ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ފުލުހުން ހިންގުމަށް ހަމަޖެހިފައިވާ ތަހުގީގެއް މާދަމާ 13:00 ގައި މާފުށީ ޖަލުގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

އެކަން ހާމަކޮށްފައި ވަނީ ރައީސް ޔާމީންގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވިދާޅުވެފައި ވަނީ، އެ ތަހުގީގު އޮންނާނެ ކަމަށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަރެކްޝަންސް
މެދުވެރިކޮށް އީމެއިލްގެ ޒަރިއްޔާއިން އެމަނިކުފާނުގެ ގާނޫނީ ޓީމަށް އަންގާފައިިވާ ކަމަށެވެ.

އެ ޓީމުން ވިދާޅުވީ، ކޮވިޑްގެ ނުރައްކާތެރިކަން އަދިވެސް ކުޑަވެފައި ނުވާއިރު، އެމަނިކުފާނު މިހާރު ވެސް ހުންނެވީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށާއި، ދައުލަތުގެ ކަމޭބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދަނޑިވަޅު
ދަތުރުފަތުރުކުރުމަށް ވެސް ބޮޑެތި ހުރަސްތަކެއް އޮތް ކަމަށެވެ.

"ޤާނޫނުއަސާސީން ލިއްބައިދޭ އަސާސީ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަން ޤާނޫނުއަސާސީގެ 18 ވަނަ މާއްދާއިން އެނގެން އޮތްހިނދު، އެމަނިކުފާނަށް ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ ދަށުން ލިބިވަޑައިގަންނަވާ، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ޙައްޤު ކަށަވަރުކުރެވޭނޭ އިންތިޒާމްތައް ދައުލަތުގެ ފަރާތުން ހަމަޖެއްސުމަކާއި ނުލައި ތަޙުޤީޤު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމަކީ އެކަމާއިމެދު، އަޅުގަނޑުމެން ނުހަނު ކަންބޮޑުވާ ކަމެކެވެ". ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ މި މައްސަލައިގެ ތަހުގީގު އަވަސް ކުރަންޖެހޭ ފަދަ ޒަރޫރަތެއް ވެސް ނެތްކަން ފާހަގަކޮށްފައެވެ.

އަދި ކުއްލިޔަކަށް އަވަސް އަރުވާލައިގެން މި ދަނޑިވަޅުގައި ތަހިގީގު ހިންގުމުގައި ސަރުކާރުގެ ރަނގަޅު ނިޔަތެއް
އޮތްކަމަކަށް ނުދެކޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

"އަދި، މިއީ، ސީދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ސަރުކާރުން ފުލުހުންގެ މައްޗަށް ސީދާ ގޮތުން ނުފޫޒު ފޯރުވައިގެން އެ ނުފޫޒުގައި ފުލުހުން ހިންގަން އުޅޭ ތަޙުޤީޤެއް ކަމަށް އަޅުގަނޑުމެން ދެކެމެވެ.". ފުލުހުންގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޕޮލިސ

    ފުލުހުންގެ ބަޔާނުގައި ނޯންނާނެ !!؛

    20
    1
  2. Anonymous

    ފުލުހުންނަކީ ލަދުހަޔާތް ކުޑަބައެއް.

    48
    4
  3. ފުލުފުލުންފުލުހުން

    ފުލުހުން މަގުމައްޗަށް ނުކުމެ ވެރިކަން ވައްޓާއިނުލައިގެން ޕޕޕ މީހުން ފުލުހުންނަށް ބަވަނީ

    4
    33
  4. ލޯބިވާ ވަޠަން

    ފު ލުހުންގެ ވެރރިއަކަށް ހުރީ ބާޢީ އެއް.

    28
    2
  5. Anonymous

    ގެންދޭ ގެންދޭ ގިނައިން ގެންދޭ.
    ރައްޔިތުންގެ ހިތުގައި އޮތް ލޯބި އެންމެ ތަންފުކެއްވެސް އުނިވާނެ.
    ތިޔަކުރާ ސުވާލުތަކުން އިތުރަށް ލޯބިވާނީ.
    ރައްޔިތުންގެ ވޯޓުން މިއޮތީ ދައްކަދީފައި.
    ލާދީނީ ފިކުރަށް ނޫނެކޭ ބުނެ އަންގާލީ. ކޮބާނަށާ ގުނބޯ. ތާހިރު ވެއްޖެ. ހުރޭ ނަށަށް.

  6. މިއަދު

    މިފަހަރު ޔާމީނާއި ސުވާލުކުރާނެކަމަށްބެލެވެނީ ޑރ މުއިއްޒު މާލޭ މޭޔަރުކަމަށް އިންޠިޙާބު މައްސަލާގައި ތުހުމަތުމަތުކުރެވޭ މައްސަލާގައި ނޫންބާ