ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ މެންބަރު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) އަރަބި ބަހުގެ ހަރު ބަހެއް ވިދާޅުވާން އުޅުއްވުމުން އެއީ ޤުރްއާންގެ އާޔަތެއް ކަމަށް ހީކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައެއް މެންބަރުން ޤުރްއާންގެ އާޔަތްތައް ކިޔުއްވާއިރު، ނުބައިކޮށް ކިޔުއްވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ މީގެ ކުރިން ވެސް ވަރަށް ގިނަ ފަހަރު ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ މިއީ ރައީސް ނަޝީދުގެ "ނޭދެވޭ" އަމަލެއްގެ ގޮތުގައި ސިފަކޮށް ވަރަށް ބޮޑަށް ފާޑުކިއުންތައް ވެސް އަމާޒުކޮށްފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލާ ގޮތަށް ބައެއް ގާނޫނުތަކަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ސެންބެ ފުރަތަމަ ފާހަގަކުރެއްވީ ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ޕީޕީއެމްއާއި ޕީއެންސީއަށް ލިބުނު ކާމިޔާބީއަށެވެ. ދެން އޭނާ ފާހަގަ ކުރައްވަން އުޅުއްވީ އަރަބި ހަރު ބަހެކެވެ.

އެއީ الوقت كالسيف إن لم تقطعه قطعك އެވެ. މާނައަކީ "ވަގުތަކީ ކަނޑިއެއް ފަދަ އެއްޗެކެވެ. ތިބާ އެ ބުރިނުކުރާނަމަ، އެ ތިބާ ބުރިކުރާނެއެވެ."

އޭނާގެ ވާހަކަ ހުއްޓުވަން ރައީސް ނަޝީދު ދެން މަސައްކަތް ކުރެއްވުމުން "މި ދައްކަނީ ގޯސް ވާހަކައެއް ނޫން،" ކަމަށް ސެންބެ ވިދާޅުވެއެވެ.

ދެން ރައީސް ނަޝީދަށް ވިދާޅުވެވުނީ "ޢިއްޒަތްތެރި މެންބަރުން ޤުރުއާނުގެ އާޔަތްތައް ވިދާޅުވާއިރުގައި"، އެހިސާބަށެވެ. ދެން ސެންބެ ވަނީ އޭނާ ވިދާޅުވީ ޤުރުއާނުގެ އާޔަތެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ސެންބައަކީ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއިން ސާނަވީ ތައުލީމު ފުރިހަމަ ކުރައްވައި މިޞްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޑިގުރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ގައުމީ ލޯބި

  ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި ގުރުއާން ކިޔެވުން މަނާކުރެވޭނެ ގާނޫނީ ހަމައެއްނުވަތަ ނޯންނާނެ..

  ނަޝީދައްގްރުއާން ނޭގުމަކީ އެހެންމީހުން އެކަމުން މަހްރޫމް ވާންވީ ސަބަބެއް ނޫން.. ގްރުއާން ހުއްޖައްދައްކައި ކަންކަން އިސްލާހްކުރުމަށް ގާނޫނު ހެދުން އޭގެ ރަގަޅުގޮތަކީ..

  ނަޝީދަށް ގްރުއާން ކިޔަވަން ނޭގުމަކީ މަޖިލީހަށް ކުފޫހަމަ ނުވުން އަވަހަށް އިސްތިއުފާ ދެއްވާ.

  އެހެން މީހުން ޖާހިލުކުރަން ދަންތުރަ ނުޖައްސަވާ..!

  51
 2. ނައި

  އަރަބި ބަހުގެ އަލި ފުބާވެސް ނޭނގޭ ޠާޢޫތުންގެ ހާލަކީ ތިއީ...ހުޅަނގުގެ ޤައުމަކުން ލާދިނީ މުޤައްރަރަށް ކިޔަވައިގެން އައީމާ ދެން ވާންވީ ގޮތް ތިޔަ ފެންނަނީ...
  ﷲ ރައީސަށް ފައިދާކުރަނިވި ޢިލްމެއް ދެއްވާށި. އާމީން

  25
 3. ލޮލް

  ޤުރުއާނުގެ އާޔަތްތަކާއި ޢަރަބި ހަރުބަހާ ފަރަޤު ކުރަންނޭނގޭ ޖާހިލަކު މިއުޅެނީ ހުރިހާ އެއްޗެއް ދަންނަ ކަމަށް ހެދިގެން ދޯ! މިބައިގަނޑަށް ވެރިކަން ދިންބަޔަކު މިހާރު ތިބެނީ ލަދުން ބޮލާފޮށާ އަޅައިގެން ބޭރުތެރެއަށް ނުކުންނަން ނުކެރިފައި.

  41
  1
 4. ހުސޭނުބޭ

  އެންމެ ފަހުގެ ފުޅި މާ ކަރުދިގުވީކަން ނޭގެ!

  29
 5. ކާފަ

  ޤުރުއާނާއި ހަދީޘް އަދި ޢަރަބި ބަހާއި އިނގިރޭސި ބަސް އަދި ދިވެހިބަސް ވެސް ރަނގަޅަށް އެނގޭ ބޭފުޅަކު މިރާއްޖޭގެ ރައްޔިތުން ވެެއްޖެނު މިތަނަށް ގެންނަން. މިދެން ރައްޔިތުން ނަށް މަލާމާތް ލިބެނީންނު.

  34
  1
 6. ރޯ

  މި ނަޝީދަކީ ގުރުއާނުް ނުކިޔަވާ މީހެއްކަން އެނގެނީ. އެކަމަކު މިވަރުގެ އިސްލާމް ދީނަށް ލޯބިކުރާ މީހަކު ނެތްކަމަށް ދައްކަން އުޅޭނެ މީނަޔާ ހެދި ބޫތުކައިފަ ތިބި މީހުން

  23
 7. ille

  gamaaru

 8. ޢަދުރޭ

  ކެނެރީ މެންނަށް މިވަރުންވެސް ކިއަން މި ޖެހެނީ މުސްލިމުންނޭ. މި ކެނެރީމެން ދެން ހާދަހާ އޭ ދޯ؟

 9. އަހްމަދު

  ކަނަކަނަ ނޭގޭމީހަކް އެގޭކަމަށް ހެދުނީމަ ދެންވާނީ
  ފަޞީހަތް އަވަހަށް އިސްތިއު ފާދީ

 10. އަހަންމަދު

  ހައްތާބޭޒާރުވަނީ! އެކަމަކުއެމްޑީޕީގެގުބޯތަކަށްމިކަލޭގެވަރެއްނެތް!!