ޑޮލަރު ދޭނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މީހަކު ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ފުލުހުން މިއަދު އިއުލާނެއް ކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުވާން މއ. ހަނީސަކްލް -1، ޙުސައިން ޝިފާޢު (35އ) އަށް އަންގާ ކަމަށެވެ.

އޭނާ ފުލުހަށް ހާޒިރުވާން އަންގައި އިއުލާން ކުރީ ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިންކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ކަމަށް ބުނުން ފިޔަވައި މައްސަލަ އާއި ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

ފުލުހުން ވިދާޅުވީ އޭނާ ހާޒިރުވާން ޖެހޭނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނަށް ކަމަށެވެ. އޭނާ ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ 2021 ޖުލައި 10 ވަނަ ދުވަހުގެ 10:00 އަށެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ރާއްޖޭގައި ވަރަށް ގިނައެވެ. އެހެންކަމުން ފައިސާގެ މުއާމަލާތްތައް ކުރާއިރު ރައްކާތެރި ކަމުގެ ގޮތުން ބަލަން ޖެހޭ ހުރިހާ ކަމަކަށް ބެލުމަށް އަބަދުވެސް ފުލުހުން އިލްތިމާސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖަޒީރާވަންތަ ރޯޔަލް ކެހެެރި ނުފަޅާ ޖަނަވާރު

    އަޅުގަނޑުމެންގެ ރައީސް ދަސްކޮށްދެއްވި ގޮތަށް އުޅޭ ސޮރެއް.. މި ސަރުކާރުން ކާލި ވެންޓިލޭޓަރުތައް ނުބެލެންޏާ ކީއްވެ މި މައްސަލަ ބެލެންވީ

  2. ރާފިޔު އަހްމަދު

    މިދެން ކިހާދެރަކަމެއް.އެހެންމީހުންވެސް ބުރަމަސައްކަތުން ހޯދާ ލާރިކޮޅުވިއްޔާ

  3. ރާފިޔު އަހްމަދު

    މިދެން ކިހާދެރަކަމެއް.އެހެންމީހުންވެސް ބުރަމަސައްކަތުން ހޯދާ ލާރިކޮޅުވިއްޔާ.

  4. ދަރަނި ދަންތުރަ

    ހަރާމެއް ހަލާލެއްނެތް މިވެސް ވަރަށްބޮޑު މަހުޖަނަކަށްވެގެން ބައިސާކަނޑާ މީހެއް އިރާ ވީދާ ނޮޅާ ކަނީދޯ