ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނިންމަވާފައިވާ ބައެއް ނިންމެވުންތަކަކީ އެނިންމެވުންތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާނެ ނިންމެވުންތަކެއްކަން އެނގިހުރެ ނިންމާފައިވާ ނިންމެވުންތަކެއް ކަމަށާއި، އެއީ މައިމޫނާއަށް ޖިނާއީ އަދަބު ލިބެން ޖެހޭނެ ކުށެއް ކަމަށް ބައެއް ވަކީލުން ވިދާޅުވެއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވި ބައެއް ވަކީލުން ވިދާޅުވި ގޮތުގައި ކޮވިޑް ފެތުރެނީ ކިހިނެއްކަން އެނގިހުރެ، މައުމޫނާ ދެއްވި ހާއްސަ ހުއްދަ އާއި، އަދި ކައުންސިލް އިންތިހާބާއި ދިމާކޮށް ކަރަންޓީންނުވެ، ރަށްތަކަށް ދެވޭގޮތައް ހުޅުވާލި ހުޅުވާލުމަކީ އެނިންމެވުންތަކުގެ ސަބަބުން ކޮވިޑް އިތުރަށް ފެތުރިގެން ދާނެ ކަމެއްކަން މައިމޫނާއަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. އެހެންކަމުން އެއީ އިހުމާލުވުމާއި، މަގާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ގަސްދުގައި މީހަކަށް ނުވަތަ ބަޔަކަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ މައިމޫނާގެ މައްޗަށް ކުރެވޭނެ ސަބަބެއް ކަމަށް ވަކީލުން ވިދާޅުވެއެވެ.
"އަޅުގަނޑު ރަށުގައި ހުއްޓާ މައިމޫނާ ދެއްވި ހާއްސަ ހުއްދައިގެ ދަށުން ބަޔަކު ރަށަށް ގޮސް، ނުވަތަ ކަރަންޓީން ވުމެއް ނެތި ވޯޓް ލާން ގޮސް ރަށަށް ކޮވިޑް ފަތުރާލުމުން އަޅުގަނޑާއި އަދި ރަށުގެ އިތުރު އެތައް ބަޔަކަށް ވެސް ކޮވިޑް ޖެހިދާނެ. އެއީ މައިމޫނާ ގަސްދުގައި އެނގިހުރެ ނިންމި ނިންމުމެއްގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅުން. މިކަމުން އޭނާއަށް ސަލާމަތް ވެވޭވަރަށްވުރެ މިއީ މާސާފު މައްސަލައެއް." ވަކީލަކު ވިދާޅުވިއެވެ.
އިތުރު ވަކީލަކު ވިދާޅުވީ ވަޒީފާގެ ހައިސިއްުޔަތުން އެއްވެސް މީހަކަށް ލިބިފައިވާ ބާރާއި އިހްތިޔާރެއް ނަހަމަ ގޮތުގައި ބޭނުން ކުރުމުން އެހެން މީހަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ޒިންމާ އެނިންމުމެއް ނިންމި މުވައްޒަފަކު އުފުލަން ޖެހޭނެ ކަމަށެވެ. "އެއީ ރާއްޖޭގައި ވެސް އަމަލު ކުރަމުން އަންނަ ގާނޫނީ ހަމަ. ވަޒީފާއެއްގައި ހުރުމަކީ އޭނާ ނިންމީ ނިންމުމެއްގެ ސަބަބުން ނިކުންނަ ނަތީޖާ އިން އެމީހަކަށް ބަރީއަ ވެވޭނެ ސަބަބެއް ނޫން." އިތުރު ވަކީލަކު ވިދާޅުވިއެވެ.
ވަކީލަކު ވިދާޅުވީ މައިމޫނާ މިހާތަނަށް ނިންމެވި ބައެއް ނިންމެވުންތަކުގެ ސަބަބުން ޤާނޫނުލް އުޣޫބާތުގެ 512 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެންނުވާ އަމަލުގެ ކުށާއި، 533 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށަށް ވެސް މައިމޫނާގެ އަމަލުތައް ފެތޭ ކަމަށެވެ. މީގެ އިތުރުން ޤާނޫނުލް އުޣޫބާތުގެ 112 ވަނަ މާއްދާގައި ބުނެފައި އޮންނަ މީހަކުކުރާ އިހުމާލުގެ ޢަމަލަކުން، އެހެން މީހަކު މަރުވެއްޖެނަމަ، އެ ޢަމަލު ކުރި މީހާ އެކުރަނީ ކުށެއް ކަމަށް ބަޔާންކުރާ މާއްދާ އަށް ވެސް މައިމޫނާގެ އަމަލުތައް ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވަކީލަކު ވިދާޅުވިއެވެ.
"ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމަކީ ވަރަށް ސާފުގައި ޤާނޫނުއުޣޫބާތުގައި ބަޔާންކޮށްފައި އޮތް ކުށެއް. އެހެންކަމުން މައިމޫނާއަށް އުސޫލެއް ނެރެލައިގެން އެތައް ރައްޔިތުންގެ ފުރާނަ ނުރައްކަލަކަށް ހުށައެއް ނޭޅޭނެ." ވަކީލަކު ވިދާޅުވިއެވެ.
މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު އަތޮޅުތެރެއިން ފައްސިވާ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރާއްޖެ އިން ކޮވިޑް ފެނުނުތާ އަހަރެއްހާ ދުވަސް ފަހުން އަތޮޅުތެރޭގެ ހާލަތު މިހައި ވަރަށް ގޯސްވާން މެދުވެރިވި އެއް ސަބަބަކީ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބަށް އެޗްޕީއޭ އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
އެމީހަކު ބޭނުން ގޮތަކައް އުޅެފަ މިހާރު ތިކިޔަނީ ކޮންލަވައެއް.މިގުމަތި ބަލާލީމަ ފެންނަނީ ދަތްދޮޅި މާސްކުގެ އަހުލު ވެރިން...މައިމޫނާ ގޭ ދޮށުގަ މުޒާހިރާ އެކުރަނީ ކީއްވެގެން.
ފިޔަވަޅު އަޅަން ވީ އަންނި އާ މަޖުލީސް ބޭފުޅުންނަށް
ދަތް ދޮޅީގަ މާސްކް އަޅާތީތަ ކަރަންޓީނާނުލާ ހާއްސަ ހުއްދައޭ ކިޔާފަ ރަށްރަށަށް ދާން ހުއްދަ ދިނީ؟؟ ދަތް ދޮޅީގަ މާސްކް އޮތީމަތަމާލާގެ އޮތް ކޮރޯނާ ލޯންޗް ހިފައިގެން އަމިއްލެއަށް ރަށްރަށް ގޮސްގެން މިއުޅެނި. ދަތް ދޮޅީގަ މާސްކްއޮތީމަތަ އިންތިޒާމެއް ނެތި ވެކްސިން ކިއުތަކުގަ މީހުން ތޮއްޖަސަނީ. ދަތް ދޮޅީގަ މާސްކް އޮންނާތިތަ އިންޑިއާ ގަ ކޮވިޑް ހައްދުން ނެއްޓިފައޮއްވަ މީހުން އުޅޭރަށްރަށަށް އިންޑިއާ ފަތުރުވެރިން އެރިޔަ ދިނީ. ފަޅޮލާ ތިމަރަޔާ ކައިބަލަ.
ބިހެއްވީމަ ނުވިސްނޭނެ ކަލެއަށް
ހަމަ އެގޮތަަށް އިންޑިޔާއިން އަންނަފަތުރުވެރިން ކަރަންޓީނުވެމެއްނެެތި އުޅެވޭގޮތަށް ހެދުންވެސް ފެތޭ. މަޤާމުގެ ނުފޫޒު ބޭނުންކުރުން.
ދަ އުވާކުރަންގޮވާލަން! ނޫނީ އިހުތިޖާޖުކުރޭ!
މައުމޫނާ ކަންކުރަނީ މަޖުބޫރުވެގެންނޭ ބަޔަކު ބުނަން ބޭނުންނަމަ، މައުމޫނާ ކައިރީބުނޭ ދެންވެސް އިތުރަށް ގޯސް ނުހަދާ ގެއަށް ދާށޭ. ހާއްޞަ ހުއްދައިގެ ދަށުން މައުމޫނާއަށް ހަރުކަށި ޢަދަބު ދޭންޖެހޭ. އުމުރަށް ޖަލުގައި ޢަދަބު ދޭންޖެހޭ.
އަދިވެސް ނުވޭތަ މޮނިޓަރިންނަށް އިސްދޫ ލާކަށް.
ވަކީލުން ދުވަންވީ މައިމޫނާ ފަހަތުންނެއް ނޫން. މައިމޫނާއަށް މަޖުބޫރުކޮށްގެންް އިންތިހާބު ބޭއްވި ބައިގަނޑު ފަހަތުން ދުވެބަލަ.
ޤާނޫނު ދަންނަނީ މަސްއޫލިއްޔަތު، ނުފޫޒުފޯރުވަޔޭ ބުނީމާ ނުނިމޭނެ.
މަޖުބޫރީ ހާލަތު އަންނި އެންޑް އިބޫ އަބަދު އެކަމަނާއަށް މަޖުބޫރުކުރަނީ ރިވެތިގޮތުގައި ކަމަނާ އެހުންނެވީ ހަނު ތިމާގެވާޖިބުތަކަށްހުރަސް އަޅާކަމުގައިވަނީ ނަމަ ގޭގައި ފިރިންނާއި ދަރިންގެ ޒިންމާ އަދާކުރަން ގޭގައި މަޑުކުރައްވާ
ވ ރަގަޅު ވާހަކައެއް. ހުރިހާ ކަމެއް އިބޫ ސޯލިޙް ބޮލަށް ކަޑާފަ މީނައަކަށް ނުރެކެވޭނެ. ނުފޫޒް ފޯރުވަންޔާ އެމައްސަލަ ޖައްސަން ޖެހޭ ތަންތާ އެމައްސަލަ ޖައްސާނީ. ލާރިގަނޑު ބައްގަޅައިގެނެ ހުރެ ބުނާހާ ގޮތެއް ހަދާނީ އެއްނޫން. އަސްލު ލަދުގަންނަންޖެހޭނެ މިމީހުން. ޔޫރަޕް ޤައުމެއްނަމަ އަމިއްލައަށް އިސްތިއުފާ ދިނީސް ގަންނަލަދުން.
މައިމޫނާއަށް ބިރުދެއްކި މަޖްލީސް ރައީސް އާއި މެމްބަރުން ނަށް އެއްވެސް އަދަބެއް ނޯންނާނެ ދޯ. ގާނޫނީ ވަކީލުންވެސް ބުއްދިހަމަޖެހޭ ވާހަކަ ދައްކަބަލަ
ޖާހިލިއްޔަތު އުޑާއިހަމައިގަ
ލާރިއަށްޓަކައި ލޭވެސް ބޮއެފާނެ ތިމީހުން ރޯދައަށްތިބެވެސް
ޤާނޫނުލް އުޣޫބާތަކީ ކޮންއެއްޗެއްތޯ؟ އަހަރެމެން ކުށް ކުރީމާ ދެވެނީ އުޤޫބާތް. އުޣޫބާތަކީ ދުނިޔޭގެ ކޮން ޤައުމެއްގައި ދޭ އަދަބެއްތޯ؟ ޔަޤީން ތިއީ ވާނީ އިންޑިޔާމީހުން ދޭ އެއްޗަކަށް.
Hudhdha dhineema goas nudhineemaves goas. Maliku meehun lavayah midhanee. Hudhadhinas nudhinas farudhee zinmaa hurihaa beyfulhun nangavaanama mivaru nuvees. Maa avahah faseyha kollevunee.
މައިމޫނާ އަށް މަޖުބޫރުކުރަނީ މަޖިލީހުގައި އޮންނަ ބައިގަނޑު... ދައުވާ ކުރަންޖެހޭ މި ބައިގަނޑަށްވެސް...
މިހާރުވެސް އަތޮޅުތަކުގެ ސްކޫލްތަކާ އޮފީސްތަ އްވެސް ބަންދު ކުރަންވީ 2 ހަފްތާ އަށް.. އީދުގަވެސް ރަަށްރަށަށް ދަތުރުނުކުރެވޭގޮތް ހަދާބަލަ..
މުޅި މާލެ ކޮވިޑް ޖެހި ފުރިއްޖެ. ކޮންމެ ގެއެއްގެ އެތަށްބަޔަކަށް ޖެހިފަ. އަހަރުމެން މިތިބެނީ ކޮޓަރިތަކުގަ ބަންދުވެގެން. ގެއިން ޓެސްޓު ހަދާ ކޮންމެ މީހެއް ފައްސި އަދި އަލާމާތްތައް ފެންނަ އެތައްބައެއް ޓެސްޓު ނެހެދި އެބަތިބި. ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައްނާޅާ ލަސްކުރުމުގެ ނަތީޖާ މީ
ބަންދުކު ރީމަވެސް ގޯސްވަނީ މައިމޫނާ ދޫކޮށްލީމަވެސް ގޯސްވަނީ މައިމޫނާ.. ރައްޔިތުންއަމިއްލައަށް އެބަވިސްނަންޖެހޭދޯ އަމިއްލަ ސަލާމަތާއެހެން މީހުންގެ ސަލާމަތްވެސް. މައިމޫނާ ނުބުނިއްޔާ ނޭގެނީތަގޭގަ މައިތި ރިވެގެން ތިބެން. މައިމޫނާ ބުނެފާނެ މާދަމާ މިޤައުމުގެ އެންމެން ރާބޯން ޖެހޭނެޔޭ. ދެންވީއެންމެން ރާބޯންތަ؟ ކޮންމެކަމެއްކޮށްފަ އެހެންމީހުންގެ ބޮލަށްކަނޑާނުލާ
ރާބޯން ހުއްދަދޭއިރަށް މަގުމަތީގައި ފުޅިޖަހައިލައިގެން ތިބޭނެ
ދައުވާކުރޭ 3 މީހުންގެމައްޗައް އިބޫ އީސީ ޝަރީފް މަިއިމޫނާ ގައުމުފުނޑާލަނީ ރައްޔިތުން އަނގަޔާ އަތާދިމާނުވޭ މިމީހުންގެ އިހުމާލުން ދައުލައްލޫޓުވާލަނީ ވެންޓިލޭޓާރތައްވެސް ދިރުވާލީ
ދެން ކާކުތޯ މައިމޫނާ ގޮވައިގެން ކޯޓަށް ދަނީ؟ މިދައުރުގަ ތީގެއިން އެއްވެސް މީހެއްގެ މައްސަލަ ކޯޓުގަ ނުހިގާނެކަން ޔަޤީން
ނިކަމެތި މީހާ އަށް އަދަބު ލިބޭނީ. މައިމޫނާ ހުންނަނީ އެމްޑީޕީ ބޮޑުންގެ ދަށުވެ ނިގޫ ފިތިފައި.
މިކަމުގާ އެކަމަނާގެބޮލުގަކަންކަންނާޅުވާށެވެ.މިރާއްޖޭގަކަންހިންގަނީސިޔާސީމީހުންނެވެ އެމީހުންގެލީޑަރުންނޭޭ ރައްޔިތުންްނައް އޮޅިގެން ނުބައިނުލަފާބައެއްގެ އަތްމައްޗައް ގާނޫނުހަދާމަޖުލިސްދެވުމުގެ ސަބަބުން ބާރާނުފޫޒު ބޭނުންކޮއްގެން ތިކަހަލަ މިނިވަން މުއައްސަސާތައްވަނީ ހިސޯރުކޮހްފައެވެ.ގައުމުހުޅުވާލާ ލޮކުޑައުން ނިމުމަކައް ގެނައީ ނަސީދުގެ ޕުރެސަރައްކެތްނުވެގެންނޭ ސޯލިހު ވެސް ހިތާދެކޮޅައް ނަސީދު ގެ އުދަގުލާހެދި އާނބަސްބުނީއެވެ.ކިއާ އެއްޗެއް ނަސީދުއައްކިއާށެވެ.
މައިމޫނާއަށްތަ ދައުވާ ކުރަންވީ؟ އަޑީގަ ހުރެގެން އިންތިހާބުކަންތައް ކުރުވާ އަދި މަޖިލިސް މެންބަރުންނަށް ހާއްސަގޮތް ކަނޑައެޅުމަށް މަޖުބޫރު ކުރުވި "ބޮޑު ވަޒީރު" އާއި މިހާރު ހުރި މިނިސްޓަރު އަށް ނޫންތަ ދައުވާ ކުރަންވީ.. ހަމަ ހައިރާންވޭ، ރަގަޅު އެއްގޮތްވެސް ނެތް.. ލޮކްޑައުން ކޮށްފިއްޔާ ވިޔަފާރި ތަކަށް ގެއްލުންވާތީ ދައުވާ.. ނުކޮށްފިއްޔާ ކޮވިޑު ފެތުރޭތީ މީހުންގެ ފުރާނައަށް ގެއްލުންވާތީ ދައުވާ.. ސަލާމަތެއް ނެތެއްނު.. ހުރިހާ ނުބަޔަކީ ހަމަ ޕޮލިޓިކްސް!
ޢިލާހީ ގާނޫނައް ގެނެވޭނެ ބަދަލެއް މައިމޫނާއަކައްވެސް އަދި އެހެންމީހަކައްވެސް ނޯންނާނެ. ތިޔަބުނާ ވަކީލަކީވެސް ރިސްވަތުން ފުރިގެންވާ ވަކީލެއް. ޢޭނަވެސް ގާނޫނު ކުރިމައްޗައް ހާޒިރުކުރާ ގަޑި އެބަ ކައިރިވޭ.
މައިމޫނާ އަށް އެކަނިތަ ޖިނާއީ އަދަބު ލިބޭ ދައުވާކުރަންވީ.ބަލަ މައިމޫނާ އެކަންކުރީ ތިޔަ ބޮދުވަޒީރު ދެއިރުކާބޭހެއްހެން އޭނަ ގެންގުޅޭ މަޖިލީހަށް ގެންގޮސްގެން ބިރުދެއްކީމައެ. ޢެހެންވީމަ ތިޔަ ބޮދުވަޒީރަށް ފުރަތަމަ ދައުވާކުރަންވާނީ. ޢޭގަ ފަހުން އެހެން މީހުންގެ ވާހަކަ ދައްކަންވާނީ.🤣🤣🤣
މިކޮވިޑެއް ލައިގަނެގެންވިޔަސް މައިމޫނާއަށް އެނގިވަޑައި ނުގަންނަ އެއްކަމެއް އެބަވޭ. މީހަކުވިޔަސް ބަޔަކުވިޔަސް ގޭބަންދު ކުރުމަކީ ދެވޭއަދަބެއް. މީހުންދިރިއުޅޭ ގޭގެ އެކަކަށްވެސް ވަދެނުކުމެ ނޫޅެވޭ ގޮތަށް ބަންދުކޮށަފީވިއްޔާ ބަންދުކުރާބަޔަކު ކައިގެން އުޅެވޭނެގޮތެއްވެސް މައިމޫނާ ހަދައިދޭންޖެހޭނެ. މިހާތަނަށް މިގޮތަށް ބަންދުކުރި ހުރިހާގެއަކަށް ދައުލަތުން ބޮލަކަށް ދުވާލަކަށް ޖަލުކޮށްތު ރޭޓުން އިނާޔަތްވެސް ދޭންޖެހޭނެ. ފުރޮންޓް ލައިން މީހުނޭކިޔާފައި ބޮޑު ފައިސާ ގަނޑެއްދީފައި ހައްޔަރުކުރާ މީހުން އަތްފައި ބަނދެގެން ގެންގުޅުންތަ އިންސާފު ޤާއިމު ކުރުމަކީ.
މައިމޫނާގެ މައްޗަށް އެބަޖެހޭ ޖިނާއީ ދައުވާ ކުރެވެން
މައިމޫނާ އަކީ ޕަޕެޓެއް.. އަސްލު އުބިލީހަކީ އަންނި.
އަޅެ ދެންވެސް ތިމަންނަގެ ބާރެއް ނުހިނގައޭ ކިޔާފަ އިސްތިއުފާ ދީފަ ގެޔައް ދާކަށް ނުވޭތަ. . މަޖުބޫރުވެގެން ކުރަނީއޭ ބުންޏަކަސް ނުވާނެ. މަޖުބޫރު ކުރުވޭވަރައް ވުރެ ޒިންމާ ބޮޑު މަގާމެއްގަ ތިހުރީ!
ބޮޑު މުސާރަ ލިބޭނު ދޯ! ޖެހި ބެރަކަށް ނަށާލަ ނަށާލަ ހުރީމަ ވީނު. . ރައްޔިތުން ހަނާ ވިޔަސް ތިމާގެ އެކައުންޓަށް މުސާރަ ޖަމާ ވަންޏާ ކޮން ކަމެއް.
ކޮންމެވެސް މޮޅުވާހަކައެއް ލިޔެލީ ފާޅުގަ މުޒާހަރާއައް އެ ނުކުނަނީ ފުލުހަކު ހިފަހައްޓާއިރައް އަނިޔާވެރިންނައް ހަދާފަ ކެފޭކުލި ނުދެއްކެނީއޭކިޔާފަ މުޒާހަރާ ކޮއްފަ ވަޒީފާގެއްލިއްޖޭ ކިޔާފަ މުޒާހަރާކޮއްފަ ހީވަނީ ބަލި ދުނިޔެއައް އައީ ވަކިމީހަކު ގެނެސް ގެނޭ . ފުރަތަމަ އަމިއްލައިން ކުއްގަބޫލު ނުކޮއް ހުރެ އެހެން ކަނއްގަ ކުރިޔެއް ނުލިބޭނެ ހަމަ ފުރާނަ ދަންދެން ދުނިޔޭގަ ހުއްޓަސް އަމިއްލަ މީހާ ރަނގަޅުވީމަ ހުރިހާ ކަންތައް ދާނީ ރަނގަޅައް..
އަސްލު ވޯޓް ލައިގެން ފެތުރޭނަމަ މާލެގަ އެކަންޏެއް ނޫން ކަންނޭންގެ ދޯ ފެތުރެންވީ ވޯޓްލުމުގެ ކަންކަން އަސްލު އަހަރުމެން ރަށުގަ އެގޮތައް އައި މީހުން ވޯޓުލީ އިރު އަދި އާއްމުން ވޯޓުލީ އިރުވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައްވެސް އެޅި ވ ރަނގަޅައް
ވޯޓް ލީ 3ފޫޓް ދުތުން މާސްކު އަޅައި ސެނިޓައިޒްވެސް ކޮށްގެން
ރަށުން ބޭރުން އައި މީހުން ވަކިން އެކަހެރިކޮށް ތިބެފަ ވޯޓްލާން އައީ އާއްމުން ނިމުނީމަ
ފިހާރަ ތަކުންނާ ސައި ހޮޓާތަކައް ގޮސް ތިބުމުގަވެސް މިއައްވުރެން ނުބަލާ މިހިރަ ކަންކަމައް.
ބަންދު ކޮއްފިނަމަ ސަރުކާރު ގޯސް ނުކުރިއަސް އަނެއްބަޔަކައް ގޯސް
ހަމަ އެކނި ވޯޓޭ ނުކިޔައި ކުރިން މިބުނި ކަންކަމުގައި އަމިއްލަ ޒިންމާ އަދާކުރެވޭ ތޯ އަދި އެއްފަހަރު ވިސްނާލާ
މައިމޫނާ ގިޔާމަތް ދުވަހުން ޖަވާބުދާރީ ވާންޖެހޭނެ މަގާމުގެ ޒިންމާ ރަނގަޅަށް އަދާނުކުރެނީ ކަމުގައިވާ ނަމަ. އެއީ އެހެން މީހެއް ކުރަން ބުނިކަމުގައިވީ ނަމަވެސް ޒިންމާ ނަގަން ޖެހޭނީ މައިމޫނާ.