ހއ. ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށުމަށްޓަކައި ސައިޓް މޮބިލައިޒްކޮށް މަސައްކަތް ފަށައިފިއެވެ.

އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށުމަށް އިއްޔެ އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމާއި، ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވީ، އެ ސަރަހައްދަކީ އެއީ ރަށުގެ ރައްޔިތުން މޫދަށް އެރުމަށް ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި ސަރަހައްދެއް ކަމަށާއި މިއަދު ފެނިގެން އެ އިންތިޒާރު ނިމުމަކަށް އަންނަ މަންޒަރު ފެންނަމުންދ ާކަމަށެވެ.

ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، 50 މީޓަރުގެ 5 ގްރޮއިން ޖެހުމާއި 30 މީޓަރުގެ 1 ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. ޕްލޭނިން މިނިސްޓްރީން މި ކުންފުންޏާއި ޙަވާލުކުރި މި މަޝްރޫއުއަކީ 39.6 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 75 ދުވަސް ތެރޭގައި ކަމަށް އެމްޓީސީސީން ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް

    މައުމޫނު 30 އަހަރު ވަންދެން ކަޑަ ޖަހަމުން ދުވީ.( އެމްޑިޕީ މީހުންކީ ) އަންނި ދެ އަހަރު ބައި ޕްރޮޖެކްޓް ތަކުގައި ކުރީ ސޮއި ޔާމީން 5 އަހަރު ދައުރުގަ ދިޔައީ މަޝްރޫއު ތައްނިމުމުން ހުޅުވަން މީ ތަފާތަކީ. #ފްރީ ރައިސް ޔާމީން ނައު#