ކޮވިޑް-19 އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގާފައިވާ ޚިޔާނާތުގެ މައްސަލައިގައި އެއްވެސް މީހަކަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްއަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްސް އަލީ ޒާހިރު އެންގެވި ކަމަށް ބުނެ ރާއްޖެ ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ޚަބަރު އަލީ ޒާހިރު ދޮގު ކުރައްވައިފިއެވެ.

އަލީ ޒާހިރު "ވަގުތަށް" ވިދާޅުވީ މައްސަލަތަކުގައި ދައުވާ ކުރަން ޖެހޭ މީހުނާއި ކުރަން ނުޖެހޭ މީހުން ކަނޑައެޅުމުގެ މެންޑޭޓް ރައީސް އޮފީހަށާއި އެ އޮފީހުގެ ޗީފް އޮފް ސްޓާފްސަށް ނޯންނަ ކަމަށެވެ. އަދި ވަކި ބަޔަކަށް ދައުވާ ކުރުމަށް ނުވަތަ ނުކުރުމަށް ޕީޖީއަށް އެންގުމުގެ ބާރު ވެސް ނޯންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން އަލީ ޒާހިރު ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް އެންގިކަން ދޮގު ކުރައްވަމުން އަލީ ޒާހިރު ވިދާޅުވީ، އޭނާގެ ބަހެއް ހޯދުމަށް އެ ނޫހުގެ ފަރާތުން މެސެޖް ކުރިތާ ދިހަ މިނެޓް ނުވަނީސް ޚަބަރު ޝާއިއުކޮށްފައިވާ ކަމާއި އެ ކަމުގެ ހަގީގަތް ހޯދަން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަން ފާހަގަކުރެވޭ ކަމަށެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީ ތެރޭގައި ހިނގާފައިވާ ޚިޔާނާތްތައް، އޮޑިޓަ ޖެނެރަލްގެ ރިޕޯޓުން ފެންމަތިވުމާ އެކު، އެ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުމުގެ މަރުހަލާއާއި ޝަރީއަތް ހިންގުމުގެ މަރުހަލާ އަވަހަށް ކުރިއަށް ގެންގޮސް، އޭގައި ބައިވެރިވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ދައުލަތުގެ އެކި މުއައްސަސާތަކަށް ރައީސް އޮފީހުން ކުރި އިލްތިމާސް ވެސް އަލީ ޒާހިރު ހަނދުމަ ކޮށްދެއްވިއެވެ.

"މައްސަލައިގައި ދައުވާ ނުކުރަން އަޅުގަނޑު އެންގި ކަމަށް ޚަބަރު ޖެހުމަކީ ވަރަށް ދެރަކޮށް ހިންގާފައި އޮތް ކަމެއް، އެއްވެސް ޒިންމާދާރު ކަމެއް އޭގަ އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،" އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ، މިނިވަން މުއައްސަސާތަކަށް މި ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށެވެ. އެ މުއައްސަސާތަކުން ނިންމާ ނިންމުންތައް މިއަދު ނިންމަނީ އަމިއްލައަށް ލިބިފައިވާ މިނިވަން ބާރުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. "މިއަދުގެ ސަރުކާރުން އަޅުގަނޑުމެން ކޮރަޕްޝަނާއި ދެކޮޅަށް އެތައް މަސައްކަތް ކުރެވެމުންދާތީވެ، އެ ކަމާ ހިތްހަމަނުޖެހޭ ބަޔަކު ފަތުރަމުންދާ ދޮގު ވާހަކައެއް ކަމުގައި ނުދެކެން،" އަލީ ޒާހިރު ވިދާޅުވިއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުޤީޤު ކުރުމަށްފަހު، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވިއެވެ.

އެކަމަކު ޖިނާއީ ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ އެ މައްސަލަ ޕީޖީއިން ފޮނުވާލިއެވެ. އެ މައްސަލައިގެ ތެރެއަށް ރައްޔިތުންގެ މަޖިލިސް ވެސް ވަދެ، އެ މައްސަލަ ރިވިއުކޮށްދޭން ޕީޖީއަށް އިލްތިމާސް ކުރުމުން، ޕީޖީއިން ދެން ވެސް ނިންމީ ކުށުގެ ޢުންޞުރު ހަމަނުވާ ކަމަށް ކަނޑައަޅައި ދައުވާ ނުކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މުހަންމަދު ހަލީމް

    ނުގުޅަމަކޭ ނުބުނޭނުން. ޥީމާ ބުނެވޭނީ ގުޅިއޭ. ބޭނުންވީމާ ހުރުހާތާކަށް ވެސް ގުޅާ.
    ތިބުނާ މިނިވަން މުއައްސަސާ ތަކުން އިންސާފުން ބޭރުން ކުރާ އަނިޔާ ތަކަށް ރައްޔިތުމީހާ ދާނެ ތަނެއްނެތް. ކޯޓު ތަކަށް މައްސަލަ ވައްދައިގެން އެތަކެއް އަހަރު އެބަ ދަންމާލާ.

    28
    • ޚާރު

      ކަލެޔަށް އޮތީ ޕަޕެޓް ވުން

      5
      1
  2. ބޯޖަލީލު

    މިވެސް އެބުނާކަހަލަ ސޭހެއް ޖީބަށް ބޮޑުކުރާ

    33
    2
  3. މާމީ

    ހައިލަމައް ގުޅަން ދޯ ބާރު އޮތީ؟؟؟؟

    34
    2
  4. ބަކުރު

    ރަނގަޅުވާހަކައެއް ޤާނޫނުން ބުނާގޮތުން އެއްވެސްކަމަކަށް ނުފޫޒުފޯރުވާކަށް ބާރެއްނުލިބޭނެ އެކަކަށްވެސް އެކަމަކު ޔާމީނުގެ ޝަރިއަތާޙުކުމަށް އަތްބޭނިމީހުންގެލިސްޓަށް ބަލާލަންފެނެއި

    31
    1
  5. އި

    އެހެންވެގެނެއްނު އަންނިގެ އިތުބާރުނެތްކަމުގެ ވޯޓުނަގަން މެންބަރުން ހަމަކުރަމުންތިދަނީ.. އިމްރާނު ކިތައްމެއް ރޭވުމެއްރޭވިޔަސް މަޖިލީހުގެ މެޖޯރިޓީ ނުގަނެވޭނެ ފަޒުނާއަކަށް

    21
    1
  6. އޮޅުވާލި ހަސަނު

    ކަލޭމެން ކަންތައްކުރަނީ ބާރުއޮވެގެންތަ؟އެމްޑީޕީއަކީ ގާނޫނަކަށް ގަވާއިދަކަކަށް ބަލާބަޔެއްތަ؟ބޭނުންވީމަ ބޭނުންގޮތެއް ހަދަނީ.

    32
    2
  7. މަބޭ

    ނުފޫޒުނުފޯރުވާކަމައްބުނިނަމަވެސް ބައެއްމައްސަލަތައް.ބައްލަވާ ފަންޑިޔާރުން ކާރައްލައިގެން ހުޅުމާލެޔާމާލޭގަ ބުރުޖައްސަވަމެންނޫންތޯ

    25
    1
  8. ރަދީފް

    އަލީ ޒާހިރު އެއީ ވަގެއް.

    22
    3
  9. ފަތާފަތާ

    ކިތަންމެ މޮޅަށް ފަތަން އެނގުނަސް ފަތާފަ އެއްގަމަށް އަރާނެ ގޮތް ނޭނގިފަ މިފަހަރު ޕީޖީ އެހުރީ.

    24
  10. ާައަހުމަދު

    ވައްކަން ކުރުމުގެ ބާރު އެއްވެސް މީހަކަށް އޮވޭތޯ؟

    26
  11. ކިޔު

    ކަންކަމުގެ ހަގީގަތް މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ ތަޢާލާ. ބުންޏަސް ދަލިލު ދެއްކިޔަސް ގަބޫލުކުރާ ބަޔަކު ގަބޫލުކުރާނީ. ނުކުރާ ބަޔަކު ނުކުރާނެ.

    23
  12. އަހުމަދު

    މަނިކުފާނު އަމިއްލަ އަށް ދެވަނަ ބޮނޑި ތިބެއްލެވީ ފުރަތަމަ ފަހަރު ހައިލަން ޖެހި ގުއި ރޯނުގައި ބެދުނީ އަމިއްލަ އަށް ޓުއިޓް ކުރެއްވީ ހުކުމް އަންނަގޮތް ބަލަން ގުޅިކަމަށް ފަހުން ވިސްނިގެން ޓުއިޓް ފޮހެލީ މިތަން އެތައް ހާސް ބަޔަކަށް ފެނުނު ދެވަނަ ބޮނޑި ތި ބެއްލެވީ އިމްރާން ވެސް ބުއި ތިކަހަލަ ބޮނޑިިއެއް އަންހެނެއްގެ ގައިގާ އެއްލުމަކީ ބޮޑު ކަމެއް ނޫނޭ ދެން ބޮނޑި ބުއި އެއްކަލަ އިޔާޒު ޔިނިވަރސިޓީން ވަކި ކުރިއަސް މިވަރުގެ ސަރުކާރެއް ނެތޭ ބުނީ ހަމަ އެއްވަރު މީހުން ދެން ހުރީ އިސްލާމިކް މިނިސްޓަރ ޒާހިރު ކޮންމެ ކަމެއް ހިނގިޔަސް ލޯމަރައިގެން ބަހެއް ނުބުނޭ

    5
    1
  13. ހަސަނު

    އަލިޒާހިރު ހަދަންކުރަންވާނެ. ތިޔަހުރިހާކަމެއްވެސް އެގޭނެ ދުވަހެއް އަންނާނެކަން. ތިޔައީވެސް ދިނީ ތައުލީމު ކޮންމެވެސްވަރަކަށް އުގެނިފައިހުރިމީހެއް. ތިޔަ އަނިޔާވެރިވަކަށް އަބަދަދކު ތިޔަ ތައީއެއް އަޅައިގެން ފިނިކޮރުކޮޓަރިއަކު ނުހުރެވޭނެ. ތިޔަހަދަނީ މުޅިންވެސް ބުހުތަންދޮގު.

  14. ރައްޔިތުމީހާ

    ވަކިމައްސަލަތަކެއް އުތަ.

  15. އަހްމަދު

    ޢަލީ ރައީސްޔާމީންގެމައްސަލައިގަ ހައިލަމްއަށް ގުޅުއްވިންތޯ ހަމައެކަނި މިސުވާލުގެޖަވާބުދެއްވަފާނަންތޯ؟

  16. ާާަަދޮހޮ

    ވެރިކަމުގަ ތިބޭ މީހުންނާ ދިމާލައް ވަގަަައް ގޮވޭ ފިތިގެންގޮސް ދެފުއްޖެހިފަ ދޯ ބޭފުޅާ ތިހުންނެވީ؟

    4
    1
  17. ހިރަފުސް

    މެދު އިރުމަތިން ކިޔަވަ އިގެން ރަނގަޅު މީހެ އް އަ އިތަ؟

    2
    1
  18. ރާޖާ

    ނަސީދުގެ ވިސްނުންހުރީ މޑޕ ނޫން މީހެއް ތާކު ހުރިއްޔާ އެއްޗެކޭ ކިޔައިގެން ކުއްވެރިކުރެވޭތޯ ބެލުން. ވާ ހުދުމުހުތާރު ވެރިޔެއް ނަސީދަކީ.