ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ބާތިލްކޮށްފިއެވެ.
އަލީ ވަހީދު މިހާރު ދިރިއުޅުއްވަމުން ގެންދަވާ އެޑްރެސް ހޯދުމަށް ޕްރޮސިކިއުޓާ ޖެނަރަލް އޮފީސް (ޕީޖީ)އަށް ހައިކޯޓުން ދިން މުއްދަތު އިއްޔެއަށް ހަމަވިއިރުވެސް އެޑްރެސް ހޯދިފައެއް ނުވެއެވެ. އަދި އެކަން މިހާރު ޕީޖީގެ ފަރާތުން ކޯޓަށް ވަނީ ހުށަހަޅާފައެެވެ.
އަލީ ވަހީދަށް ކުރާ ދައުވާ ފޯމް ބާތިލުކުރީ އޭނާ، މިހާރު ދިރިއުޅޭ އެޑްރެސް އެނގުމުން އަލުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނަ ގޮތަށެވެ.
ޖިންސީ ގޯނާ އާއި ގުޅޭ ހަތް ދައުވާއެއް އަލީ ވަހީދުގެ މައްޗަށް އުފުލާފައި ވަނިކޮށް ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުން އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރައިވަޑައިގެންފައެވވެ. އޭނާގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔަރުން ވިދާޅުވީ އަލީ ވަހީދު ދިރިއުޅުއްވާ އެޑްރެސް ނޭނގޭތީ ކޯޓަށް ހާޒިރުވުމުގެ ޗިޓް ރައްދު ކުރެވިފައި ނުވާކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ...
އަދުލު އިންސާފު މިނިވަންވެގެން އައިސް މިޔޮއް ގަޔަށް ބޮލަށް އަރާގަންނަނީ!
ޑުރާމާނިމި ގޭމްފުރިހަމަވެއްޖެ ވަރަށްސަލާމް!!
މިމީހުންގެ ލަދު ހަޔާތްކޮބާ އިންސާފުގެ ދަތުރުކިޔަން އެންމެން ގުޅިގެން ހިންގި ބޮޑުޖަރީމާއެއްތީ އިންސާފު ކޯދުލާއަރާތަން މިފެންނަނީ ކޮބާތިކިޔާ އަންހެނުންގެ ހައްގު މީތަ އަންހެނުންގެ ހައްގު ހޯދާދޭގޮތަކީ
އިލްވެރިން ވިދާޅުވާތީ އަހާ އުޅެން ލަދުވެތިކަމެއްނެތް ބަޔަކު ކޮންމެ ފަދަކަމެއްވެސް ކޮއްފާނޭ ހަދީސް ފުޅުތައް ތެދުހަގީގަތެއްކަން މިހާރުވެސް އަބަދުވެސް ދާނީފެންނަމުން
އަލީ ވަހީދު ދިރިއުޅޭ އެޑްރެސް އެނގިގެން އަލުން މައްސަލަ ހުށަހަޅާއިރު އޭނަ އޮންނާނީ އަނެއްކާ އެޑްރެސް ބަދަލުކޮށްފައި. އަނެއްކާ އޭނާގެ މައްސަލަ ބާތިލްކުރަން ޖެހޭނީ. ދެން ކޮންމެހެން އޮޅުވާލާނެކަމެއް ނެތް.
މިވަރު ބައިގަނޑަކާހެދި އެތައްހާްސް ދިވެހި އަންހެނުން ގުރުބާންވާނަމޭ ކިޔާ ހަޅޭފަޅޭ ޖަހަނީ؟
ޢަންހެނުންނަށް ހަދާނެ ގޮތެއް ހަދާ މީހުންނަށް މިނިވަންކަމާ ހިމާޔަތް ހޯދާދޭ ބަޔަކަށް؟؟؟