ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ދައްކާ ވާހަކަތައް ބަލައިނުގަންނާނެ ކަމަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީން އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން އެގޮތަށް ބުނީ ސިވިލް ސާވިސްގެ މުވައްޒަފުންނަކީ އޭނާގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން ފެށިގެން ކަށްވަޅަށް ދިއުމާއި ހަމައަށް އަނގައިން ނުބުނެވޭނެ މީހެއް ކަމަށް ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެފައި ވަނިކޮށެވެ. ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ސައްލެ އެގޮތަށް ވިދާޅުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން އޭނާ އަށް ވަނީ އަމާޒުވެފައެވެ.

އެމްޑީޕީގެ "ރަށްވެހި ފަތިސް" ގެ ތަރުޖަމާނު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ލިބިދޭ ހައްގުތައް ސިވިލް ސާވެންޓުންނަށްވެސް ލިބިދެވޭނެ ކަމަށެވެ. އަދި އެ ހައްގަށް އުނިކަން އަންނަ ގޮތަށް ހިންގާ އެއްވެސް އަމަލެއް ނުވަތަ ދައްކާ ވާހައަކީ އެމްޑީޕީން އެއްވެސް ގޮތަކަށް ބަލައިގަންނާނެ ވާހަކަތަކެއް ނޫން ކަމަށް ވެސް ސައިފް ވިދާޅުވިއެވެ.

"އެއްވެސް ހައްގަކަށް އުނިކަން އަންނަ ގޮތަށް. އެއްވެސް ހައްގަކަށް ހަނިކަން އަންނަ ގޮތަށް އެއްވެސް ވާހަކައެއް ދެއްކުމަކީ، އެއްވެސް އަމަލެއް ކުރުމަކީ، އެއްވެސް ފިޔަވަޅެއް އެޅުމަކީ އަޅުގަނޑުމެންގެ ކެމްޕޭނުން ވެސް އަދި މި ޕާޓީން ވެސް ގަބޫލުކުރާނެ ކަމެއް ނޫން،" ސައިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ސިވިލް ސާވިސް މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ޕާޓީގެ ހަރަކާތްތަކަށް ނެރޭ ބައެއް ނޫނެވެ.

ސިވިލް ސާވެންޓުންނާއި ގުޅޭގޮތުން ސައްލެ މިފަދައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ސިވިލް ސާވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭ ގޮތުން ވާހަކަދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ ސިވިލް ސާވިސްގައި ހުންނަ މީހަކީ ވަކިމިންގަނޑުތަކަކަށް ވަކި އުސޫލުތަކަކަށް ތަބާވާން ޖެހޭ މީހެއް ކަމަށާއި ބޭނުންހާ ވާހަކައެއް އޭނާއަށް ނުވެސް ލިޔެވޭނެ ކަމަށާއި އޭނާއަށް ބޭނުންވާ ވާހަކައެއް ނުވެސް ދެއްކޭނެ ކަމަށެވެ.

"އޭނާ އަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަ މަޑުންލައިގެން ހުންނަން ޖެހޭނެ މީހެއް. ބޭނުން އެއްޗެއް ފޭސްބުކްގައި ނުލިޔެވޭނެ. ބޭނުންތާކު ބޭނުން ވާހަކައެއް ނުދެއްކޭނެ." ސަލީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. s

    Bai kolhah goal eh dho

    24
    1
  2. އަލީ

    ސައްލޭ!!! ދެންވެސް ބަހެއް ނުކިޔައި މައިތިރިވެގެން ތިބެބަލަ. އެމް.ޑީ.ޕީ އައްވެސް މިވަގުތު ބުނަން މަޖުބޫރުވި އެތި އެބުނީ ހިތާދެކޮޅައް!!!

    36
  3. އަލީ

    މިމީހާއަކީ މިގައުމައް އެއްވެސް ބޭނުމެއް ހުރި އެއްޗެއް ނޫން.

    37
    2
    • ރާކަނިމަސް

      ކަލެއަށް އިނގޭނި ޤައުމަށް ބޭނުން ހުރި މީހުންނާ ބޭނުން ނޫން މީހުން.. ތިޔަ ކަހަލަ ނުކިޔަވާ މުށި ކިސަޑުންނާ އިނގެރޭސިވިލާތުގެ ބޮޑެތި ޔުނިވަރސިޓީތަކުގެ އެޥޯޑްތައް ޤައުމަށް ގެނެސްދީ ރަންމެޑަލް ހޯދަވައިފަ ހުންނެވި އަދި ތިމާވެއްޓާއި ދިވެހި ޤައުމަށް ބޭނުންވާނެ އެތަށް ރޮނގަކުން އެތަށް ދިރާސާއެއް ހައްދަވައި ލިއުވުންތައް ލިއުވި އެތަށް ދާއިރއެއްގަ ޤައުމަށް ޚިދުމަތް ކުރި މީހަކާ ކަލެއާ ތެރެއިން ޤައުމަށް ބޭނުންވާނި ކާކުކަން ވަރަށް ސާފު.. ތިޔައީ ހައްޕުނޑު ބަނޑު އަކިރިއަށް ވެސް ތިޔަ ކަމު ނުދާނެ..

      1
      1
      • އަލީ

        އަދި ކަލޯގެއަށް ހަންދާންކޮއްދެން. އަހުރެން ކިޔެވީ ކަލޭދާތަކުންވެސްނޫން ކަލޭގެ ލާރިއަކުންވެސް ނޫން. އެހެންވީމާ މީ ކިޔަވާފަ ހުރި މީހެއްކަމެއް ނުކިޔަވާހުރި މީހެއްކަމެއް ކަލޭއަކައް ބުނާކައް ނޭންގޭނެ. މަށައް ހީވަނީތީ ތަނަކު ހުރި މެންޓެލި އަނދާފައިން ބިގަރެއްހެން.

  4. ޢަންމާރު

    ގައުމުވކެކި ގަތީމަ ސަލީމު ބޮލަށް ފޫޅު ކަނޑާލީ.. އޭނަހާމަ ކުރީ އެމްޑީޕީގެވިސްނުން.. އެނޫން ނަމަ ހަމަ އެގަޑީގައި މަލީހުއަށް ބަވާލިހެން ބަވާލިސް..

    35
    4
  5. އަލީ ދިއްދޫ

    ދަޢުލަތުގެ މާލިއްޔާތުން ކާންދީގެން ބޮޑުކުރި އާއިލާއެއް އެއީ ހއ. އަތޮޅުކައުންސިލުގެ ލިޔެކިޔުންތަކުން އެނގެން ހުންނާނެ. ހޯރަފުށީ ސަލީމު ނިޔާވިފަހުން ކޮންމެ ދަރިއަކަށް ވަޒީފާގައި އުޅުނަސް

    7
    2
  6. ޖާބެ

    ކަލޯ މަތިޖެހީ އަސްލުކުލަ އެއީ އެޖެންޑާ 19 އަޅުވެތި ފަތިސް.

    17
    1
  7. ދަބަރު

    ތިއީ ސައްލެގެ ވާހަކައެއް ނޫން. ހަމަ އެމްޑީޕީގެ ހަޤީޤީ މަޤުޞަދު އެހާމަކުރީ. ރައްޔަތުންނަށް އޮޅުވާލަން ސައްލެ ބޮލުގަ އަޅުވަންޖެހޭ ކަމެއް ނެތް

    15
    • ނިއަކް

      ހައްޤު ތެދު ކޮންމެ ދުވަހަކު ކޮންމެވެސް އެމްޕީއެއް ލައްވާ ބުނުވަނީ އެމީހުންގެ ވިސްނުން.. ކުރިން އާޒިމްއާ ޝިފާޢު އިއްޔެ އަނދުންބޭ މިއަދު ސައްލޭ.. ނަޝީދު މީގަ އަޑީގަ ހުންނާނި

  8. ދަބަރު

    ރައްޔަތުންގެ ސައިޒް ނޭގެނީ. މިހާރު އެއްޗެއް އެގޭނެ

    10
  9. ބިންގޯ

    އެ.ޑީ.ޕީ ގެ ހުރިހާ މެމްބަރުންނަކީ ޕްރޮފެސަރުން. ކޮންމެ މެމްބަރެއްވެސް އެހާމޮޅުވާނެ.
    ނޭގޭ އެއްކަމެއްވެސް ނޯންނާނެ.

    22
  10. އާދަމުގެދަރި

    ޚުދުމުޚުތާރުކަމުން ގޮސް ހައްދުފަހަނައަޅާފައި. ކުރިން ޚުދުމުޚުތާރުކަމާއެކު އެއަރޕޯޓް ވިއްކާލީ. މިފަހަރު ޚުދުމުޚުތާރުކަން ދައްކާލަން މިއުޅުނީ ސިވިލް ސަރވަންޓުންނަށް. އެކަމަކު މިފަހަރު މިވީގޮތަކީ ނުބައި ވަގުތެއްގައި އެކަން މިދައްކާލެވުނީ. މާފަހުން މިރޭކާލީ ކުރިމަތީގައި ވޯޓެއް އޮތްކަން. އެހެންވެގެން އަވަހަށް މަތިޖަހަންވެގެން ޚުދުމުޚުތާރު މީހުން ބަޔާނެއް ނެރުނީ.

    14
  11. ބޮލި މުލައް

    އެމް.ޑީ.ޕީން ބަލައިނުގަތަސް ރިޔާސަތުން އެކަން ނުހުއްޓުވާ ބަލައިގަތެއްނު.
    ވޯޓުތަކެއް މަދުވާހެން ހީވީމާ ބަލައި ނުގަންނަމޯ

    14
  12. ޑިމޮކްރަޓިސްޓް

    މަގާމެއް ލިބުނީމަ މިތިބެނީ އަރާ އާސްމާނުގަ، ލަދުކުޑަ މީހާއަށް ނޭންގޭތަ ކަލެޔަށް ތިތާ ތި އަނގަތަޅަން މިޔަދު ފުރުސަތު ލިބުނީ ތިބުނާ ސިވިލްސާވިސް މީހާގެވެސް ވޯޓު ލިބިގެންކަން. މީހާގެ ފެންވަރިއޮޅުނީމަ ވާނީތިހެން. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީ. ހަގީގީ އެމްޑީޕީގެ ހިތުގެ އަޑީގަ އޮންނަބައި މިފަޅާއަރަނީ.

    10
  13. ކޮރަލް

    އެމްޑީޕީ އިން އެމައްސަލަ ބަލަން ޖެހެ އެވެ.

  14. Anonymous

    ރައްޔިތުން އަޅުވެތިކަމަކައް

  15. ޅަބޭ

    އޭ ޕޮޕޮޕޯ. ފާސިގު އެމްޑީޕީ ދެބޯގެރި ދުއްވަނީ. ތީ ރަސޫލު ޒަމާނުގަވެސް މުޝްރިކުން މުސްލިމުންނާ ދެކޮޅައް ޖެއްސި ގޭމެއް. މިހާރު އެއުޅެނީ ކައުންސިލު އިންތިހާބުގަ ބޭޒާރުވާނެތީ ހޭކުޑާލިވެގެން...

  16. ހިރޭލު

    އަސްތާ ތީ ބޮޑާ ތަކައްބުރުކަމާ މަމޮޅުކަމާ އަކަޔަނބޯ ކަމުގެ ލާމަސީލު މިސާލެއް. އާއިލާގެ އެންމެންގެ ހުރި ބޮޑާކަމުގެވެސް އެންމެ ވަރުގަދަ މިސާލު. ހޯރަފުށީ ވެރިކަން ބޮޑުސަލީމު ކުރިއިރު ހުރި ހުދުމުހުތާރުކަން ތިފެންނަނީ ދަރިންގެ ފަރާތުން. ހޯރަފުށި މީހުން އަދިވެސް މީނަޔަށް ވޯޓުލާނެ، އުތަ؟ ލަދުން.....

  17. މަގުރޫޕް

    އިންތިހާބު ވޯޓަށް ދެބޯގެރި ލެޑެނީ ވެއްޓި ވެއްޓިފަ ފޮޅާފަ

  18. ޖަރީމާރާއްޖެ

    އެޖެންޑާ ނަޖިސް އަޅުވެތި 19

  19. ޖުހާ

    ސައްލެ އެހެން ބުނީ އޭނަކައިރީގަ އެހެން ބުނާށޭ ބުނެގެން ކަމަށް ލަފާކުރެވޭ އެމީހުންނަކީ ޕާޓީން އަންގާ ކޮންމެ ގޮތަކަށް ހަދީބައެއް