ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ އެ މަޝްރޫއުގެ 84 އިންސައްތަ މަސައްކަތް ނިމިފައިވާ އިރު، ރިވެޓްމަންޓް ޖެހުމަށް ބޭނުންވާ ބޮޑު ހިލަތައް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އާ ހާަރު ބޭސިން ޕޭވްމަންޓްގެ މަސައްކަތްތަކެވެ.

މި މަޝްރޫއުގެ ދަށުން 18،500 ކިއުބިކް މީޓަރުގެ އާ ހާބަރު ބޭސިން ފުން ކުރުމާއި 25،000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަހައްދު ފުން ކުރުމާއި 214 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 130 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 282 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ. އަދި މަގުބައްތި އާއި ނެރު ބައްތި ހަރު ކުރުން ހިމެނެއެވެ.

މީގެއިތުރުން 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެއެވެ.

ހައުސިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 45.1 މިލިއަން ރުފިޔާ އަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޭބެ

    ރައީސްޔާމީނުގެ ކަމެއްތީ ތިކަމަށްމާކުރިން ހަރަދުކޮށް ބަޖެޓުނިމިފައިވަނީ ސޯލިހުއަށް ރިބަންކެނޑުން ގަދަ.