އިލެކްޝަން ކޮމިޝަންގެ އިންތިހާބީ މަރުކަޒު ތެރެއަށް ވަދެ އެމްޑީޕީއިން މިއަދު މަސައްކަތް ކުރީ ވޯޓު ފޮށިތައް ގެއްލުވާލުމަށްފަހު އަލުން އިންތިހާބަކަށް ދާން ކަމަށް އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ނިންމުމަށް އެމްޑީޕީއިން އިހްތިރާމް ނުކުރާ ކަމަށެވެ. އަދި އެ ޕާޓީގެ ލީޑަރު، މުހައްމަދު ނަޝީދު އިސްވެ ހުރެ، ވޯޓަށް ނުފޫޒު ފޮރުވަމުން ދާކަމަށް ވިދާޅުވިއެވެ.

އަދުރޭ ވަނީ ވޯޓު އޮޅުވާލުމަށް ސަރުކާރުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި "ދުވާލުދާ ހަތަރުދަމު ގޮނޑި އަޅައިގެން" އިންތިހާބީ މަރުކަޒުގައި ތިބެން ޖެހުނަސް އެފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މިހާރުވެސް ބައެއް ފޮށިތަކުގެ ވޯޓު އޮޅުވާލާފައިވާ ކަމަށެވެ. އެގޮތުން ހއ. އަތޮޅާއި މ. އަތޮޅު ރައީސްކަން އެމްޑީޕީއަށް ގެންދިޔައީ މޮނީޓަރުންނެއް ނެތް ތަންތަނުގައި ނެނގުނު ވޯޓު ކަރުދާސްތައް އޮޅުވާލައިގެން ކަމަށް ވިދާޅުވިއެވެ. މި މައްސަލަ އީސީއަށް ހައްލު ނުވާނަމަ ކޯޓަށްވެސް މައްސަލަ ހުށަހަޅާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އިންތިހާބުގައި ވޯޓުލީ ބައެއް މީހުންގެ ވޯޓު އޮޅުވާލި މައްސަލަތަކެއް މީސްމީޑިއާގައިވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ގއ.ކޮލަމާފުށީގައި ބެހެއްޓި ވޯޓް ފޮއްޓަށް ވޯޓްލާފައިވާ މާލެ އަށް ނިސްބަތްވާ މީހެއްގެ ވޯޓް އޮޅުވާލާފައިވާ ކަމަށް އޭނާ ތުހުމަތުކޮށްފައިވާއިރު ބ .އަތޮޅު ދޮންފަނުގައި ބެހެއްޓި ވޯޓް ފޮއްޓަށް ވޯޓް ލާފައިވާ މަނަދޫ މީހެއްގެ ވޯޓުވެސް އީސީއިން އޮޅުވާލާފައިވާކަމަށް ވޯޓުލީ މީހުން ތުމަތުކުރެއެވެ.

މިއަދު ހިނގި ހަމަނުޖެހުމާއި ގުޅިގެން އެމްޑީޕީިއިން ވިދާޅުވީ ޓީ4 ގެ ވޯޓު ފޮށި އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް ޕީީޕީއެމްގެ އިސްވެރިން މަރުކަޒަށް ވަޑައިގެން އެތަނުގައި އަޑުގަދަ ކުރައްވާ ހެއްދެވުމުން އެމްޑީޕީގެ އިސްވެރިންނަށް އިންތިހާބީ މަރުކަޒު ތެރެއަށް ވަނުމަށް މަޖުބޫރުވި ކަމަށެވެ.

އެހެންނަމަވެސް ހުޅުމާލެ ދާއިރާގެ އިންތިހާބީ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އިންތިހާބީ މަރުކަޒަށް އައީ ބައެއް ފޮށިތަކުން އިދިކޮޅު ފަރާތްތަކުން ބޮޑު ތަފާތަކުން ކުރި ހޯދާފައި ވަނިކޮށް އެމްޑީޕީގެ ކެންޑިޑޭޓުން ފަރަގު ކުރި ކަމަށް ބުނަމުންދާތީ ކަމަށެވެ. މިއީ އިންތިހާބު އޮޅުވާލަން އީސީން މަސައްކަތް ކުރާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Mahujanu

    ޓްރަންޕް އުޅުނުހެން ރާއްޖެއަކު ނޫޅުވޭނެ

    14
    1
    • ޢަހޫ

      މިހާރު ތިކަން އެގޭދޯ. ޢަދުރޭ މެން އަގޯޓި އާ އި ފާހަގަ މަތިން ތިރި އަށް ދު އްވީ ކޮންބޭނުމަކުތޯ.

  2. ވަތަނީ

    އިދިކޮޅު ކޯލިޝަނުން މަރުކަޒްތެރޭގައި ނިދަން ޖެހުނުކަ މަށް
    ވިއަސް ވޯޓް އޮޅުވާލަން މިފަހަރު ފުރުސަތު ދީގެން ނުވާނެއެވެ މޑޕ އަކީ ވަރަށް މައްކާރު ޗާލާކުމ މީހެކެވެ އޭނާގެ މަޅިތަކުން ސަލާ މަތް ވު މުގެ ގާބިލްކަން
    ޕޕ މ ގައި ހުންނަން ވާނެއެވެ.

    10
    1
    • ރާގޮޑިރާޖަ

      ޥަގުންނަށް އަބަދުވެސް ހީވާނެ އެހެންމީހުންނަކީވެސް ވަގުންނޭ.

      4
      12
      • ރަންފަޅޯ

        ތިބުނީ ހަމަ ރަނގަޅަށް. ކުލަ ޔެލޯ އަށް ހަޖަމު ނުވީމާ އަބަދުވެސް ތެޅޭ ވަ އްތަރު ދެ އްތޯ.

        3
        1
  3. އަހަރެން

    އެމްޑީޕީ އަކީ ވޯޓް އޮޅު ވާލުމަށް އެއްވަނަ

  4. ނަތާ

    އެ އުޅެނީ އިތުރަށް ވޯޓުން ވައްކަންކުރަން ކުރެވުނުލެއް މަދުކަމުން

  5. ނަނާ

    ވޯޓުން ވައްކަންކުރުމަކީ ފިޔަާތޮށި ބައިގަނޑު ކުރާކަމެޢް