ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) އޭނާގެ އިސްކޮޅަށް ވުރެ ބޮޑު ކަންނެއްްޔެ ބާނައި، އެކަން މީސް މީޑިއާގެ ސަމާލު ކަމަަށް ގެނައެވެ. އޭނާއަކީ އިސްކޮޅުން ކުރު މީހެއް ނޫނެވެ. އޭނާގެ އިސްކޮޅުގައި ފަސް ފޫޓު ފަސް އިންޗި ހުރެެއެވެ. އޭނާ ބޭނި މަސް، އޭނާގެ އިސްކޮޅަށްވުރެ ހަތް އިންޗި ދިގެވެ.

ފިއްޓޭ "ވަގުތު"އަށް މައުލޫމާތު ދެމުން ވިދާޅުވީ، އޭނާއަކީ އާއްމުކޮށް މަހަށް ވަޑައިގަންނަވާ ފަރާތެއް ކަމަށެވެ. އެގޮތުން މިއަދު ފަތިސް ނަމާދުކޮށްގެން އޭނާ މަސްބާނަން ވަޑައިގަންނަވާފައިވާ ކަަމަށް ވިދާޅުވިއެވެ. އަދި ވަޑައިގަންނަވަނީ އާއްމުކޮށްވެސް މަހަށް ދާ ގްރޫޕާއި އެކުގައިކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު އާއްމުކޮށް މަހުގައި މި އުޅެނީ ވީކެންޑަކާއި ޖެހިއްޖެނަމަ. މިއަދު މާބޮޑު އެއްޗެއް ގަތީމަ އެކަން މި ހިއްސާކޮށްލީ. މިއަދު ފަތިސްނަމާދުކޮށްލައިގެން އެކޮޅަށް ދިޔައީ ހައެއް ޖެހިއިރު، އަތުވެއްޖެއިން ހަތެއް ޖެހިއިރު". ފިއްޓޭ ވިދާޅުވިއެވެ.

ފިއްޓޭ ވިދާޅުވިގޮތުގައި، އެ މަސް ބޭނުމަށްވުރެ އުނދަގުލީ އެ މަސް ކެނޑުމެވެ. އަދި އެންމެ އުނދަގުލީ މަހުގެ ބޯ ގެންދާނެ ގޮތަކާއި މެދުގައި ކަމަށާއި، ބޯވެސް ކައްކައިގެން ބަޔަކު ކައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދޯނީގައި އެ މަސް ކަނޑާ ހުރިހާ ސަކަރާތެއް ޖެހީ، އޭގައިވެސް އުޅޭތާ ފުދޭވަރަަކަށް މީހުން ގްރޫޕް، ގްރޫޕް މަހަށް ގޮސް". ފިއްޓޭ ވިދާޅުވިއެވެ.

ފިއްޓޭ ވަނީ އެ މަސް ކަނޑައިގެން ކައްކައިގެން ކައިފައެވެ. "އަޅުގަނޑު ހަމަ އެ ހުރިގޮތަށް ސްޓީމްކޮށްގެން ކާލީ". ފިއްޓޭ ވިދާޅުވިއެވެ.

އަދި މަސް ބޮޑުކަމުން ހުރިގޮތަށް ގެއަށް ނުގެންދެވޭތީ ހޮޓަލަކަށް މަސް ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އާއްމުކޮށް މަހަށް ގޮސް އުޅޭ، މަހަަށް ދިއުމަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ، ފިއްޓޭ މިއަދު މި ބޭނި މަހަކީ މީގެ ކުރިން ނުބާނާ ވަރުގެ ބޮޑު މަހެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ށައިނީ

    ތިސޮރު ކުޑައީނު

    40
  2. މާމީ

    ތީނަ ރަނގަޅުވާނީ މަހައްދާން މަޖިލިސްމެމްނަރަކައް ކަމުދާ މީހެއްނޫން ތީއެއައްވުރެ އަޚްލާގު ދައްމީހެއް.

    28
    2
    • އެ

      އަޙުލާގު ދަށް މީހުންނެއްނޫން މަހަށް ދާންޖެހެނީކީ

      1
      1
  3. އަޙްމަދް

    ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) އޭނާގެ އިސްކޮޅަށް ވުރެ ބޮޑު ކަންނެއްްޔެ ބާނައި، އެކަން މީސް މީޑިއާގެ ސަމާލު ކަމަަށް ގެނައެވެ.
    ————————————————-
    މިހެންވީމަ މަޖްލިސް ދުކުރަށްވާ ކައްނެލި އޮޑިއަކުން ޖާގައެއް ހޯއްދަވައި ކައްނެއްޔަކަށް ނުންތޯދާވީ!

    31
  4. އަންނި

    ފިއްޓެގެ އިސްކޮޅު ހުރީ ތިޔަބުނާ ވަރުގަތޯ އަޅުގަނޑު ޗެކުކޮއްލާނަން ފެއިލް ވެއްޖިއްޔާ މެންބަރުކަމުންވެސް ވަކިކުރާނަން.

    26
  5. ފައްކާ

    ބޮޑެތިމަސްބާނާ ސޮރެކޭތީ...!

    19
  6. އަންހެނުން

    އަބަދުވެސް ފިއްޓޭ ބާނާމަސް ވ.ކުޑަ އެކަމަކު މިފަހަރު މާ ބޮޑު......!

    18
    1
  7. އަތޮޅޭ

    މަސް ދަތުރު ދިއުން، ޕާޓީތައް ބޭއްވުން މަނާ ކޮށްފައިވާ އިރު، މަޖިލިސް މެމްބަރުން މިފަދަ ކަންކަމުގައި މަސްޣޫލުވާތީ ހައިރާންވޭ. ނަމޫނާ ދައްކަން ތިބި މީހުން މިއީ. އަނެއްކާ މިފަދަ ޕްރޮމޯޝަން ޚަބަރު ގެނެސްދިނުމަކީ ވެސް ގޯހެއް

    32
    2
  8. ބޮލި މުލައް

    ބަލަ ތިޔަ ފިއްޓޭއަކީ ބައި ބަސްތާއެއްނު

    16
  9. ފިއްޓޭ

    ފިއްޓޭ ކުރީ މިނަށް ވުރެ ތިޔާ

  10. ޢައިދަރޫސް

    "ފިއްޓޭ ވަނީ އެ މަސް ކަނޑައިގެން ކައްކައިގެން ކައިފައެވެ."
    "އަދި މަސް ބޮޑުކަމުން ހުރިގޮތަށް ގެއަށް ނުގެންދެވޭތީ ހޮޓަލަކަށް މަސް ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ."
    މިކިޔަނީ އަޅެ ކީކޭތަ!!! ޢައިދަރޫސް.

  11. މީން

    އަސްލު މަޖިލީސް ދޫކޮށް މަހަށްދާންވީ. މަޖުލިސްގެ މާ އޮށްޓަރު ހުރި ކަމެއްނުވި