި ގައުމުތަކުގެ އަޅުވެތިކަމަށް ގެންދަން މިހިންގާ ޖަރީމާއާ ދޭތެރޭ ރައްޔިތުން ނިކަން ފުންކޮށް ވިސްނާލަން ވެއްޖެ. 1 އަހަރު ތެރޭ ކިތައް މީހުން ޖުމްލަ މަރުވިތޯ؟ ކިތައް މީހުން ކޮވިޑްގައި މަރުވިތޯ؟ ކޮން އުމުރެއްގެ މީހެއްތޯ ކޮވިޑުގައި މަރުވީ؟ ކޮވިޑް ޖެހުނު އުމުރުން ދުވަސްވީ އެންމެން މަރުވިތޯ؟ ކުރީގެ ރައީސް ކޮވިޑުން ސަލާމަތްވީ ކިހިނެއްތޯ؟ ކޮވިޑާ ހެދި އަޅުގަނޑުމެނަށް ލިބުނީ ކޮން ގެއްލުމެއްތޯ؟ ދުނިޔޭގައި އުޅޭ ހަމައެކަނި ބައްޔަކީ ކޮވިޑްތޯ؟ އަނގަމަތީގައި އެއްޗެހި އަޅައިގެން މީގެ ކުރިން ތިބި ރަސްރަސްކަލުންގެ ލަޝްކަރުތަކަކީ އަޅުން ނޫންތޯ؟

  2. ޙ

    ކޮންލުޔެއް ދެވޭނީ ގުދުރަތީ ނިޒާމް ބަދަލުކޮށެއްނުލެވޭނެ.

    16
    1
  3. ގެޔޭ

    ނާ ކަމަކު ނުދާނެ.

    10
  4. ކެފޭ

    މިސްކިތްތަކަށް ނުދެވޭހެން،ގޭއި ބަނދުވެގެން ތިބެންޖެހޭގޮތަށް ލުއިތަށް ލިބިދާނެހެން ހީވަނީ.

    11
    3
  5. އެމް.ޑީ.އެން ސަހިންދާ

    ލުވިދޭށޭ ކިޔާފަ މިސް ކިތްތައް ބަންދު ކކޮށްލާ! އޭރުން ތާ ކ ކާފަރު ޤައުމުތަ ކުން ރުފިޔާ ލިބޭނީ...

    12
    2
  6. މަރިޔަނބު ކަޅު

    ކަމާނާ ކުޅޭ ގޭމެއްތަ މިއީ؟ ހިތައްއެރީމަ ލުއި ދީފަ ހިތައްއެރީމަ ރައްޔިތުން ގޭބަންދުކުރަން؟

    17
    2
  7. ބަކަރި

    މީނަ އެކަނި ޖެހޭނީ މޮޅުގަ އުޅެން

    8
    1
  8. ޜަނާ

    ބުއްޅަބެއަށް ބިރުން ކުރިންވެސް އެ ކަލޭގެ އަށް ބިރުން ލޮކްޑައުން އުވާލީ ވެސް

    14
    2
  9. އަޙްމަދު

    ޅުއިވާނީދޭން ސަތޭކަ އަށްވުރެ މަތީގަ ނަންބަރު ހުއްޓަސް،

    10
    2
  10. ޢަލިބެ

    ބިރުދައްކާލީމަ އަވަހަށް ލުއިދޭވާހަކަ ތިބުނީދޯ. އެއްއަހަރުދުވަހުގެތެރޭގައި ފަސްދޮޅަހަކަށްމީހުން ނިޔާވުމުން އެކަން ބޮޑުވެގެން އުޅޭއިރު ނިޔާވި މީހުންގެ އެވްރެޖް ޢުމުރަށް ބަލައިލަންވީނު. ރައްކާތެރިކަމުގެ ފިޔަވަޅުވެސް އަޅަންވާނެ. އެކަމަކު މީހުންގެ އަނގަޔާ އަތާވެސް ދިމާކުރެވެންޖެހޭނެ. އެންމެންނަކީ ހެނދުނު ގޮސް ފިނިކޮޓަރިއެއްގައި އިނދެގެން މަސައްކަތްކޮށްލައިގެން މަހުންމަހަށް މުސާރަ ލިބޭބައެއްނޫން. ބުރަމަސައްކަތް ކޮށްގެން ލިބޭއެއްޗަކުން ދިރިއުޅުމުގެ ބޭނުންތައް ފުއްދައިގެން އުޅެމުންދާމީހުން މާގިނަ. އެމީހުން ކުރާ މަސައްކަތްތައް ކުރުން ހުއްޓުވީމަ ދެން އެމީހުންނަށް ވާނެގޮތަކަށް އެއްފަހަރުވެސް ނުވިސްނާ. އެއްބަޔަކު ނަފްސާނީ ބަލީގެ ޝިކާރައަކަށްވެގެން ދިޔައިރުވެސް އެކަމަކަށް ބެލުމެއްނެތް. ބޭރަށް ނުކުމެއްޖެއްޔާ ޖޫރިމަނާ. ދުއްވާއެއްޗަކަށް އަރައިފިއްޔާ ޖޫރިމަނާ. މިލާރިދައްކަން ލާރިހޯދަން ކުރާމަސައްކަތް ކުރުންމަނާ. މީ މޮޔަބައެއްބާ އަނެއްކާ؟

    16
    3
  11. ފުރަބަންދު

    ލުއި ދެނީ ރޯދަ މަހަ ކަށް ނޫން އިންތިހާބަށް އަދިވެސް އަދަދުތައް ހުރީ މަތީގަ އެ ކަމަ ކު ލުއި ދެވޭ އެހެންވީމަ ތި ކުރާ ކަމަ ކީ އިދި ކޮޅު ކޮރޯނާގަ ޖައްސާފަ އިންތިހާބު ކާމިޔާބުކުރަން ވީ ވައުދު ފުއްދުން🤣

  12. އަޙްމަދު

    ލުޔޭ ކިޔައިގެން މިސްކިތްތަށް ބަންދު ނުކުރާތީ! އެންމެ ފުރަތަމަވެސް އެމީހުންނަށް ފެންނާނީ މިސްކިތް! އެތަން ބަދުވުމަކީ ބައެއްމީހުން އުފާވާނެކަމެއް!!! އެމީހުން ހިތްހަމަޖައްސަން މިފަހަރު މިސްކިތް ބަންދު ނުކުރާތި!

  13. ވާނުވާ

    މައިމޫނާ ދިގު މުއްދަތަކަށް ޖަލަށްލުމަށް ފަހު މިކަމުގެ ތެރޭގައި އިންގާފައިވާ ޖަރީމާތައް ބެލުމަށް ޒީރޯ ޓޯލަރެންސް ސަރުކާރަށް ގޮވާލަން

  14. ކޮވިޑް

    ހެޔޮ ނުދިނަސް .ކޮވިޑް އަމާ ލުއި ދީގެންތަ 2020 ގަ ރޯދަ ހިފީ؟ ތިޔަ ހިފައްޓާފަ ހުރި އެތީގަ ހިފާއްޓާ ބާރު ކޮށް ގެން ބަކީ 3 ވަރަކަށް އަހަރު މަޑު ކޮށްލާ އޭގެ ފަހުން ކުޑަ ގޮޅި ރެޑީޓް ގޯ އޯކޭ ކޮވިޑް އަމާ؟

  15. ޙުސައިން ޢަލީ

    ކޮން ލުޔެއް ދެވޭނީ އިޞްލާޙުވުން މާރަނގަޅު؟

  16. ރައޫފް

    މިސްކތްތައް ބަންދުކޮށް އެތަންތަނުގައި އަޅުކަން ނުކުރެވޭގޮތްހެދުން އެއީ ލުޔެއްކަމުގައި ނަހަދާތި!

  17. ޖާބެ

    މިވެރިކަން ބަދަލުވާދިވަހު މިމީބުންނައް ދަޢުވާކޮށް ނަހަމަގޮތުގަ ލިބިފަހުރި މަންފާގެ މުދަލާ ފައިސާ ދައުލަތައް ނަގާ ޖަލުގެ ތޭރިތަކުގެ އެތޭރެގަ ތިބެންޖެހޭނެ ބަޔެއްމިއީ، ރާއްޖޭން ބެރުންހިފާ ހައްޔަރުކޮށްގެން ގެނެސްގެން ވެސް މިކަންކުރަންވާނެ