ޅ. ފެލިވަރުން 63 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށުން ކޮވިޑް ވޭދަނަތައް ފެނި އެރަށް ވަނީ މޮނީޓަރިންގއަށް ލާފައެވެ.

އެރަށުން މިދިޔަ ހަފްތާ އާދީއްތަ ދުވަހުން ފެށިގެން ދަނީ ފައްސި ވޭދަނަތައް ފެންނަމުންނެވެ. އެގޮތުން އެރަށުން ނައިފަރަށް ދިޔަ މީހަކު ވަނީ މިދިޔަ ހަފްތާ ތެރޭގައި ކޮވިޑަށް ފައްސިވެފައެވެ.

މިހާރު އެ ރަށުން ޖުމްލަ ކޮވިޑަށް ފައްްަސިވި މީހުންގެ އަދަދު އުޅެނީ 66 ގައެވެ.

އެރަށުގައި ކޮވިޑް ފެތުރިފައިވޭތޯ ބެލުމަށް އެރަށަށް ނައިފަރުގައި މަސައްކަތް ކުރާ ހާއްސަ ޓީމެއް ފޮނުވިއެވެ. މައުލޫމާތު ލިބޭގޮތުގައި، އެެއިރު އެރަށުގައި ވަަރަށް ބޮޑަށް ހުމާއި ރޯގާ ދިޔައީ ފަތުރެމުންނެވެ. އެ ފޮނުވި ޓީމުން އެރަށުން ގިނަ އަދަދެއްގެ ސުންކު ނެގިއެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހު އެރަށުން 104 ސުންކު ނެގިއެވެ. އޭގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނީ 88 ސުންކެއްގެއެވެ. އޭގެ ތެރެއިން 22 ސުންކު ވަނީ ނައްސިވެފައެވެ.

އެރަށުގެ އިތުރުން، ނައިފަރުންވެސް ކޮވިޑްގެ ވޭދަނަތައް ދަނީ ފެންނަމުންނެވެ. އެގޮތުން މިހާތަނަށް އެރަށުން ތިން މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިހާރު ވަނީ ފެލިވަރަށް މި މަހުގެއެއް ވަނަ ދުވަހުގެ ފަށުން ގޮސް، އެނބުރި ރަށްތަކަށް ގޮސްފައިވާ މީހުން 10 ދުވަހަށް ކަރަންޓީންވާން އަންގާފައެވެ.

އަދި މި މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުންވެސް ސުންކު ނަގަައި ޓެސްޓްކުރަން ވާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެފައި ވެެއެވެ. އަދި އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން މިފަރާތްތަކުގެ ސުންކު ނެގުމުގެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް އެޗްޕީއޭ އިން ވިދާޅުވެފައި ވެއެވެ.

އަދި މާރިޗް އެކެއްގެ ފަހުން ފެލިވަރުން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށް ވަނީ އެދިފައެވެ.

”ނަތީޖާ ނައްސިވި ކަމުގައި ވިޔަސް ފެލިވަރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާކުރަންވާނެ”. އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    hisaabahvure faruvaa kudaveema vaane thihen ves...test hadhaan gulhiyas naifaru hospital in ves e bunany meendhi dhuvahrh fahunney...covid felivarun fenuneema ves mas verinnah ais naifarah erey goii vi..kithah masverin baa felivarah faibaany ves...emeehun keehvaany rashu falhuga namaves qurantine kurinama

    3
    1
  2. Anonymous

    ehcheh buneerun ehcheh bunaa meehaa goas vaany kithah meehun felivarun naifarah ais dhathuru kohfa dhiya....dhen e meehunge aailaagr mrrhunno emeehun ves test kuriyya ha rangalhu vaane..dhen theethi thiothy bodah fethurifa

  3. ޑައިވަރޭ

    ރޯދައަށް ވާވަރަށް މަސްދަޅު ސަޕްލައިވާނެ ބާ؟؟

    4
    1
    • ޑޯޒް

      ނުކުރެވޭނެތީ ޖެހި ރޮކެޓެއް ތީ....

      3
      1
  4. ދައިތަ

    ބަސްކޮށާރުގެ މުއްސަދިކަމުން ކިޔުނުއެއްޗެއް ފަހުމްނުވެ މިދިޔައީ!!

    • ސުންކު އައްސިއެއް ނުވާނެ

      ފައްސި އައްސި ވޭ ދަނަ ސޫންކޫ މާރިޗު ނައްސީ ކީކޭ ދެން ބުނާނީ ކޫވީދު ވެސް ކިޔާފާނެ