ކޮވިޑް-19 އަށް ޓެސްޓް ކުރުމަށްޓަކައި މާލޭގައި ވަކިތަރުތީބެއް ނެތި މިހާރު ސުންކު (ސާމްޕަލް) ނަގަމުންނުދާ ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ. އެހެންކަމުން މިހާރު މާލޭ މަގުމަތީގައި ސުންކު ނެގުމުގެ ކަންކަން ކުރިއަކަށް ނުގެންދާނެއެވެ.
ރޭ އޮތް އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް ވިދާޅުވީ މިހާރު ކޮވިޑަށް މީހުން ޓެސްޓް ކުރަނީ ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރަން ފްލޫ ކްލިނިކްތަކަށް ދިއުމުން ކަމަށެވެ.
ކޮވިޑް ފެތުރިފައި އޮތް މިންވަރު ދެނެގަތުމަށް ވަކިތަރުތީބެއް ނެތި ސުންކު ނެގުމަކީ އެންމެ މުހިއްމު ކަންތައް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަތޮޅުތެރޭގެ ރަށްތަކުގައި މިހާރު ވެސް ވަކިތަރުތީބެއް ނެތި އަންނަނީ ސުންކު ނަގަމުންނެވެ.
މާލޭގައި ވަކި ތަރުތީބެއްނެތި ސުންކު ނެގުން ހުއްޓާލިނަމަވެސް މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. އިއްޔެ ވެސް މާލެ އިން ވަނީ ރެކޯޑް އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވެފައެވެ. އިއްޔެ 585 މީހުން ކޮވިޑަށް ފައްސިވިއިރު އޭގެތެރެއިން 397 މީހުން ކޮވިޑަށް ފައްސިވީ މާލެ އިންނެވެ.
ފަހަކަށް އައިސް ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ. އިއްޔެ އަކީ އޭޕްރީލް މަހުގެ 06 ވަނަ ދުވަހަށް ފަހު އެންމެ ގިނަ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ. އިއްޔެ ވަނީ 4255 މީހުން ކޮވިޑަށް ޓެސްޓް ކޮށްފައެވެ.
ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ އަދަދު މަދުކޮށްފައި ވީނަމަވެސް ކޮވިޑް ޓެސްޓް ކުރުމަށް ބޭނުންވާ ޓެސްޓިން ކިޓް ލިބުމުގައި ދަތިކަމެއް ނެތްކަމަށް މަބްރޫކް ރޭ ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ މިހާރު ވެސް 20000 ޓެސްޓް ކިޓް ރާއްޖޭގައި އެބަހުރި ކަމަށާއި އަދި އިތުރު 80000 ޓެސްޓް ކިޓަށް ރާއްޖެ އިން އޯޑަރު ކޮށްފައިވާ ކަމަށެވެ.
ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން މިރެއިން ފެށިގެން ބައެއް ފިޔަވަޅުތައް އަޅަން ވަނީ ނިންމާފައެވެ.
ރެންޑޮމް ސުން ކު ނެގި އިރު ޕޮސިޓިވް ކޭސްތައް މަދު. މިހާރު ރެންޑޮމް ސުން ކު ނުނަގާ އިރު ޕޮސިޓިވް ކޭސްތައް މާ ގިނަ.. ކޮންތާ ކުން ނަގާ ސުން ކު ތަ ކެއް ތޯ މިވަރަށް މި ޕޮސިޓިވް ވަނީ؟
އަދަދު ވަރަށް ބޮޑު ތަނުން ދަށަށް ދާނެ ކުރިޔަށް އޮތް ހަފުތާގަ ގެސްޓުން ބޯކޮށް އަންނަން ފަށާނެތާ ދޯ؟
20000 އެއީ ގާތްގަނޑަކަށް ހަތަރުދުވަހަށް ވާވަރަށް ޓެސްޓްކިޓް
އެހެންވީމާ ހުސްވީނުން
އަހަރެމެންގެ ގައުމަށް މިހާލަތު ޖެހުނީ ނުބައި ނުލަފާ ބޮޑުވަޒީރުކަން ނުލިބިގެން އުޅޭ މީހެއްގެ ސުންޕާ ކަމުން ކަމަށްވެސް ވެދާނެ..
ހުވާކުރަން އެނގޭ ތި ފުލޫ ކުލިނިކްތަކުން ދުވާލަކު 3 ނުވަތަ 4 ކީއްކުރަން ދެހާސް މީހުން ވެސް ޓެސްޓެއް ނަހަދާނެ .. ދޮގު ފިގާ ތަކެއް ދައްކައިގެން ގަވްމު ފުޑާލަނީ ކަމަށް ތާ އަބަދު ޝައްކުކުރަމުން ރައްޔިތުން ދަނީ.. ސަރުކާރުން އެބަޖެހޭ މިވަރަށް ޓެސްޓްހަދާކަން ޔަގީން ކޮށްދޭން.
ކޮވިޑް ފެތުރިފައި އޮތް މިންވަރު ދެނެގަތުމަށް ވަކިތަރުތީބެއް ނެތި ސުންކު ނެގުމަކީ އެންމެ މުހިއްމު ކަންތައް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަތޮޅުތެރޭގެ ރަށްތަކުގައި މިހާރު ވެސް ވަކިތަރުތީބެއް ނެތި އަންނަނީ ސުންކު ނަގަމުންނެވެ.
——————————————-
ކޮއްމެފަދަ ކަނޑުކޮސް ވާހަކައެއް ވެސް ޑަބްލިއުއެޗްއޯ އިން ބުނެފިއްޔާ އެނިމުނީތޯއެވެ.
ސަރުކާރު އިސްތިއުފާ!