ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، 2023 ވަނަ އަހަރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރުމުގައި ވަރުބަލިވުމެއް ނެތި ޕީޕީއެމް ސާބިތުވެ އޮންނާނެ ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެެއްޖެ އެވެ.

ޣައްސާން މިހެން ވިދާޅުވީ ރައީސް ޔާމީން މިރޭ ގޭބަންދަށް ބަދަލު ކުރެއްވުމުން ސަރުކާރަށް ޝުކުރު ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ.

"ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނީ ނުހައްގުން. އެމަނިކުފާނު މިނިވަންކޮށް 2023 ވަނަ އަހަރު ވެރިކަމަށް ގެނައުމުގެ މަސައްކަތުގައި ވަރުބަލިވުމެއް ނެތި ޕީޕީއެމް ސާބިތުވެ އޮންނާނެ،" ޣައްސާން ވިދާޅުވިއެވެ.

2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ ރައީސް ޔާމީން ކަމަށް ޕީޕީއެމް އިން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް މިހާރު ރައީސް ޔާމީންގެ މައްޗަށް އިއްވާފައި އޮތް ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ނުކުރާހާ ހިނދަކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އިތުރު ދައުވާތަކެއް ވެސް ކްރިމިނަލް ކޯޓުގައި ވަނީ އުފުލާފައެވެ. އެއިން ދައުވާއެއް ސާބިތުވިނަމަވެސް ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ.

މާފުށީ ޖަލުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް ޔާމީން ގޭބަންދަށް ބަދަލުރީ މިރޭ އިރާކޮޅުއެވެ. ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރައްވާފައި ވަނީ އެމަނިކުފާނު ގޭބަންދަށް ބަދަލު ކޮށްދެއްވުމަށް އާއިލާ އިން ތަކުރާރުކޮށް އެތައް ފަހަރަކު އެދުނު ފަހުންނެވެ. ރަމަޟާން މަހުގެ ކުރިން ވެސް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުން އެދި އާއިލާ އިން ސަރުކާރުގެ އެތައް އިދާރާއަކަށް ސިޓީތައް ހުށަހެޅިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަހޫ

    ޥަރުބަލިވެވެ ހުންނަންޖެ ހޭނީ.

    3
    6
    • ޒައިކް

      ހެހެ އެ ކިޔަނީ އެހެން ލަވައެއް..ރައީސް ޔާމީނު ވެރިކަމަށް ގެންނާކަށް ނޫން.. އަމިއްލައަށް ވެރިކަމުގެ ޓިކެޓު ހޯދަން މަސައްކަތްކޮށްކޮށް ވަރުބަލިވާ ވާހަކަ.. މަޢުމޫނު ވެސް އެމްޑީޕީ ފަޅީގަ ހުރެގެން ޔަޤީން އެ ކުރަނީ ހަމަ އެކަން އެއީ ރައީސް ޔާމީނު މި 5 އަހަރު މިނިވަން ނުކުރާނެކަން ކަށަވަރުކުރުން. ޢައްސާނަށް ޓިކެޓު ޔަޤީންވީމަ ފޫކަހާލާގަ ނިކުމެ މަޑަޑުން ޕީޕީއެމް ކޮޅަށް އެރުން ޕުލޭނަކީ.. އެކަމު ރައީސް ޔާމީނަކީ މާ ދުރުވިސްނޭ ސްމާޓު ބޭފުޅެއް މަޢުމޫނު ދުނިޔޭގަ ހުއްޓާ ޢައްސާނު ވެރިކަމަށް ގެންނަން ރައީސް މިހާރު ބޭނުން ފުޅެއް ނުވޭ.. ޕާޓީ ތެރޭގަ ޓިކެޓުގެ ޝަޢުގު އެކި ބޭފުޅުން ފާޅުކުރަން ފެށީ މި ސަބަބާހުރެ..

  2. ހުއްބުލްވަތަން

    ވެރިކަމަކީ ވަކިފަރާތަކުން ދެއްވާއެއްޗެއް، އެފަރާތުން ނިންމަވާގޮތަކަށް ހުރަސްއެޅޭނެ އެކަކުވެސް ނުވާކަމީ ކުޑަވެސް ޝައްކެއް އޮތްކަމެއްނޫން.

    4
    1
  3. އަޒް

    ރައީސްޔާމީނެ ނުކިޔާ ރައިތުން ނައްކަމެއްކޮއްދެވޭތޯބަލާބަލަ.. އޭރުން އޮންނާނި ހުރިހާކަމެއްވެފަ

  4. މަނީމަނީ

    ތިހެން ވަރުދައްކާފަ އުޅުނު ނިމިދިޔަ ރިޔާސީ އިންތިޚާބުގަވެސް ކޮންމެ ގޮތަކައް ނިމުނަސް ވެރިކަމު ހުންނަނީ ރައީސް ޔާމީނޭކިޔައިގެން ﷲ އިރާދަކުރައްވާ މީހަކައް ވެރިކަންލިބޭނީ

  5. ޏާސިރު

    ހޭ ކަލޯ ކަހަލަ ބޮޑު ވަގެއް ވެރިކަމަށް ގެންނަން ކިހާ ކަލޯ ބޭނުން ވާނެ ތޯ