ރައީސް އޮފީހުގެ ޗީފް އެކްޒެކެޓިވް ޓު ވައިސް ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި ނަޒްރާ ނަސީމާއި، އެންޓި ޓެރަރިޒަމް ކޮންސަލްޓަންޓްގެ މަގާމުގައި ހުންނެވި އައިޝަތު ނޫޝީން ވަހީދަށް މަޤާމުގެ ކުރިއެރުންދީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަޤާމު ދީފިއެވެ.

ނައިބު ރައީސްގެ އޮފީހުގެ ޗީފް އެކްޒެކެޓިވްކަން ކުރައްވާ، ނައިބު ރައީސްގެ ކޮއްކޯފުޅު ނަޒްރާ ނަސީމްގެ މަގާމަކީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެއްގެ ގޮތުގައި ވަނީ ކަނޑައެޅީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ކޮންސަލްޓަންޓެއްގެ ގޮތުގައި ހުންނެވި ނޫޝީންއަށް ރައީސް އޮފީހުން ދީފައިވަނީ އަ މަގާމެއް ދީފައެވެ. އާ މަގާމަކީ އެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާސް އޮފީހުގެ ސެކްރެޓަރީއެވެ. މިއީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

ނަޒްރާއާއި ނޫޝީންގެ މަޤާމުގެ ކުރިއެރުން ދިނުމުން، އެ ބޭފުޅުންނަށް މުސާރައަށް 32،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއެކު މަހަކު ޖުމްލަ 47،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

ރައީސް އޮފީހުގައި ސިޔާސީ މަޤާމުތައް ގިނަކޮށް، އަދި މިނިސްޓްރީތަކުގައި ވެސް ސިޔާސީ މަޤާމުތައް ގިނަ ކޮށްފައި އޮތުމުން މި ސަރުކާރަށް ވެސް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. މި ގޮތުން ތައުލީމީ ފެންވަރު ދަށްވިޔަސް، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ސިޔާސީ އެކްޓިވިސްޓުންނަށް ސިޔާސީ މަޤާމުތަކުގެ ވަޒީފާ ދެމުންދާތީ އާންމުންގެ ފާޑުކިއުން އިންތިހާއަށް އަމާޒުވެފައި އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ބަބުޅާ

  ތާކުންތާކު ނުޖެހޭ ދެކަނބަލުންނަށް ސުޓޭޓުމިނިސްޓަރުގެ ފެންވަރުގެ މަގާމުދިނީ ސޯލިހުގެ ހިތުގާ ކޮންއެއްޗެއްއޮވެގެންތޯ ސުވާލުކޮށްލިން ކެރެންޏާ ޖަވާބުދެއްވަބަލަ .

 2. ނަޝޭމަން

  ގައުމު ފެންފޮދަކާ ނުލާ ދަވާލައިފި

  13
  • ހޭބަލި

   ޔާގުންޑާ ދިރުވާލީ ފެނާއި ލައިގެން....

   2
   10
   • ތޯރިގު

    ތި ވިސްނުމުގަ މަވެސް ދިރުވާލާފަ ބުނަންވީ ދޯ ޔާގުންޑާއޭ

 3. ޖާބެ

  ޢާއިލީ ވެރިކަމެއް ޤާއިމްކޮށްނިމިއްޖެ ، މިމީހުން ރައީސް މަޢުމޫންއަށް ބެވީ މިހަރުކޮންތާކު މިޖެހުނީ

  17
 4. ަައިބްރާހީމް

  ދިވެހި އިގްތިސާދު ދުވަހުން ދުވަހަށް ދަށަށް ދަނީ ރައްޔިތުން ބަޑަށް، ވެރިންނަށް ލިބޭ މުސާރަ ދުވަހުން ދުވަހަށް އިތުރުވަމުންދަނީ...

  15
 5. އ . ޖ . އ

  މަރުހަބާ

  2
  5
 6. ައަހާ

  ރައްޔިތުންގެ ފައިސާއަކީ ވެރިމިޙާ ބަހަން ދީފައިވާ ފައިސާތޯ. މިއީ ކިހާބޮޑު ބަލާވެރިކަމެއް. މިކަލޭގެ އަށް ދައުވާކުރަންޖެހޭ

  11
 7. ހޯރަ

  ކުލަޔަށްދޯ

 8. ޖުހާބެ

  ޢާއިލީ ވެރިކަން

 9. ޚޮމަސް

  ކޮއް ކޮއާއި މުނި ކާފައާއި ކާފަގެ ދަރީންނަށްވެސް މަތީ މަގާމާއި މިނިސްޓަރު ކަން ދީފަ ބަހައްޓާ... ކަލޭމެން ދިނީމަ އޯ ކޭވާނެ..

 10. ބލވރކނ

  ވަރަށް ތާހިރެއްނު
  ސާބަހޭކުދިންނޭ ގުޅިގެން ކާލަކާލަ ތިބޭ
  މިގައުމު މިއީ ދެތިން އާއިލާގެ މިލްކެއްގޮތުގަ ހީވާކަހަލަ
  ނިކަމެތި ރައްޔިތުންނަށް 10،000 ގިނަކަމުން މިނިމަމް ވޭޖް މަޑުޖެހި ހަކިޖެހި ވަޅުޖެހިފައި
  ދެމަފިރިންވެގެން 40ހަކަށް ސިވިލްސާވިސް މުއައްޒިފުންނަށް ޖެހޭވަރު އެއްމެ މަހަކުން އެބަ ބނޑއޅ އެބަ
  ދެން ނިކުމެ ކިޔާނެ މަސައްކަތްތެރިންނޭ ފަޅޮލޭ
  މިގައުމު ހިންގަން ދުވަހަކުވެސް އިޙްލާސްތެރި މީހަކު ނާންނާނެ

 11. އެމަންޖެ

  ތިވަރު ކުޑަ ދައުލަތް ދެކޮޅު ނުޖެހިގެން އުޅޭއިރުވެސް މަގާމުތައް މަތިކޮއް މުސާރަ އަތް ނުފޯރާފަށައް ބޮޑުކުރޭ. 6 މަސްވަނީ ކޮވިޑްގެ ކަންކަމުގަ އުޅޭ މީހުނައް އެއްޗެއްނުދޭތާ.

 12. 😣..

  މީ އެމްޑީއެން ނޫޝިން
  ޜައީސް އިސްތިއުފާ

  11
 13. މޯދީ

  ސާބަހޭ ދިވެހި ސަރުކާރު.ކުރިޔަށް ބާރަށް ކުރިޔަށް.

  3
  2
 14. ޛހ

  ބޮޑު ބަލާއެއް. އަހަރެމެންއަތުންޓޭކްސް ނަގައޮގެން މި މީހުން އެ ބަނޑުއަޅަނީ ކަމެއްކުރެވޭ ބައެއްނަމަވެސް ރަނގަޅު. ނާއިބްގެ ކޮއްކޮޔޯ. ކޮންކަމެއްކުރާނާއިބެއްތަ އެއީ. މީހަކު މަރުވީމަ މަރުވެއްޖެކަން އެނގެނީ. ޑުވޅރާލާކަމރަ

 15. ޙުަސްނީ

  ޅާރިނެތިގެން ލާރިޗާޕްކުރަނީ ..... އަދިވެސް ސިޔަސީ މަޤާމުތައް މެކުހަށް....😅😅😅😅

 16. މިހާ

  ލަދު ކޮބާ. އާންމުން ބަނޑައް