މިފަހަރުގެ ކައުންސިލް އިންތިހާބުގައި ރައްޔިތުން ބަސް ބުނެފައިވާ ކަމަށާއި، ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން މިނިވަން ކުރުމަށް އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސަރުކާރަށް ގޮވާލައްވައިފިއެވެ.

އަދުރޭ މިހެން ވިދާޅުވީ މާލެސިޓީގެ މޭޔަރަކަށް ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒު އިންތިހާބުވުމާއި ގުޅިގެން ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ މި އިންތިހާބުން ޔާމީނަށް ޖަލުގައި ކުރަމުންދަނީ ނުހައްގު އަނިޔާތަކެއް ކަމަށް މާލޭގެ ރައްޔިތުން ބުނެފައިވާ ކަމަށެވެ. އަދި ޔާމީން ވަގުތުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާ ކަމަށާއި ސަރުކާރަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އެގޮތުން ސަރުކާރަށް ދެން އޮތީ ރައްޔިތުންގެ ބަސް އެހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދުރޭ ވަނީ މި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެސިޓީގެ މޭޔަރަކަށް މުއިއްޒު އިންތިހާބުވުމާއި ގުޅިގެން މަރުހަބާ ދަންނަވާފައެވެ. އަދި މިއީ ދިވެހި ރައްޔިތުން މި ސަރުކާރަށް ދިން ބޮޑު ފިލާވަޅެއްގެ ގޮތުގައިވެސް ވިދާޅުވިއެވެ.

މި އިންތިހާބުގައި ޕީޕީއެމަށް ލިބުނު ކާމިޔާބީއާއި ގުޅިގެން މިރޭ އެއްވެސް ހަރަކާތެއް ކުރިޔަށް ނުގެންދާނެ ކަމަށާއި ނަމަވެސް މާދަމާ ހަރަކާތްތަކެއް ކުރިޔަށްގެންދަން ނިންމަވާފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މަރި

  ނުކުރާނަން.

  2
  6
 2. އަޙްމަދު ޝިފާން ޢަބްދުލްޢަޒީޒް

  އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނު ތަކާއި ޚިލާފަށް ދިވެހި ދައުލަތުގެ މޭސްތިރިޔާ ކުރީގެ ރައީސް މއ. ކާމިނީ ހުޅަނގުގެ އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ހިފާ ހައްޔަރުކޮށްގެން އުޅޭބައިގަނޑަށް ރަނގަޅު ފިލާވަޅެއް ލިބުން ގާތްވެއްޖެ ކަމާއި މެދު ކުޑަވެސް ޝައްކެތް ނެތެވެ. ބޮޑުތަނުން ސަރުކާރު ފެއިލްވެއްޖެ ކަމުގެ ސިގްނަލް މިއަދު ކަށަވަރުވެ ޔަޤީންވެއްޖެއެވެ.

  10
  2
 3. ރަންރީނދޫލަޝްކަރު

  3 ދުވަސްތެރޭ ސަރުކާރުން ތިތަނުންް ގިނަމީހުންގަނެލާނެ...

  2
  5
 4. ޙހހ

  ތެޅިނާރުވަ ﷲ އަށް ޝުކުރުކޮއްގެން ހަނުހުރެބަލަ. އެއީ ޔާމީނަށް ދިންވޯޓެއްނޫނޭ .

  6
  4
 5. ޟމ

  ޥިސްނުން މުރާޖާ ކުރީމަވެސް އައީ ހަމަ ސުމެއް

  2
  2
 6. ޢަހަންމާ

  މިހާރުން މިހާރަށް ރައީސް ޔާ މީން މިނިވަންކުރޭ

  11
  4