ބިޔަރު ދަޅެއްގެ މައްސަލައިގައި ޒުވާނަކަށް ވަޒީފާއެއް ނުލިބިގެން އުޅޭތާ ހަތަރު އަހަރު ވެއްޖެކަމަށާއި މިވާހަކަ ދެއްކުމުން ބިޔަރު ދަޅެއް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) އަށް މައްސަލައަކަށް ނުވަނީކަމަށް ސުރުހީތަކުގައި ލިޔާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ފިއްޓެ މިހެން ވިދާޅުވީ އިއްޔެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުގެ ދާއިރާއިން އަޅުގަނޑާއި ދިމާވި ކުއްޖެއް އެބައުޅޭ މިހާރުވެސް ހަމަ އެންމެ ބިޔަރު ދަޅެއްގެ މައްސަލައިގައި. މިހެން ދެންނެވީމަ މާދަމާ ސުރުހީގައި އިންނާނީ ބިޔަރު ދަޅު އަޅުގަނޑަށް މައްސަލަައަކަށް ނުވި ވާހަކަ. އެއެއް ނޫން އަޅުގަނޑު މިދަންނަވަނީކީ. އެންމެ ބިޔަރު ދަޅެއްގެ މައްސަލައިގައި ހަތަރު އަހަރު އެކުއްޖާ އެއުޅެނީ އެންމެ ވަޒީފާއެއް ނުލިބި." ފިއްޓެ ވިދާޅުވިއެވެ.

ފިއްޓެ ވިދާޅުވީ ބިޔަރު ދަޅުގެ މައްސަލަ ޖެހުނު ކުއްޖާއަށް ކޯޓުން ހުކުމެއް އައިސްފި ކަމަށާއި އޭނާ ޖަލަށް ލުމުން ހުކުމް ތަންފީޒު ވެސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ވަޒީފާއެއް ނުލިބި ހަތަރު އަހަރު ވެއްޖެ ކަމަށާއި ވަޒީފާއެއް ނުލިބޭތީ މީހަކާއި ވެސް ނީނދެވިފައި ހުރި ކަމަށް ފިއްޓެ ވިދާޅުވިއެވެ.

ފިއްޓެ ވިދާޅުވީ "މިކަހަލަ ކުދިކުދި ކަންތައްތައް" ނައްތާލައިގެން އަމަލީ ގޮތުން ކަންކަން ކުރެވިދާނެ ކަމަށެވެ.

ސަރުކާރުގެ އޮފީސްތަކުންނާއި އަދި އަމިއްލަ ގިނަ ކުންފުނިތަކުން ވެސް ވަޒީފާދެނީ ފާއިތުވި ފަސް އަހަރު ޖިނާއީ ކުށެއް ކޮށްފައި ނެތް މީހުންނަށެވެ. މިގޮތައް އުސޫލު އޮތުމުން ވަރަށް ކުދިކުދި ކުއްތައް ކޮށްފައި ތިބޭ މީހުންނަށް ވެސް ވަޒީފާއެއް ނުލިބި ގިނަ ދުވަސްތަކަކު އުޅެން ޖެހުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މައިކް

    ނަޝީދުވެސް ވަކަންކުރިޔޯ ވެލާނާގޭއިން

    11
    • ގޮނޑު

      ނަސީދު ވައްކަންކުރީ އެންމެން ބަލަން ތިއްބާ. ކުނިގޮނޑުން އެއްޗެއް ނެގުމަކީވެސް ވައްކަމެއް

  2. ރަނާ

    ދީނުގަ ހުކުމް ކަނޑައެޅިފަ އޮތްްް ކަމަކަށް ތިޔަބުންަނީ މިކަހަލަ ކުދި ކުދި ކަންތަކޭ. ދެންޒިނޭ ކޮށްފަ ހުރި މީހެއްގެ ދިފާޢުގަ ބުނާނެ ތޯއްޗެ ޒުވާން ކަމުގެ ޖޯޝުގައި ކުރެވުނު އެފަދަ ކަމަކާ ހެދިޔޭ ވަޒީފާ ނުލިބުނީ

    15
  3. Anonymous

    ތިތާ ގިނައީ ބިޔަރު ދަޅު

    11
  4. ޕާޓޭ

    މި ސަރުކާރު އޮތީ ރަލާ ރޭޕަށް ފައްސިވެފަ

    13
  5. ގެރި

    ރީނދޫ ކޮމިއުނިސްޓް ކަރުހިމަފުޅި ޕާޓީ އިސްތިއުފާ

    12
  6. ކަރުހިމަފުޅި

    މިބޭފުޅުން ހާދަ ކަރުހިމަފުޅިއާއި ދޯޅުހެންހީވޭ.. ލަދެއް ހަޔާތެއް ނުހުންނާނެ މިއުޅޭ އެމްޑީޕީ އެއްޗެހިން

    11
  7. ބަކަރި

    މިކަހަލަ މީހުން ގައުމު ހަލާކު ކުރަނީ

    11
  8. ކޮމިއުނިސްޓް ގެރިމަސް ފެކްޓަރީ

    ރާބޯމީހުން ޖެހޭނީ އެކަހެރި ކޮށްލަން. އެއީ ގައުމުގެ ހަލާކު

    12
  9. ޒީރޯ ޓޮލަރެންސް

    ތިކިޔާ މޮޅު ޒުވާނާ ޔަގީން އެއީ އާއިލާ މީހެއް ނޫނީ ގާތް މީހެއްކަން. އެހެންނޫނީ ނޫޅޭނެ އެވަރަކުން

  10. އެޖެންޑާ ކްރެބް

    މި ސަރުކާރު އޮތީ ބިޔަރާ ރޭޕަށް ބޮޑުތަނުން ފައްސިވެފަ

    12
  11. ކޮމިއުނިސްޓް ދާދާ

    އެމްޑީޕީއަކީ ކުށްވެރިން ހިމާޔަތްކުރާ ޕާޓީ

    11
  12. އިރުޝާދު

    ބިޔަރު ދަޅެއް ދުވަހަކު ލޮލުން ނެފެންނަކުދިންވެސް ވަޒީފާ ނުލިބިގެން މިއުޅެނީ.

    15
  13. ޙައު

    ކަންކަން ރަގަޅުނުވަނީ ރައްޔިތުން އަމިއްލަ އެދުން ބޮޑުކަމުން ކުފޫހަމަނުވާ މެންބަރުން މަޖިލިސްއަށް ވަށްދާތީ.

    11
  14. ޢާދަނުބެ

    ފިއްޓޭ އަކީ ހަގީގަތުގަ ރަނގަޅުމީހެތް އެކަމަކު އަހިވަކަކާޖެހި އަހިވަކެތް ފާވަނޭ މީހުން ބުނެޔޭނުން އެހެން އެވަނީ

    4
    2