ރާއްޖޭގެ ޑައިރެކްޓަރ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ 9:00 ޖަހާއިރު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުން ތާވަލުކޮށްފައިވާއިރު، މިއީ ރާއްޖޭގެ ކޮވިޑްގެ ހާލަތާއި ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެކެވެ.

އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާނީ މައިމޫނާ އަބޫބަކުރުގެ އިތުރުން، އެޗްޕީއޭގެ ހެޑް އޮފް ކޮމިއުނިކަބަލް ޑިސީސް ޑރ. ފާތުމަތު ނަޒްލާ ރަފީގު ކަމަށެވެ.

އެޗްޕީއޭއިން މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާއިރު، މިރޭގެ ވަގުތެއްގައި ރައީސް ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފިއެވެ.

ރައީސް ވިދާޅުވީ، ކޮވިޑްގެ ސަބަބުން ރައްޔިތުން އެތައް ދަތިތަކެއް ތަހައްމަލު ކޮށްފައިވާ ކަމަށާއި ކޮވިޑް ބަލީގެ ނުސީދާ ގޮތުން އުނދަގޫ ވެފައިވާ ރައްޔިތުން މިހާރު ވެސް އެބަ ތިބި ކަމަށެވެ. އެހެން ނަމަވެސް ސިއްހީ މާހިރުންގެ އިރުޝާދާއި އެކީ މިއަދުން ފެށިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑާއި ގުޅިގެން ދެން ކަންތައް ކުރަންވީ ގޮތުގެ މައުލޫމާތުވެސް ހިއްސާ ކުރާނެއެވެ.