ހއ. ދިއްދޫ އަދި މޮޅަދޫއިން ކޮވިޑް-19 ޖެހުނު ބަޔަކު ހާލު ދެރަވެގެން އިތުރު ފަރުވާ ދިނުމަށް ށ. އަތޮޅު ފެސިލިޓީގައި އެނދުމަތި ކޮށްފިއެވެ.

ކޮވިޑް ފެސިލިޓީގައި އެނދުމަތި ކޮށްފައިވަނީ ތިން ބަލި މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ދިއްދޫ އަށް ނިސްބަތްވާ 2 މީހަކާއި މޮޅަދޫ އަށް ނިސްބަތްވާ މީހެކެވެ. އެ ތިން މީހުން އެ އަތޮޅު ކޮވިޑް ފެސިލީޓިގައި އެނދުމަތި ކޮށްފައިވާކަން ށ. އަތޮޅު ހޮސްޕިޓަލުން ވަނީ ކަށަވަރު ކޮށްދީފައެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ދިއްދޫއިން ބަޔަކު ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެއީ އިއްޔެ މި ބައްޔަށް ފައްސިވެފައިވާ މީހުންނެވެ.

ހއ. އަތޮޅުން ކޮވިޑަށް ފައްސިވި މީހުން ށ. އަތޮޅަށް ބަދަލު ކޮށްފައިވަނީ ހއ. އިހަވަންދޫގައި ސަރުކާރުން ގާއިމު ކުރި ކޮވިޑް ފެސިލިޓީގައި ޑޮކްޓަރުންނާއި ނަރުހުން ނެތުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނައިރު، ގިނަ ވޭދަނަތަކެއް އަތޮޅު ތަކުގެ ރަށްތަކުން އަންނަނީ ފެންނަމުންނެވެ. އެގޮތުން މިހާރު ވެސް 4 ރަށެއްގައި ކޮވިޑްގެ ވޭދަނަތައް އުޅެނީ 100 އިން މަތީގައެވެ.

ރާއްޖެއިން މި ބައްޔަށް 30،745 ފައްސިވެފައިވާއިރު، އޭގެތެރެއިން 25،068 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. އދި މިވަގުތު 5،945 މީހަކަށް މިބައްޔަށް ފަރުވާ ދެމުން އަންނައިރު، 172 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

މި ބަލީގައި ރާއްޖެއިން 74 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ރަށު މީހާ

  އިހަވަންދޫޫ ސިއްހީ މަރުކަޒު ގައި 17 ނަރުހުން ތިބޭ. 2 ޑޮކްޓަރުންނާ. މިވަރު މަދީތޯ . އަތޮޅު ހޮސްޕިޓަލްގައި ވެސް ތިބެނީ އެންމެ 28 ނަރުހުން. ދެރައީ މިވަރު ތަނެއްގަ ފެސިލިޓީ ހެދި ކަން.

  4
  1
 2. ކާފަ

  ވަރިހަމަތާ. ދިއްދޫ ، ޓިންޓިން އެ ދުވަނީ ބޮވިގެން އުޅޭހެން

 3. މުއްލާ

  ރައީސް ނަސީދު މިބަލި މުޅިރާއްޖެއަށް ފެތުރޭނެވާހަކަ ބުނުމުން ހީވީ މީހުންގަންޑު ކެކިގަތްއިރު އެހެންކަމެއްހެން މިހާރު ކީކޭބާ އެމީހުންބުނާނީ މިއޮތީފެތުރިފަ މުޅިރާއްޖެއަށް

  • ކަމަނަ

   މީ ނަޝީދުމެން ގަސްތުގަ ކުރާކަމެއް.މީއެމީހުން ބޭނުންވާ ގޮތް.