ރާއްޖޭގެ ފުރަތަމަ ފަހަރަށް ޖައްވަށް ފޮނުވާ ސެޓެލައިޓް ގެ މަސައްކަތް ފަށަން ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދާ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ތައްޔާރުވެއްޖެއެވެ.
މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލާ ގުޅޭ ސައިންޓިފިކް ދިރާސާ ކުރުމަށް އުފައްދާ ސެޓެލައިޓެކެވެ.
މި ޕްރޮޓޮޓައިޕް ސެޓެލައިޓަށް ބޭނުންވާ ހާޑްވެރ ސަޕްލައިކޮށް، ސެޓެލައިޓް ލޯންޗް ކުރުގައި ފަންނީ ގޮތުން އެހީތެރިވެދިނުމަށް އައިޖީއެސް އާއި އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނާ އެކު މިދިޔަ މަހު އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ. މި އެއްބަސް ވުމުގެ ދަށުން، ސެޓެލައިޓް ލޯންޗް ކުރާނެ ގައުމެއް ހަމަޖައްސައި، އެ ގައުމުގެ އެއާ ސްޕޭސް ބޭނުން ކުރުމުގެ ހުއްދަ ނެގުމުގައި ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުން އައިޖއެސް އަށް އެހތެރިކަން ފޯރުކޮށްދޭނެއެވެ.
ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދާ އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ، މި މިޝަން އަށް ބޭނުންވާ ފަންޑިން ހަމަޖެހި، އަމަލ މަސައްކަތް ފެށުމަށް މިހާރު ތައްޔާރު ވެފައިވާ ކަަމަށެވެ.
"މިޝަން ގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލާނަން. ސެޓެލައިޓް އުފައްދާނ ވެސް އަދި މުޅި މިޝަން ލޑް ކުރާނ ވެސް ދިވެހި ޒުވާނުން. އެކަމަށް ބޭނުންވާ ތަމްރނު އަޅުގަނޑުމެން ފޯރުކޮށްދޭނަން" މުއާސަލާތ ކުންފުނި ދިރާގުގެ އިސްމަގާމުތައް ފުރުއްވާފައިވާ ރިފްއަތު ވިދާޅުވިއެވެ.
ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރި ކަމާއި އެކުގައެވެ
އެ ޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި، އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އާސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސް ގެ އިލްމުވެރިންނާއި ތަޖުރިބާކާރުން ހިމެނެއެވެ.
މިދިޔަ އޮކްޓޯބަރު މަހު އައިޖީއެސް އާއި ކޭއެސްއެފް އާ އެކު ސޮއި ކުރި އެއްބަސްބުމުވެ ދަށުން، ސްޓެލައިޓް ޑިޒައިން ކޮށް، ލޯންޗް ކޮށް، ސައިންޓިފިކް ރިސާޗް ހަދަން އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން 12 ދިވެހިން ތަމްރީން ކުރާނެއެވެ. \
އަނގަޔާ، އަތާދިމާނުވެގެން މި އުޅެނީ. ދެން އިންޑިޔާއިން ބުނެގެން އަހަރެން ޚަރަދުކުރާގޮތަށް ތިޔަވަރު ކަމެއް ކުރީމާ މުޅި ދައުލަތް ހުސްވީ. ދެންއޭގެ ނާޖާއިޒް ފައިދާ ނަގައިގެން ލޯނޭ އަނެކައްޗެކޭ ކިޔައިގެން އަޅިވެތިކުރަންވީ
ތިކަހަލަ ބޭކާރު ހަރަދުކުރަން ހެޔޮނުވާނެ ރީތި ނަމެއް ހޯދާ ފަހުރުވެރިވެލާކަށް.
ޜައްޔިތުންނަށް ރަނގަޅަށް ބޯހިޔާވެހިކަމާ ބޭސްފަރުވާއާ ތައުލީމުގެ ފުރުސަތުތަކަށް އިންތިހާއަށް ބޭނުންވެފައިތިއްބާ، ޢަދި ނުވީތާކަށް ގައުމު ދަރަނީގަ އޮވާ!
ދެރަކަމެއްދޯ! ކަލޭމެން ސެޓްލައިޓް ތި ފޮނުވަނީ ދުނިޔެ ހޫނުވެ ދެމަފިރިން ޒުވާބުކުރޭތޯ ގިފިލީގައި ކޯންއެއްތޯ ބަލަން. އަހަރެމެން ސެޓްލައިޓެއް ބޭނުންވަނީ އެންމެ ކަމަކަށް. އިންޓަނެޓް އަގުހެޔޮކުރަން. ނޫނިއްޔާ ތިއީ ހަމަ ސީދާ ބޭކާރު ޚަރަދެއް!
ހިސޭނުބެޔާ ބުނާކަށް މިވަރުގެ ޕުރޮޖެކުޓެއްގެ ހަވާސާގަ އުފެދޭ ކުދިކުދި ޓޮނާޑޯހެން އެނބުރިގަންނަ ބިޔަ ކޮރަޕުޝަންގެ ރޯޅިތަކުން ޖީބުތައް ފުރިބާރުވެ ޑޮލަރުތައް އެފުށް މިފުށަށް ޖެހިގަތީމާ ދެން އިންޓަނެޓުގެ އަގަކަށް ހުސޭނުބެވެސް ނުބަލާނެ.
2023 ދޯ؟
ޖައްވަށް ފޮނުވިއަސް ވޯޓެއް ނުލިބޭނެ
ތިއީ ހަމަ މުޅިން ބޭކާރު ކަމެއް..
ރުފިޔާ ގިނަވެގެން ދެއްތޯ މިއުޅުއްވަނީ.
ތީގެތެރެއަށް އިބޫއާއި އަންނި ލާފަ ފޮނުވުން ރަގަޅު
ތިޔައީ މާބޮޑު މަސައްކަތެއް ކުރަންޖެހޭ ކަމެއްނޫން، ކާއްޓެއް ދީފަ ބުންޏަސް ޖައްވަށް ފޮނުވަދޭ ގުރޫޕުތައް އެބައުޅޭ މިހާރު، ބުނާވަރަށް ފައިސާ ދޭންޖެހެނީ.
😂😂😂މިވެރިން އިންޑިޔާއިން ބުނެފިއްޔާ ގެރި ފޮޑިވެސް ޖެޙޭތޯ މިދުވަސްކޮޅޮބަލާތި. 2023އަށް މާފޮޅުވަދެން ރަށްތަކަށްނާރާތި ބޯގޮސް ކޮސް ސަރުކާރޭ
ކަކުނިވެސް ހޮރު ކޮންނަނީ، އެކަކުންޏެއްގެ ފެންވަރުގައެވެ.
މިކަންވެސް ކުރަންޖެހޭ ގައުމުބޭނުމިއްޔާ ފައިސާހޯދިދާނެ ގައުމެއްނުހޯދޭނެ އަޑިޔައްދޭތޯވެސް އެބަ ބަލަންޖެހޭ
ފުރަތަމަ ސެޓްލައިޓް ދުނިޔެއިން ބޭރަށާ
ފުރަތަމަ ސެޓްލައިޓް ދުނިޔެއިން ބޭރަށާާ ފޮނުވަނީ ނުކިޔަވާ ތިބި ގަމާރުންނަށް އަސާސީ ކިޔަވައި ދޭން ދޯ
ބޭސްފަރުވާ ކުރެވޭނެ ގޮތެއްނެތިގެން އެތަކެއް ރައްޔިތުންނެއް ސަލާމް ޖަހަމުން އާދޭސްކުރާއިރު ޢެމީހުންގެ އަޑު ނާހައި މިކަހަލަ ކަތައްކުރާތީ ބުނަނީ މިއީ ރައްޔިތުންގެ ބޭކާރެކޭ
އަބަދުވެސް ނު ފޯރާ ފޮތިން ފޫގަޅަން މީދެން ކޮންކަމެއް މޮޅުނަން ވަކިބަޔަކު ހޯދަން އެކަމަކު ހަރާމުން ހަރާން އެނގޭއެއްޗެއް.. ތިޔަ ގިތައް މީހަކުލައްވާ ބަޔަކު ވެންޓިލޭޓަރު ހައްދައި ފޮނިބޯންވެސް އުޅުނު...ކިހިނެއްތޯވީ ކޮބާތޯ އެވެންޓިލޭޓަރު....ލަދުނުގަންނަކަން....މިމީސްމީހުން ކޮށް ފާނެ ކޮންމެކަމެއްވެސް...
މީއެމެރިކާޔާ ވާދަކުރަން ކުރާކަމެއްތޯ ކުރީގަ އެމެރިކާ އެންމެ ބިރުގަތީ މިގައުމުން ނިއުކުލިޔަރ އުފައްދަ ފާނެތީ މިހާރު އެކަމުގެ ބިރެއްނެތް ނިއުކުލިޔަރ މުއާހިދާގައިސޮއިކުރީމަ އެކަމަކު މިހާރު ބަލާނެ ހެންހީވަނީ މިގައުމުގައި ބޭރުގެ އަސްކަރިއްޔާއަކުން ހަރަކާތް ތެރިވާވާހަކަ ދެކެވޭ އަޑުއިވޭތީ
ފުރަތަމަ ވެރިކަމަށް އައުމަށްވީ ވައުދުތަށް ފުއްދިގެން ދޯ އެހެން ކަމެއްވާނީ .... އަދި ވެސް މިއުޅެނީ ސެޓްލައިޓާ އެއްޗެހި ހިފައިގެން އުޅޭން 😂😂😂😆😆😆