ހުޅުމާލޭގައި އިތުރު އަލިފާނުގެ ހާދިސާއެއް ހިނގަައިގެން ސިފަައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިއަދު މެންދުރު 13:30 ހާއިރު ހުޅުމާލެ ގެއެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ހުޅުމާލެ ވިފްކޯ ގަރާޖް ކުރިމަތީގައި ހުރި ކުނިތަކެއްގައި ރޯވެގެން ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާ ހިނގައިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ 16:19 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަދި މިހާރު އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިއަދު މެންދުރު ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ގެއެއްގެ ސިޓިންގް ރޫމްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    އަލިފާނުގެ ހަދިސާތަކަ ނަސީދު އާ ގުޅުމެއް އޮވެދާނެ.

  2. ޓެކް

    މިފަހަރު މިހަބަރު ކުއްލި ހަބަރަކަށްބުވެ ސައިޑް ލައިންގައި ޖެހީ ކީއްވެ ؟