ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގައި ރަޖިސްޓްރީ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ވަގުތު"އާ ވާހަކަދައްކަވަމުން ފިއްޓެ ވިދާޅުވީ، އޭނާ ރޭ ޗެކްކުރިއިރު، އެމްއެންޕީގައި ރެޖިސްޓަރަ ވެފައި އިން ކަމަށް ދައްކާ ކަމަށެވެ.

ފިއްޓެ ވިދާޅުވިގޮތުގައި، އޭނާގެ ނަން އެމްއެންޕީއަށް ރެޖިސްޓަރ ކުރުމަށް ހުށަހެޅީ، އައިޑީ ކާޑާއި، ފިންގާ ޕްރިންޓްވެސް ޖަހައިގެންނެވެ. މިއީ އޭނާއަށް އެނގިގެން ހިނގާފައިވާ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މިހާރު މައްސަލަ ބަލަން އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެންބަރެކެވެ.

ފިއްޓޭ ވިދާޅުވީ، އޭނާ ޕާޓީ ބަދަލު ނުކުރާ ކަމަށާއި، އޭނާ ޕާޓީ ބަދަލު ނުވެސް ކުރާނެ ކަަމަށެވެ.

މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދައި އަދި އެއް ޕާޓީއިން އަނެއް ޕާޓީއަށް މީހުން ބަދަލުކުރަމުންދާ މައްސަލަ ވަނީ ހޫނުވެފައެވެ. އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅިއެވެ. އެކަމަކު މައްސަލަ ވަނީ ބޭރުކޮށްފައެވެ.

އެކަމާއި ގުޅޭގޮތުން އީސީން ބުނަނީ ސިޔާސީ ޕާޓީތަކަށް މީހުން ނޭނގި ވަންނާތީ އެކަން ހުއްޓުވަން އެ ކޮމިޝަނުން މިހާރު މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކޮބާ ޕީ ޕީ އެމް ގެ ފަރާތުން ސަކުވާކުރީމަ ޖޯކުޖެހި މީހުން ތިއީ

  2. ީއިއްބެ

    ސްޓެލްލޯ ޗެއަރމަން ގޮނޑީގެ ބަދަލުގަ ޕާޓީތަކަށް ޝަރީފް ދިން ހަދިޔާ

  3. ހާނިމް

    އިލެކްޝަން ކޮމިޝަނުން ވެއްޖެ އެއްނުން ޕާރޓީތަކުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެސްއެމްއެސް އެއް ފޮނުވަން ރަޖިސްޓްރީ ވެފައިވާ ޕާރޓީ އެންގުމުގެ ގޮތުން.

  4. ސޫއޫދު

    ރާކަނިމަސްކެވިފަހުއްނާނީމިހާރު ޕާޓީބަދަލުކުރާމައްސަލަ ބަލަން ވެއްދީމަބޭރުކޮއްލީވެސްތިގުރޫޕް ވަގުންބޭނުން ނުވާނެ ވަގުންގެ ދޮރުބަންދުވާކައް ބުނެއުޅޭ ދިވެހިރާއްޖޭގެ އިއްޒައްތެރި މެންބަރައްތިކުރެވުނީ އިއްޒައްތެރި ތަޖުރިބާއެއް ބަޔަކުހީހީ ހަލާކުވެދާނެ މިއަޑުއަހާ

  5. ޑައެލޯގް

    ތިޔަ ފިސްތޯލްޕާޓީއަށް މަށަށްއެގިގެންވެސް މިހާރު އެތައްބަޔެއްވަގަށް ވައްދައިފިއެވެ. އެޕާޓީ އުފެދުންވެސްގޯހެވެ. އެހެނީ ފުރަތަމަ ނާޒިމްއާއި އަބްދުﷲ ރިޔާޒަކީ ގާސިމްގެ އެހީގައި މަޖިލިހަށްހޮވުމުން ގާސިމަށް ގައްދާރުވެ އެޕާޓީންވަކިވެ އިބޫއަތުން ފައިސާނަގަންވެގެން އުފެއްދިޕާޓީއެކެވެ. ދެންއިބޫ ނާޒިމަށް އެއްވެސް ބިޑަކާނުލައި ބައިވަރު ޕްރޮޖެކްތަށްދީގެން ގައުމުކައިހުސްކުރަނީއެވެ. އެކަމު އެމްޑީޕީން ކުރިންބުނެފައިވަނީ ބާގިއެކޯ ރިޔާޒާއި ނާޒިމަކީ ދެންބަންދުކުރަންވީނޫންހެއްޔެވެ.

  6. ހާމިދު ޝާޙިދު

    ނާޒިމު ސޯ މިހާއަވަހަށް ވަގަށް މެމްބަރުން ތައްވެސް އެޕާޓީއަށް ވައްދަނީ، ނުފޫޒާއި، ފައިސާ ބޭނުންކޮށްގެން.

  7. ޒެލެންސީ

    ނާޒިމް އަކީ މިކަން ދަންނަ މީހެއް. އިބްރާހިމްބެ ގެ ލަފާގެ މަތިން ނޫނީ ނާޒިމްބޭ ވެސް ކަންތައް ނުކުރާނެ. 2023 ލިބެން އޮތީ އިބްރާހިމްބެ ބުނާގޮތަށް ނާޒިމްބޭވެސް ހަދައިގެން.

  8. ގަލަން ތުނޑު

    ތިޔަ އިލެކްސަނަށް ނޭގި އެހެން އިލެކްސަން ކޮމިޝަނެއް ހިންގަނީ ނޫންތޯ މިހާރު މިރާއްޖޭގަ..މިވަރުވެގެން ދާއިރު ކޮބައިތޯ އިލެކްސަންގެ ވެރިންގެ ލަދިހަޔާތް