އެމްޓީސީސީން ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީން އެ މަޝްރޫއުގެ މަސައްކަތް ފަށައިގަތުމަށް ތައްޔާރުވަމުން ދަނީ ހަ ބަޔަކަށް ބަހާލައިގެންނެވެ. އެ މަސައްކަތުގެ ތެރެއިން މިހާރު އުތުރުގެ ރަށްތަކުގައި ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެމްޓީސީސީން ފުރަތަމަ އިއުލާނުކޮށްފައި ވަނީ އެންމެ އުތުރުގެ ރަށްތަކުގެ ހއ. އަތޮޅު، ހދ. އަތޮޅު، އަދި ށ. އަތޮޅުގެ ރަށްތަކަށެވެ.

އެމްޓީސީސީން ކުރި އިއުލާންތަކެއްގައި ބުނެފައި ވަނީ، އެ ކުންފުނީގެ ޓްރާންސްޕޯރޓް ސަރވިސަސް ޑިވިޜަނަށް ބޭނުންވާ މަގާމުތަކުގެ ތެރެއިން މި އަތޮޅުތަކުން 34 އޮޕަރޭޓަރުންނާއި، 36 ފަޅުވެރިންނާއި، 11 އެޑްމިން އޮފިސަރުން ބޭނުންވާ ކަަމަށެވެ.

މި ވަޒީފާތަކަށް އަންނަ މަހުގެ އަންނަ މަހުގެ ނިޔަލަށް ކުރިމަތިލެވޭނެއެވެ.

އެމްޓީސީސީން ބުނީ، އޮޕަރޭޓަރުންނާއި ފަޅުވެރިންގެ މުސާރައަކީ 12،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެެދުގެ މުސާރައެއް ކަމަށެވެ.

އަދި މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އުމުރު ވާން ޖެހޭނީ 18 އަހާރައި 35 އަހަރާއި ދެެމެދު ކަމަށާއި، މި ވަޒީފާތަކުގެ 50% ހާއްސަކޮށްފައި ވަނީ އަންހެނުންނަށް ހާއްސަކޮށްފައި ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ މަޤްޞަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު