ފީކޯއި ކުޅުން ވަރަށް މަޖާ ކަމަށާއި އެކަމަކު ކޮވިޑުން ކޮވިޑް-19 އަށް ކޮންމެ ދުވަހަކު 100 އަށް ވުރެ ގިނަ މީހުން ފައްސިވަމުން ދަނިކޮށް ރާއްޖެ ބަލިން ސަލާމަތްވެއްޖެއޭ ސިޔާސީ ލީޑަރުން ބުނުން މަޖަލެއް ނޫން ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ނަމުގައި ސިޔާސީ ހަރަކާތްތައް އަލުން ފައްޓަވާފައިވާ ދުންޔާ ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑައިރު ފީކޯއި ކުޅެ އުޅުނު އިރު، އަމިއްލަ ލޯމަތީ އަތް އަޅައިގެން ފިލާ ހަދަން ވަރަށް މަޖާ ކަމަށެވެ. "އެކަން ކުޑައިރު މަޖަލަސް، ދުވާލަކު 100+ ޕޮޒިޓިވް ކޭސް ފެންނައިރު ސިޔާސީ ލީޑަރުން މިކަމުން ސަލާމަތްވުމަށް ލޮލުގައި އަތް އަޅާ ރާއްޖެ ބަލިން ސަލާމަތްވެއްޖެއޭ ބުނުން މަޖަލެއް ނޫން ދެއްތޯ؟" ދުންޔާ ވިދާޅުވިއެވެ.

ކޮވިޑުން ރާއްޖެ ސަލާމަތް ވެފައިވާ ކަމަށް ސިޔާސީ ލީޑަރުން ވިދާޅުވާ ކަމަށް ދުންޔާ ވިދާޅުވީ ކޮން ބޭފުޅަކަށް ކަމެއް އިޝާރާތްކޮށްކަމެއް ނޭންގެއެވެ. ނަމަވެސް މިއަދު ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުން ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް ގޮވާލާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތައް އެއްކޮށް އުވާލެއްވުމަށް ގޮވާލައްވާފައެވެ.

ދުންޔާ އާއިއެކު ޑީއެންއޭގައި އިސްކޮށް ދެން ހަރަކާތްތެރިވާ އުމަރު ނަސީރަކީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އެޅުމާއި ފެށުނީއްސުރެ ދެކޮޅު ބޭފުޅެކެވެ. އުމަރު ވަނީ "ހާޑް އިމިއުނިޓީ" ނުވަތަ ގިނަ ބަޔަކަށް ބަލި ޖެހިގެން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މީގެ ކުރިން ޚިޔާލު ދެއްވާފައެވެ. އެއީ ކޮވިޑް ފެތުރެން ފެށި ދުވަސްވަރު ބައެއް ސައިންސްވެރިން ގެންގުޅުނު ހިޔާލެކެވެ. ނަމަވެސް އެގޮތައް ބަލި ކޮންޓްރޯލް ނުކުރެވޭނެ ކަމަށް މިހާތަނަށް ކުރެވުނު ހުރިހާ ދިރާސާއަކުން ވެސް ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކީކޭ ބުނާނީ...

    ކޮންތާކު ފިލާ ތިބެފައިތަ ކޮންމެ ވޯޓެއް ޖެހޭއިރަށް މި މީހުންތަަށް މި ފާޅު ވަނީ...؟
    ދައުލަތުގެ ހަޒާނާއިން 30 އަހަރު ރަންތަށްޓަށް ޕުއްޕުލައި އުޅިނީ. ޢަދިވެސް ކެވޭ ވަރު މަދީތަ؟
    ދެން ދިވެހިން ބޮލެއް ނުކެވޭނެ ކެނެރީގެއާއި ކިނބިގަސްދޮށުގޭ މީހުންނަކަށް.
    ހަގީގަތިގައިވެސް ދިވެހިންނަށް ޖެހިފައި އޮތް ބޮޑު މުސީބާތެއް މިއީ.
    ކީކޭ ބުނާނީ...
    ބލއ

    5
    5
  2. ކީކޭ ބުނާނީ...

    ފެއްސެން އުޅޭ. ފެއްސޭ!!!
    ސޮއް ސޮއް...!!!

    8
    6
  3. ޔޔ

    30 އަހަރުވަންދެއް އަރަމާ ކައްޒަތަ ހަމަޖެހި އަންމު ރައްޔިތުންނަށް ބަލަޔަ މުސީބާތް ޖައްސާފަ އުޅުންވެސް މަޖަލެއް ނުން. އެރު ޑިމޮކުރަސީއޭ ކިޔައިގެން އަނގަ ތެޅުވީމަ ވަރަށް މަޖާ

    8
    8
    • އަލިބެއްޔާ

      ޤާބޫލު ކުރަން ޖެހޭ ޙަޤީޤަތަކީ ކަލޭމެން ތިބުނާ ޑިމޮކްރަސީ އެއް މިތަނަށް ގެނައުމުގެ ހުއްދަ ދިނީ މައުމޫން.. ކަލޭމެން ކިތަންމެ ވަރެއްވިޔަސް މައުމޫން އެ ހުއްދަ ނުދިން ނަމަ ނުވަތަ އެ ފުރުސަތު ނުދިން ނަމަ މި ބަލާވެރިކަން މި ޤައުމަށް ނުޖެހުނީސް.. ކަލޭމެނަށް ދެ ދައުރެއްގައި ފުރިހަމަ 5 އަހަރު ވެރިކަން ކުރެވިއްޖެ.. ރައްޔިތުން ކައިރި ސަޅި ބައިސާ ކެނޑުން ފިޔަވާ އިތުރު ކަމެއް ނުވިއެއްނު؟؟ ކުރީސަރުކާރު.. ކުރީސަރުކާރު.. ލަދު ޙަޔާތެއް ހުރި ބަޔަކު ދައްކަން ޖެހޭ ވާހަކަ ތަކެއް ނޫން..

  4. އަޙްމަދް

    ކޮވިޑަކީ އެއީ އުޅޭ ބައްޔެއްނޫން ކަން އިނގޭތޯއެވެ؟
    އެއްމެ ފުރަތަމަވެސް އެއީ އާދައިގެ އަރިދަފުސް ރޯގާއެކެވެ.
    އާދައިގެ ރޯގާއެއް މަތިކޮށް ސިއްޙީ ބިރުވެރިކަން އުފެއްދީއެވެ
    މިކަންތަށް ކުރުވީ ސަރުކާރުކާރުތަކާއި މަހުޖަނުން ތަކާއި ސިޔާސީ ފަރާތްތަކުން އެމީހުންގެ ތައްޕާހުން ދިރިއުޅެމުންގެންދާ (ޕަޕެޓް) ޑަކުޓަރުންނާއި ޕަޕެޓް ސައިންސިސްޓުން ލައްވާ މަރުވެދާނެކަމުގެ ބިރު އާއްމު މީސްތަކުންނަށް ދައްކައިގެން ވެކެސިން ވިއްކުމުގެ ބޭނުމުގައެވެ.
    މިޙަގީގަތް ފާޅުކޮށް ވެކްސިނާއި ދެކޮޅު ކޮއްމެމީހަކީ ހަރުކަށި ފިކުރުގެ ހައްދުފަހަނައަޅަފައިވާ ބޯދާވިސްނުން ގެންގުޅޭ މީހަކު ކަމުގައިހަދާ އެމީކު މުޖަތަމައިން ބޭރުކޮއްލާ އަނީވެރިވެއެވެ.

    6
    6
  5. އަފީ

    ވަރަށް ވެސް ހެޔޮ ވާހަކައެއް. ކޮވިޑުން ވައްކަން ފަތުއަޑުކިޔަފަ ކުރީމަ މަޖަލެއް ނޫން. ވައިރަސް މެނޭޖް ކުރެވިއްޖޭ ބުނީމަ އަންނަނީ ފަޅައިގެންދަވަރުގެ ހިނިގަޑެއް

  6. ދޮނޭ

    އަބަދުވެސް މި މަންޖެއުޅެނީ މީހުންނާ ޖައްސައިލައިގެން ޚާއްސަކޮށް ތިމާގެމީހުންނާ

  7. ކޮވިޑް

    ލޮބުވެތި ބައްޕާ ފުޅު މުސްކުޅި ފުޅުވުމުން ޕޯޑިއަމް ތަކުގައި މަޖަލަކަށް ނަމަވެސް ޒުވާން ކަމަށް ދައުވާ ކުރުން އަސްލުވެސް ވ ފަން ، އެކަމު 30 އަހަރު ވެރިކަން ކުޑަ ކ ބޮޑު ކ އިން ހޯދައި މިހާރު އެރައްޔަތުން ނަށް ކ ދަސްވެ ވެރިކަމުން ބޭރު ކޮށްލީމަ ދެން މިހާރު ވެރިކަމާ ތޮޅުން މަޖަލެއްނޫން . ވ ވައި ، ފޫހި ، އެންގްރީ ވަނީ .....

  8. އސމާ

    ދައިތަ ދެން އުޅޭގޮތެއް ދޮތަ

  9. އައިނާ

    މީދެން ހާދަ ފޫހި އަންހެނެކޭ.. ސިޔާސީ ގޮތުން މި މީހުން ކުރާ މަސައްކަތެއް ހަރާން .. އެކަމަކު އަނގަތަޅާނުން އެބަ..