ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ރައްދު ދެއްވައިފިއެވެ.

ޑިމޮކްރެޓްސްއިން ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ ރައީސް ސޯލިހްގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ވިސްނަވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހް އުމުރުފުޅުން 60 އަހަރާ ގާތްވެފައިވާ ކަމަށާއި އެމަނިކުފާނު ވެރިކަން ކުރައްވަން މުސްކުޅިވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ ގޮވަނީ ޒުވާން ވެރިކަމަކަށް، ރައީސް ސޯލިހް މުސްކުޅިވެއްޖެ: ނަޝީދު

ދަ ޑިމޮކްރެޓްސް ޖަގަހައިގައި ނަޝީދު ވިދާޅުވީ ރައީސް ސޯލިހަކީ ކޮންމެ ދުވަހަކު ހެނދުނު "މުށެއް ފުރާ ބޭސް" ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ސޯލިހަކީ ހިތުގެ އާލާސްކަންފުޅާ އުޅުއްވާ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އަލީ ޒާހިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ދުވާލަކު ގޮތަކަށް ވާހަކައެއް ނުދައްކަވާނެ ކަމަށެވެ.

ހަމަ އެހެންމެ ހަލުވިމަހެއް އުޅޭހެން އަވަސް އަވަހަށް ހަދާނެ ނަހަދާނެއް ނޭނގިގެން ނޫޅުއްވާނެ ކަމަށާއި އަދި ރައްޔިތުންނަށް އޮޅުވާލަން ހިޔާލީ ވަޢުދުތަކާ ހުސް އުންމީދުތަކެއް ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު މުށެއް ފުރާ ބޭސް ހެނދުނު ފަރިއްކުޅުވަން ނުޖެހޭ ކަމަށާއި އަދި މާތް ރަސްކަލާނގެ އިރާދަފުޅުން އެމަނިކުފާނުގެ ހިތުގައި ހަތަރު ސްޓަންޓް ލައްވާފައެއް ވެސް ނެތް ކަމަށެވެ.

"އަޅުގަނޑު އެމްޑީޕީގެ މެންބަރުންނަށް ތަކުރާރުކޮށް ދަންނަވާލަން އޮތީ، ތިބޭފުޅުންގެ ރައީސް އަދި ތިބޭފުޅުންގެ ކެންޑިޑޭޓު ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރާ ބޭސް ފަރިއްކުޅުވަން ޖެހިވަޑައިގަންނަވާ، ތިބޭފުޅުންގެ ކެންޑިޑޭޓުގެ ހިތުގެ އާލާސްކަންފުޅު، ތިބޭފުޅުންގެ ކެންޑިޑޭޓުގެ ސިއްހީ ހާލުކޮޅު، އެއީ ވިސްނަވަން ޖެހޭ ކަމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކިނބޫ

    ޢަލީ ޒާހިރު މެންނަކީ ރ.ނަޝީދަށް ރައްދު ރައްދުދެވޭ ފެންވަރުގެ ބައެއްނޫން، ކަންނެލި އޮޑީގެ ވާހަކަ ދެއްކީޔާ މާތަހިރުވާނެ

    43
    14
  2. މަތިގެ

    ކޮން އަލީ ޒާހިރެއްތަ !!

    ތިޔައީ މިއަދު ހުރި މަޤާމުގެ ގޮތުން " ގަދަވެ ގަނެގެން އުޅޭ މީހެއް"

    މާދަމާ ތިޔަ މަޤާމު ގެއްލުނީމަ ތިއީ އެއްވެސް މީހެއް ނޫން...

    ޖަރީމާ ހިންގުމާއި ވައްކަމުގައި މުޅި ދައުރު އެ ނިންމާލަނީ...

    52
    6
    • މަދަދު

      ކޮން އަލިޕީ އެއް ސުމެއް

      30
      2
  3. އާދަނު

    ކަލޯ ޒާހިރޫ!!!! ކަލޯ ތިޔަހުރީ ވަޒީފާއަށް ބޫތުކައިފާތަާ؟ ވަޒީފާ ގެއްލެން އުޅޭތީ ވަރަށް އެބަ އަސަރުކުރޭތާ؟ ވަޒީފާ ގެއްލޭނެ މިފަހަރު އަދި ކޮށްފައިހުރި ކުށްތަކަށް އަދަބު ލިބިގަންނަން ތައްޔާރުވޭ!

    9
    2
  4. އަބްދޫ

    ނަސީދަކީ އެއްވެސް މީހެއްނޫން . މެރިޓައިމްކިޔަވާފަ އިގިރޭސި ވިލާތުން ބީއޭ ހެދީމަ އެއަށް ރާއްޖޭގަ ކޔަނީ ދަތުރުކުރަންދާމީހުންހަދާ ސީޑީސީ . ކުރަން ހަވާލުވި ހުރިހާކަމަކުން ވީ ފެއިލް . ކުންފުނި ވަޑާންގެ ގައުމު ވެސް ވީ ބަގުރޫޓް. ވެރިކަމަށް އައި އިރު ގައުމުގަ ހުރި ރިޒާވް ގެ 265 މިލިއްނ ޑޮލަރާއި އަތޮޅުތަކާއި ރަށްރަށުގެ ރިޒާވްގާހުރި 20 ބިލިއން ރުފިޔާއާއި ބިދޭސީންގެ ޑިޕޮޒިޓް 1.2 ބިލިއން ރުފިޔާ ވެސް އާއިލާގެ މީހުނާއި ރައްޓެހިންނަށް ވަޒީފާދީގެން ބަހާ ހުސްކުރީ . މިވަރުގެ ބޮޑު ހިޔާނާތްތެރިޔަކު ދިވެހިގައުމަށް އުފަންވިކަމަށް ބެލޭކަށް އަޅުގަނޑަކަށް ނުފެނޭ.

    5
    2
  5. ޙަސަން

    ބޭސް ކެއުން މައއްސަލަައެއްނޫން ފަޔަށް ހިނިއަރައިން ތިމާއަށް ކުރެވޭކަންތަކާއި ނުކުރެވޭ ކަންތައްތައް ނޭގުމާއި ރައްޔިތުން ހަންްދެމިގެން ހަވާލުކުރި ވެރިކަން ކުރަން ނޭގުން މައްސަލައަކީ

  6. ހުސޭނުބޭ

    މަޤާމު ގެއްލޭ ދުވަސް ކައިރިވިވަރަކަށް ތިކަހަލަ ބލވެރިކަމުގެ އަޑު ނިކަން ގަދަވާނެ!

    6
    1
  7. ކާސިންބެ

    ހަގީގަތް ވާނީ ހަމަ ހަގީގަތަށް އަލީޒާހިރު ގަބޫލު ނުކުރިޔަސް، އާންމު ކޮށް ދިވެހި ހުރިހާ މީހުންވެސް 60 އަހަރަށް ދާއިރު ސިއްހީ މައްސަލަތައް ގިނަ އަދި ގިނަ އަދަދަކަށް ބޭސްކާންޖެހޭ...
    އަލީޒާހިރު ސޯސަލް މީޑިއާގައި ފާހަގަ ވެފައި ވަނީ ޔާމިނާ މެދު މަގާމުގެ ނުފޫޒު ބޭނުން ކުރާމީހެއްގެ ގޮތުގައި، ވީމާ އަލީ ޒާހިރު މަކަމަށް ޓުވީޓް ކުރުން މާރަނގަޅުވާނެ

    5
    1
  8. ގިރިޝަހަރު

    ޢަލީ ޒާހިރު އަށް އަމިއްލަ ދިވެހިބަސް ނޭނގޭކަން ތި ޓުވީޓުން އެނގެނީ. ހަލުވިމަހަކީ ކަނޑުގެ ދިރުމުގެ ޒާތަށް ބަލާއިރު ވަރަށް ފުރިހަމަ މަހެއް. މިދެންނެވީ ކަނޑުގެ އުސޫލަކީ ބޮޑުމަސްތައް ކުދިމަސް ކެއުންކަމަށް ވާއިރު ހަލުވިމަސް ތަކަކީ ފުރާނަ ސަލާމަތްކުރުމުގެ ބާރު ލިބިފައިވާ މަސްތަކެއް. އެހެންވީމާ ތިއަލީ ޒާހިރަށް ފުރަތަމަ ކްލާސް ނަގައިދޭންވީ. ދިވެހިބަހުގައި ނެގެޓިވްކޮށް ހަލުވިބޭނުންކުރަންް ނުހަނު ރީތި ބަސްތައް ހުރޭ. މީގެ މިސާލަކީ ދެފަޔަށް ހިނިއަރައިގެން އުޅުން، ދެފައި އެއްތާކުނުޖެހުންފަދަ ބަސްތައް. ޗީފް އޮފް ސްޓާފްއޭ ކިޔައިގެން އުޅޭ މީހުން މީހަކަށް މަލާމާތްކުރަންވެސް ތައުރީފްގެ ބަސްތައް މިހިރަ ބޭނުން ކުރަނީ.

  9. ާއަހްމަދު

    ގަންޖާބޯ ނުވާނެ ބައްޔެއް ތިގޮތަށް ގަންޖާބޮއެ ދެބޯގެރި ދުއްވަން ތާއަބަދަށް ހުރެވޭނެ.

    2
    2
  10. ބުއްޅަބޭ

    ކަލޯ ހަލުވިމަހެއްހެން ހިފި ނުހުރެވިގެން ތި ރައްދު ދެނިއްޔޯ؟ ދެމަސް ހިފަހައްޓާލާ އަނގައިން..

    11
    2
  11. ލަގން

    ނަސީދު ކަލޭ ތިމަގާމު ހޯދައިދިީނީ

  12. އަދުހަމު

    އަދާލަތާ ޑީއާޜުޕީ އެމުޑީޕީގެ ހަލާކު

  13. ހަމްދު

    މިއަލްޕީ މުޅި ރައީސްއޮފީސް ކޮންޓްރޯލް ކުރަނީ .މިވެރިކަމުގައި ހިންގާ ހުރިހާ ޖަރީމާއެއްގެ މުގުލުގައި ހުންނަނީ މީނަ. މީނަމީ މާބާރުގަދަމީހެކޯ. އަދުލުއިންސާފު ވަކިގޮތަކަށް އަނބުރާލަން އެކޮންޓްރޯލް ކުރުމުގެ ތަޅުދަނަޑިވެސް އޮންނަނީ މީނައަތުގަޔޯ.ރައީސްއޮފީހުގެ އަގުވައްޓާލުމަށް އެއޮފީހަށް ވައްދައިގެން އުޅޭ މުޖްރިމެއް.

    3
    1
  14. ދެރަ

    ޓުވީޓު ކުރީމަ މަނީ މަނީ

  15. ގަދަ

    ލާރި އެޅިވަރަކަށް ޓުވީޓު ކުރެވޭނީ