ރައްޔިތުންގެ މަޖިލީހަށް ސިފައިން ވައްދާ މެމްބަރުން ފާރުމަތިން އުކާލި އުކާލުން ދިފާއު ކުރައްވަން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ޖެހިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފާޑު ވިދާޅުވެއްޖެ އެވެ.

އަލީ ޒާހިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮންމެ ގޮތަކަށް ކަން ކުރެއްވިޔަސް، އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް ސިފައިން ނުފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުމުން އެކަމަށް ނަޝީދު ރައްދު ދެއްވުމާއި ގުޅިގެންނެވެ.

އަލީ ޒާހިރު ވިދާޅުވީ އަނިޔާވެރިކަން ހައްދުންނެއްޓި ހުރިހާ އިދިކޮޅު ސިޔާސީ ލީޑަރުން ކުޑަގޮޅިއަށްލައިގެން އެކަމާއި ދެކޮޅަށް އަޑު އުފުލާ އެ ލީޑަރުން މިނިވަން ކުރުމަށް ގޮވާލި މަޖިލިސް މެމްބަރުން ނެރުމަށް ރައްޔިތުން މަޖިލީހަށް ސިފައިން ވައްދައިގެން ގޮދާތަކެއް ހެން ފާރުމަތިން އުކާލި އުކާލުން ވެސް ދިފާއު ކުރައްވަން ނަޝީދަށް ޖެހިވަޑައިގަތީއެވެ.

ރޭ އޮތް ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހް ވިދާޅުވީ މިހާރު މަޖިލިސް ހިންގަމުން ގެންދަވަނީ މަޖިލިސް ރައީސް ބޭނުންފުޅު ގޮތަކަށް ކަމަށެވެ. ނަމަވެސް މަޖިލީހަށް ސިފައިން ވަދެ މަޖިލިސް ނުހުއްޓުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސިޔާސީ ލީޑަރުން މިނިވަންކަމާއި އެކީ އެބަ ހަރަކާތްތެރިވޭ، ރައްޔިތުންގެ މަޖިލިސް ވެސް، އެ މަޖިލީހުގެ ރައީސް ބޭނުންފުޅު ގޮތަކަށް ހިންގަވަމުން ގެންދަވާ، ސިފައިން ވަދެ ނުހުއްޓުވާ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ވާހަކަފުޅަށް ރައްދުދެއްވައި ނަޝީދު މިއަދު ހެނދުނު ވިދާޅުވީ މަޖިލީހުގެ ކަންކަން ކުރިއަށް ގެންދަން ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ބާރެއް ނޫން ކަމަށެވެ. "މަޖިލިސް އަށް ސިފައިން ވެއްދުމާއި، ނުވެއްދުމަކީ މަޖިލިސް ރައީސްގެ އިހްތިޔާރުގައި އޮންނަ ކަމެއް." ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އާދަނު

    މީ ބޮނޑިދަށުވާނެ ގޮލައެއް ވަރަށް އަވަހަށް

    48
    3
  2. ލޮލް

    އަލީ ޒާހިރުމެން ފެންބަޑިން ދޭ ހަމަލާ ދާނީ ޗޮކުން.

    48
    3
  3. ހުސޭނުބޭ

    ހާސްނުވޭ. ކަލޭ ސައްޕުޖަހާނެ ދުވަސް ނިކަން ހުރެ އެބަ ހުރެ އާދޭ!

    45
    3
  4. 5678

    މީއެންމެ ފުރަތަމަ ހައްޔަރުވާޖެހޭ މީހާ.

    44
    4
  5. އަބްދޫ

    ރައީސުލް ޖުމްހޫރިއްޔާ އަކީ ސިފައިންގެ އެންމެ މަތީ ވެރިޔާ އަށް ވީ ހިނދު ސިފަިން މަޖިލީހަށް ވައދަންޖެހޭފަދަ ހާލަތެއް އަތުވެއްޖެ ނަމަ މަޖިލީހަށް ސިފައިން ވައްދައިގެނ ކުރަން ޖެހޭ ކަންކަން ހިނަގުން ގާނޫނުއަސާސީގެ 105 ވަނަ މާއްދާއިން ރައީސުލްޖުމަހޫރިއްޔާ އަށް ލިބިވަޑައިގަނޭ.

    9
    18
    • ގާސިދު

      ރައީސުލް ޖުމުހޫރިއްޔާ އަކީ ސިފައިންގެ ވެސް އަދި ދައުލަތުގެ ވެސް އެންމެ މަތީ ވެރިޔާ. އެއީ ނަމެއް. ސިފައިންގެ މަތީ ވެރިޔާ ވެގެން މަޖިލީހުގެ މައްޗަކަށް ބާރެއް ނުހިންގޭނެ. މަޖިލީހަކީވެސް އެފަދަ ބާރުގަދަ މުއައްސަސާއެއް. މަޖިލީހުން ބޭނުންވެއްޖެނަމަ ރައީސުލް ޖުމުހޫރިއްޔާ މަގާމުން ވަކިކުރެވޭނެ. ނަމަވެސް ރައީސުލް ޖުމުހޫރިއްޔާ ބޭނުންވެގެން މަޖިލިހުގެ ރައީސް ވަކި ކުރެވޭނެ ގޮތެއް ނޯވޭ.

      17
  6. ދަޚީލު

    ޤާނޫނީ ވަކީލެކޯ އެކަމަކު ޤާނޫނުގަ ލިޔެފަ އޮންނައެތި ރަނގަޅައްފަހުމްނުވޭ މިކަހަލަ ވަކީލުން ތަންތަނުގަ ތިބެންޏާ އެތަނެއްވާނީ ހަލާކު

    19
    3
  7. ސޯލޭ

    ވަގެކޭ ވަގެކޭ މީ ވަގެކޭ😂😂

    19
    1
  8. މޮހޮރު

    މިކަލޭގެ އަކީ ބޮޑުވަގެއް މީނަޔާ ޤާނޫނުއަރާ ހަމަކުރާނެ ދުވަހެއް ދައްކަވާށި

    16
  9. ގާސިދު

    ދީނާއި ިލާފު އެތައްކަމެއް ކުރަމުން ދާއިރު އެއިން އެއްވެސް ކަމަކަށް އަޅާ ނުލާ 5 އަހަރުން 10އަހަރު ހަމަކުރަމުންދާއިރުވެސް އެފަދަ މީހެއްގެ ފައިބުޑަށް ވަޒީފާގެ އަވާގައި ޖެހިފައި އޮތް އަދާލަތެއް ގައި ހުރެ ކޮސް ނުގޮވާށެވެ. ވާހަކައިގެ މޭރުން ނުވަންޏާ އަނގަ ނުލާށެވެ. މަޖިލީހަށް ސިފައިން ވެއްދުމާއި މަޖިލީހުން މެންބަރުން ނެރުމަކީ އޭރުވެސް މިހާރުވެސް މަޖިލީހުގެ ރިޔާސަތަށް އޮތް ކަމެކެވެ.

    18
  10. އަވަށުމީހުން

    ތިގޮލާ އެކައުންޓަށް ވަތް ފައިސާއަށް ހެދިގޮތް ކިޔާލަދީބަލަ..

    13
  11. ހަލީމް

    ހެހެ.. ޖޯކެއް!!

  12. ޕަކާސް

    ވަގު ސޮރުގެ އަނބިގޮއްޔަވެސް އަތުން ދޫވެއްޖެ...ހެހެހޭ