ރ.އަތޮޅު މަޑުއްވަރީގައި ރޭޕް ކުރިކަމަށް ބުނާ 14 އަހަރުގެ ކުއްޖާ މާލެ ގެނެސްފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ނޯތު ޕޮލިސް ޑިވިޝަން ގައި ހިމެނޭ ރަށެއްގައި މާރިޗް 03 ވަނަ ދުވަހު އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މާރިޗު 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުމުން ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ.

މިމައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓުން މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ހުށަހެޅުމާއެކު ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ކުއްޖާ އެރަށުގެ ސިއްހީ މަރުކަޒަށް ދައްކާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ކުއްޖާ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަކީ މުހިއްމުކަމެއްގެ ގޮތުގައި ބެލެވި، އެރަށް ހިމެނޭ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލުގެ ސްޕެޝަލިސްޓުންނަށް ދައްކާފައިވާކަމަށް ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.

މައްސަލައިގެ ތަހުގީގަށް ބޭނުންވާ އިތުރު އެސަސްމަންޓް ހެދުމަށްޓަކައި ކުއްޖާ މާލެ ގެނެސް ނަފްސާނީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ސައިކޭޓްރިސްޓަކަށް ދައްކައި ސައިކިއާޓްރިކް އެސެސްމެންޓް ހެދުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ފުލުހުންނާއި ހިއްސާކުރަމުންދާ މައުލޫމާތުތަކާއި މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމާއި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި ގަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ދައުލަތުގެ ފަރާތުން ކުއްޖާއަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސަރވިސަސް އާއި ފުލުހުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންކަމަށާއި މިމައްސަލައާ ގުޅިގެން ކުއްޖާގެ އާއިލާއަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތުތައް ދުވަހުން ދުވަހަށް ހިއްސާކުރަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަޑުއްވަރީގައި ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ބަޔަކު ހައްޔަރު ނުކުރާތީ އެރަށުގެ ޕޮލިސް ސްޓޭޝަން ކައިރިއަށް ބަޔަކު އެއްވެ ހަމަނުޖެހުން ހިންގުމުން މިހާތަނަށް ދިހަ މީހަކު ހައްޔަރުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކިޔާމީހާ

    ގއ ދާންދޫގަ ވެސް އުޅޭނެ މީގެ ބައިގަނޑެއް. އާއިލާތެރޭ އެ ކަންކަން ސިއްރުކޮށްގެން އުޅެނީ ފައިސާގެ ނުފޫޒުން މައްސަލަ ނުބަލާ ފޮރުވާފައި. މިކަހަލަ ނުބައި މީސްމީހުނައް އަދަބު ނުދޭތީ މިކަހަލަ ކަންކަން އިތުރުވަނީ

    18
  2. ބޯހަލާކު

    އެކުއްޖާދެންވާނީބޯހަމަނުޖެހޭކުއްޖަކަށް

    6
    4
  3. ބސދމ

    މިމަހު 20 ވަނަ ދުވަހު އެކުއްޖާ މާލެގެނެސް ފަރުވާހޯދަމުން ދާ ވާހަކަބުނެލަން. އަދި މިހުރިހާ ދުވަހު އެކުއްކާ ހުރީ ރައްކާތެރި ތަނެއްގައި ކަން މާތް ﷲ ގަންދީ ހުވާކުރަން

    5
    2
  4. އިއްސޭ

    ބަލާއެއްތާ މީ އަދިވެސް އެކުއްޖާ ދޫނުކުރެވިގެން ކުއްޖާ އައްދީފަ ހުރި އަނިޔާތައް ފެނިދާނެތީތޯ ކުއްޖާތޯ ކއްވެރިވީ..

  5. ޢަޒު

    މުއައްސަސާތަކުން މަސައްކަތް ކުރަނީ މައްސަލަ އޮއްބާލަން އިންޑިއާގެ އަވަށެއް މީ މިހާރު ތހިޔަކަހަލަ ކަންތަށް މުސްތަގްބަލުގަ އޮންނާނެ ފެންނާނެ ރައްވެހޮ ނަޖިހަށް ވޯޓްދީ އެގަންޖާ 19 ފަތުރާ ނުތާހިރު ދިރިއުޅުން އުޅެން ދޫކޮށްފަ ޒުވާނުން ގޮނޑުހޮވާ

    13
    1
  6. އަލީހދ

    ތިޔަނިމުނީ މައްސަލަނިމުނީ ކޮބާ ސީމާ ރޭޕުކޮއް މަރާލި މައްސަލަ ކޮބާ ބޭންކްއޮފް ސިލޯނައް ޖަމާކުރަން ގެންދިޔަ ފައިސާ ފޭރުނު މައްސަލަ ކޮބާ އެމްއެޗްއޭ ފައިސާ ފޭރުނު މައްސަލަ ކޮބާ އަތުލިހާ މަސްތުވާ ތަކެތީގެ ކުއްވެރިން ކޮބާ މާމެންދޫގަ ވަޅިހަރާ މަރާލި މީހުންގެ މައްސަލަ ކޮބާ ވެންޓިލޭޓަރާ ސަފާރީ ރޭޕުކޭސް ކޮބާދީނައް ހަ ޖޫޖ ޖެހި ޝަހިންދާ ކޮބާ ރައުދާޔާ އަފުރާސިމާ ޔާމިން ރަޝީދާ ރިލްވާނާ މެރި މީހުން ކޮބާ މަހުލޫފު ޑޮލަރު ގަތްމައްސަލަ ކޮންބާރެއް ނުލިބެނީ ކޮބާ ކޮވިޑާ ގުޅިގެން ބޭރުން ދިންހާ ބިލިޔަން ޑޮލަރު ހިލޭ އެހީތައް ރައްޔިތުން އަތުން ފުލެޓު ކޮޅުވެސް އަތުލާ މަގުމަތިކޮއް ރަށައްފޮނުވާލީ މިސަރުކާރައް ރައްޔިތުން ކޮންބާރެއްނުދެނީ މުޅިއޮޑީގަ ހަސަނު ދެފައި އޮވެ

  7. އެމަންޖެ

    އަންނިމެން ތިބޭނެ މިކަން ކަން ކުރާ މީހުނައް ރަތްކާތެރިކަންދީ މިނިވަންކުރަން.