ފަސިންޖަރުންގެ ހުއްދަ ނެތި ޓެކްސީތަކުގައި ލަވަ ނުޖެހޭ ގޮތަށް ޓެކްސީ ގަވައިދަށް އިސްލާހު ގެނެސްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ޓެކްސީގެ ގަވައިދަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ޓެކްސީ ސެންޓަރާއި ޓެކްސީގެ ހިދުމަތްދޭ އުޅަނދާ ދެމެދުގައި "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ހުއްދަކުރާ މުއާސަލާތީ ނިޒާމެއް" ގާއިމުކޮށްފައި ހުންނާންވާނެ ކަމަށެވެ. މި ނިޒާމަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ނަގާންޖެހޭ ނިޒާމެއް ނަމަ، އެ ހުއްދައެއް ނެގުމަށްފަހު، ޓްރާންސްޕޯޓަށް ހުށަހަޅަން ވާނެ ކަމަށް ބުނެފައިވެއެވެ.
މިފަދަ މުއާސަލާތީ ނިޒާމެއްގެ ބޭނުން ހިފާއިރު މުޖުތަމައުގައި ބަލައި ނުގަނެވޭ ފަދަ ބަސްތައް ބޭނުންކޮށްގެން ނުވާނެ ބުނެފައިވެއެވެ.
ޓެކްސީގެ ހިދުމަތް ދޭ ފަރާތުން ބޭނުންކުރާ މުއާސަލާތީ ނިޒާމު ފިޔަވައި، އަޑު ނުކުންނަ ބާވަތުގެ އެހެން އެއްވެސް އާލަތެއް ރޭޑިޔޯ، ޓީވީ، ލަވަޖަހާ ސެޓު ނުވަތަ މިނޫން ވެސް މި ބާވަތުގެ އެއްވެސް އެއްޗެއް ޓެކްސީގައި ބޭނުންކުރާންވާނީ، ފަސިންޖަރުންގެ ރުހުން ލިބިގެން ކަމަށާއި މިނޫން ގޮތަކަށް މިފަދަ ތަކެތި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް ވެސް ގަވައިދުގައިވެއެވެ.
ޓެކްސީތައް ދުއްވުން މަނާތަނަކައް ހަދަން ކިނބޫ ލަދުންތަ ތިޔަ އަތްނުލާ ޓެކްސީ ޑުރައިވަރުންގެ ކަރުފިތަނީ 2023 ވެސް އެބައޮތް ހަނދާން ބަހައްޓާތި ވަރައް ސަލާމް މިސަރުކާރައް ހާއްސަކޮއް ނަހަލާ އްއް
މިކަމަށް ވަރަށް ތާ އީދު.ޓެކުސީ ދު އްވާ ބަ އެ އް މީހުންގެ އަނގަ ވަރަށް ހަޑި .ކާރުގަ ތިބޭމީހުންނަށް ބެލުމެ އްނެތި ހިތުހުރި ވާހަކަތަ އް ދަ އްކާ ބަ އެއ އްތީ!!ޖަހާލަވަތަކުންވެސް ބޯހަލާކު.!
ޓެކްސީތެރެއަށް ފޮޑިޖެހުންވެސް މަނާކުރަންޖެހޭ.. އެއީވެސް އަޑުނިކުންނަ ވައްތަރެއް.
ތިގޮތަށް ކެމްޕޭންތަކުގަވެސް މީހުންނަށް އުނދަގޫވާގޮތަށް ލަވަޖެހިގެން ނުވާނެ. ތުއްތު ކުދިންނަށް ނިދަން އުނޑަގޫޥޭ، ކިޔަވާ ކުދިންނަށް ކިޔަވަން އުނދަގޫވޭ، ދުވަސްވީ މީހުންނަށާއި އެހެނިހެން ފަރާތްތަކަށްވެސް ހަމަޖެހިގެން ތިބެން އުނދަގޫވޭ! ކެމްޕޭން ކުރެވެކަމުގައި ލަވަ ޖަހައި ޖައްވު ގުގުމައިގެންނެއްނޫން! ނާތަހުޒީބު ޢަމަލެއް!
ގިނަޓެކުސީ ޑުރައިވަރުން އެމްޑީޕީ އާދެކޮޅު ކާރުތަކުގަ ލަވަޔަކައް ޖަހަނީ އެމްޑީޕީއާ ދެކޮޅައް ހަދާފަ ހުރިލަވަ ދެން މަނާ ކުރާނީ ޕިންކު ކުލާގެ ހެދުމުގަ ޓެކުސީތަކައް ނޭރޭނެ ވާހަކަ ދެހާސް އެކާވީހުގެ ބޮޑު ޖޯކު