އިސްލާމީ ޤައުމެެއްގެ ވެރިއަކަށް ވުމަށް މިހާރުގެ ރައްޔިތުންގެ މަޖިލީހުގެެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުފޫ ހަމަ ނުވާކަމަށް ސަރުކާރަށް ތާއިދުކުރައްވާ އިލްމުވެެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެެއެވެ.

ޒައިދު މިހެން ވިދާޅުވެފައި ވަނީ ރައްޖެގެ ވެރިކަމުގެެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ނަޝީދު ފާޅުގައި މަސައްކަތް ފެއްޓެެވުމާއި ގުޅިގެންނެެވެެ. ރައީސް ނަޝީދު ވަނީ އިއްޔެގެެ ވަގުތެެއްގައިި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އަށް "ބޮޑުވަޒީރަކަށް" ވާން ބޭނުންފުޅުވާކަމަށް މެެސެެޖަކުން އަންގަވާފައެެވެެ.

ޒައިދު ކުރެއްވި ޓްވީޓެެއްގައި ވިދާޅުވެފައި ވަނީ، ރައީސް ނަޝީދަކީ އިސްލާމީ ޤައުމެއްގެ ވެރިއަކަށް ވުމަށް ކުފޫ ހަމަވާ ބޭފުޅެެއް ނޫން ކަަމަށާއި، ލާދީނީ ޖަމިއްޔާ މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށް ފުރައްސާރަކުރުމުން ދިފާއު ކުރެެއްވީވެސް ރައީސް ނަޝީދު ކަމަށެެެވެ. މިއީ ވަރަށް ކުޑަ މިސާލެއް ކަމަށާއި ރައީސް ނަޝީދުގެެ "އައިޑިއޮލޮޖީ"ތައް ވަރަށް ރަނގަޅަށް އެނގިލައްވާ ކަމަށާއި، އެހެންކަމުން ރައީސް ނަޝީދަށް ބުނެވޭނީ "ސޮރީ"އޭ ކަމަށް ޒައިދު ވިދާޅުވިއެވެެެ.

ރައީސް ސޯލިހަށް ރައީސް ނަޝީދު ކުރެއްވި ކަމަށް ބުނާ މެސެޖުގެ ސްކްރީކްޝޮޓްތަކެއް މިހާރު ދައުރުވަމުން އަންނައިރު، މެސެޖުގައި ރައީސް ނަޝީދު ވަނީ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވަނީ އެއްފަރާތެއްގައި ހުންނެވުމުގެ ބަދަލުގައި ޤައުމު ހިންގަން އެދިވަޑައިގަންނަވާތީ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ ބޮޑުވަޒީރަކަށް ވަޑައިގަތުމަށްޓަކައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރެއް އަންނަ ފެބްރުއަރީ މަހުގައި އެކުލަވާލުމަށް އެދިވަޑައިގަންނަވާކަން ވެސް ހާމަކުރައްވާފައެވެ.

މިއާއެކު ރާއްޖޭގައި ދެން އެންމެ އަވަހަށް އޮންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނުބޭއްވުމަށާއި، 2024 ވަނަ އަހަރު މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަލީ

  ތިކަން އެނގޭ އިރެއްނު އަހަރުމެން ކައިރީ އާދޭސްކޮށް ދީނަށް ހުރުމަށްތެރިކޮށް ހިތާ މީހަކު ހުއްޓާ އެމީހާގެ އަގުވައްޓާލާ ލާދީނީ ބައިގަނޑަށް ވޯޓު ހޯދާ ވެރިކަން ދިނީ؟ ތި ޝެއިހުން ނޫނީ ނެތޭ ލާދީނީ މީހުންނަށް ވޯޓު ހޯދަން ކެމްޕެއިން ކުރާ ޝޭހުންނެއް. ލަދެއް ނުގަނޭތޯ؟

  3
  2
 2. ފާތުން

  ކުފޫ ހަމަވާ މީހެއް އެބަހުރިތަ މި ރާއްޖޭގަ؟

 3. ރިއަލިޓީ

  ޒައިދު ކަލޭތީ ކާކު.. އެންމެ ފަހު ވަގުތު ފައިސާދީފަ ކަލެއާއި އިޔާޒްވެސް ގަނެލާނެ.. މާޒީންވެސް އެކަން ސާބިތުކޮށްދީފި.. އިލްމްވެރިންތައް ތިބެނީ ދެޕާޓީންވެސް ގަނެލާފަ..

 4. ރޫޑު

  ނަޝީދަކީ ވެރިކަމުގަ ބަގުޑިބައްދަން އުޅޭމީހެއް. އެހެންކަމުން 3 ބާރުވަކިވެފައިވާ ނިޒާމެއް ދެނެއްނޯނާނެ، ބޭރުގެ ނުފޫޒުން މެމްނަރުންނަށް ރިޝްވަތުދީ ގަނެލުންވާނީ ފެންމެޓަޔަށް އެކަން ނުކުރެވިގެން ނަށީދު އުޅެނީ، ނަށީދަކީ ބޮދުވަޒީރު، މަޖުލީސް ރައިސް ، ޖޭއެސްސީގެ ރައީސް، ޕޮލިސް ކޮމިޝަންގެ ރައީސް. ނަށީދު މަގުމަތީގަވެސް ، ނަޝީދު އެލެކްޝަންތެރޭގަވެސް ، ނަޝިދު ހަސަނުގެފައި މުޅިގައުމަ، އެހާ ރޫޑުވެސް މީހެއް

 5. އޭނާ

  ވަރަށް ފުރިހަމަ ބަލާޢާތްތެރި ރަ އްދެ އއް.. ޝުކުރި އްޔާ ޝެ އިޚް..

  2
  2
 6. ބޮޑު ތާކިހާ

  ކަލޭ ކުފޫ ހަމަނުވޭ ނަސީދައްވުރެ. އިސްލާމްދީނަށް ފުރައްސާރަކުރާ ސަރުކާރެއް ދިފާއުކުރަން ކަލޭ ދީނީ ތާކިހާ އަޅާގެން ބޮޑުމުސާރަ ނަގާގެން ތިހުންނަނީ ޔަހޫދީންނަށް ނަސްރުދީގެން އެހެންވީމަ ކަލޭވެސްވާނީ އެމީހުންގެ ޖަރީމާތަކުގެ މީހަކަށް ކަލެޔަށްވެސް ބޯދަމާނުގަނެވޭނެ ތީ އޭގެ ޔަހޫދީ ބައިވެރިޔެއް

 7. އަހުމަދު

  މީކާކުތަ؟ ކޮންމެ ގޮތަކުން ނަމަވެސް ފުލެޓެއް ލިބިއްޖެއްޔާ ހަލާލު.

  3
  1