ކ. އަތޮޅު ދިއްފުށިން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށުން އެންމެ ފުރަތަމަ ކޮވިޑަށް ފައްސިވެފައި ވަނީ ދެ މީހެކެވެ. އެއީ ރ. އުނގޫފާރަށް ދަތުރު ކުރި ދެ މީހެކެވެ.

އެ މީހުން ފައްސިވުމާއެކު އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

އެރަށު ސިއްހީ މަރުކަޒުން ބުނީ،އުނގޫފާރު ވޭދަނަތަކާއި ގުޅިގެން އެރަށަށް މި މަހުގެ 2 ވަނަ ދުވަހު ދަތުރު ކުރި މީހުންގެ ސުންކު ނެގި ކަމަށާއި، އޭގެ ތެރެއިން ފައްސިވީ ދެ މީހުން ކަމަށެވެ. އަދި އެ ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުން ހޯދައި ސުންކު ނެގި ކަމަށާއި، އެ ސުންކުތަކުން ފައްސިވެފައި ވަނީ އިތުރު ތިން މީހަކު ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ.

އަދި ފަހުން އެރަށުން އިތުރު 52 މީހެއްގެ ސުންކު ނަގާ ލެބަށް ފޮނުވާފައިވާ ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.

މިހާރު އެރަށުން ފައްސި ވޭދަނަތަކުގެ އަދަދު ވަނީ ހައަކަށް އަރާފައެވެ. އޭގެ ތެރެއިން ގެސްޓްހައުސްއަކުން ފައްސިވި އެކަކު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުހާ

    މިއަދު ޖުމްލަ 200 އިން މަތި ނުވެޖެޔާ މީ ހަމަ ކު ޅޭ ގޭމެއް.

  2. ދަރަނި ދަންތުރަ

    މިއީ ދިއްފުށީގެ ހާދަ ތަފާތު ފުޓޯ އެއް....