ގޯހުންގޯހަށް ގައުމުގެ ޙާލަތު ނުދަނީސް ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދިވަޑައިގަތުމަށް ސަރުކާރަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ސަރުކާރަށް ގޮވާލައްވައިއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ އަދަދުތައް މި ވަނީ ނުރައްކާ މިންވަރަކަށް އިތުރުވާން ފަށާފައެވެ. އެ ބައްޔަށް ފައްސިވާ މީހުންގެ އަދަދުތައް ރެކޯޑް މިންވަރަކަށް ކޮންމެ ދުވަހަކުވެސް އިތުރުވަމުން އަންނައިރު، އެންމެ ފަހުން ސިއްހީ ހިދުމަތްތެރިންގެ އެހީތެރިކަމަށްވެސް ސަރުކާރުން ވަނީ އެދިފައެވެ.

މިއަދު އެކަނިވެސް 700 ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައި ވެއެވެ. މިއީ ރެކޯޑެކެވެ.

އަދި މިހާރު ރާއްޖޭގައި ބަލި ޖެހިފައި ތިބި 7109 މީހުން އެބަތިއްބެވެ. އެހެންކަމުން މިހާރު ބަލި ޖެހިގެން ފަރުވާ ދެމުންދާ މީހުންގެ އަދަދުތައްވެސް ނުރައްކާ މިންވަރަކަށް މި ވަނީ އިތުުރުވެގެން ގޮސްފައެވެ.

އަދި އެ ބައްޔަށް ފައްސިވާ މީހުންގެ ތެރެއިން އެކަހެރި ކުރަން ޖެހޭ މީހުން އެކަހެރި ކުރަން ބޭނުންކުރަމުން އަންނަ ފަރުކޮޅުފުށި ފުރިފައިވާއިރު، ކޮވިޑް ބަލި ޖެހިފައި ތިބި މީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭ ހޮސްޕިޓަލްގައި ވަކިން ހުރި އިމާރާތެއްގެ 50 އެނދު އިތުރުކުރަން މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

މި މަސައްކަތްތައް ކުރަމުން ދަނިކޮށް މިރޭ ޑރ. މުއިއްޒު ވިދާޅުވީ، ގައުމުގެ ހާލަތު ގޯހުންގޯހަށް ނުދަނީސް ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"ވެކްސިންގެ ސްޓޮކް މަދުވެ ވެންޓިލޭޓަރ މަދުވެ ކޮވިޑަށް ފައްސިވުން އިތުރުވާ މިޙާލަތުގައި ބޭރުގެ އެހީއަށް އެދި މަސައްކަތް ފަށަންޖެހެނީ ރައްޔިތުންގެ ސަލާމަތަށްޓަކައި". މުއިއްޒުގެ ޓްވީޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ހުސްނާ

  ކޮންތާކު މިޖެހުނި، މުޒާހަރާކޮށް ކޮވިޑް ފަތުރާފަ، ޔާމީނު ކިޔާ ކުއްވެރިއެއް ގެޔަށް ބަދަލުކުރީމަ ހުރިހާ ކަމެއް ހައްލުވާނޭ ކިޔާފަ، މިހާރު މާ ގޯސް، ސުންޕާ ގޮލައެއް

  7
  62
  • ޗަސްނާ

   އަދިވެސް އިންޑިއާ އިން ޓުއަރިސްޓުން އެތެރެ ކުރެވުނުވަރު މަދީ އަދިވެސްމަދީ

   37
   3
  • Anonymous

   ސިހުރު ހަދާ ހުސްނާ 🤣 މަޑުން ހުރެބަލަ އަނގަނުފަޅާ.

   3
   1
 2. ނޫސްނޫން

  މިދިޔަ 4 މަހު، މާލެ ތެރެ ހަލަބޮލި ކުރި މީހުން ދައްކާ ވާހަކަ !

  5
  55
 3. ކޮތަރު

  މާލެތެރެ ހަލަބޮލިކުރި ވާހަކަ ދައްކާއިރު، ކޮބާ އެއްވެސް ރައްކާތެރި ކަމެއްނެތި ބޭއްވި ކައުންސިލް އިންތިޚާބާ ރީނދޫހުމުގެ އަހުލުވެރިން ސަރުކާރުގެ ބޮޑުހުއްދަ އާއިއެކު ރާއްޖޭގެ އެތަންމިތަނަށްކުރި ކެންޕޭން ދަތުރުތައް. ކަމެއްވާއިރަށް ސަރުކާރާ އިދިކޮޅު މީހުންނާއި ރައްޔިތުންގެ ބޮލަށް ކަނޑާލަން ތިޔައުޅެނީ. އިންޑިޔާގެ ހާލަތު އެފަދަ ނާޒުކުވެފައި އޮތްއިރު އަދިވެސް އިންޑިއާއިން އަންނަ ގެސްޓުން ކަރަންޓީނު ކުރުމެއް އެހެން ކަމެއް ކުރުމެއްނެތި މާފުށްޓަށާއި މަތިވެރިއަށާއި މާލޭގެ ގެސްޓްހައުސް ތަކަށާއި ދެންވެސް އެމީހުން ހިތުހުރި ތަނަކަށް ދާން ދޫކޮށްލާފަ މުޒާހަރާއޭ ޔާމީނޭ ހަލަބޮއްޔޭ ފަޅޮލޭ ކަންފަތުލާ މުންޖޭ ނުކިޔާ ހައްޕު ކިޔައިގެން ތިބެވޭތޯބަލާ.

  47
  4
 4. ތައްކާ ނު ބެ

  ދޮން ކަލޯ މެން މުޅި މާލެތެރޭގައި ކޮވިޑު ފެތުރީ

  6
  23
 5. ޅ.ނޫރާނީއާގޭ

  މިރީދޫބައިގަޑުން މިގައުމްސަލާމައްކުރައްވާށި އާމިން

  8
  1
 6. ފަރެސް

  މުޢިއްޒުގޮވާލެއްވުންއެއީ މިވަގުތުގެހާލަތަށްބަލާއިރު ވަރަށްރަގަޅުގޮވާލެއްވުމެއްކަމުގައި ދެކެން އެއީ
  ވަގުތާހާލަތަށްބަލާއިރު މިކަންކުރަންޖެހޭ މިހެންދެކެންޖެހުނީ ފޮރިންމިނިސްޓަރގެ ޚަރަދުބޮޑު ގިނަ
  ދަތުރުތަކަށްބަލާއިރު އެދަތުރުތަކަށްވުރެ މުހިއްމު ރާއްޖެގޮސްފައިވާމިހާލަތަށް އެހީތެރިވުމަށް ބަނަލް
  އަގްވާމީ އެހީތެރިކަމަށް

 7. ވިލޭ

  މިގައުމް އަށް އިހްލާސް ތެރި ވެރިޔާ ރ.ޔާމިންއައް ވެރިކަން ލިބޭނެގޮއް މިންވަރުކޮއްދޭންވާންދޭ އާމިން

  1
  1
 8. ލައިލާ

  މިޖައްބާރު ރީދޫބައިގަޑުން މިގައުންސަލާމައްކުރައްވާށި އާމިން

  2
  1
 9. އެނގޭތަ؟

  މީ އަންނިޔާ ޖެހުނު އަނެއް ބޮޑުވަޒީރު! ލޮލް

 10. ރަށުމީހާ

  މުއިއްޒުގެގޮވާލެއްވުން ވަރަށްރަގަޅުކަމަށްދެކެން އެއީ ފޮރިންމިނިސްޓަރގެ ޚަރަދުބޮޑު ގިނަދަތުރު
  ތަކަށްވުރެ މިވަގުތުގައުުމުގޮސްފައިވާހާލަތަށްބަލާއިރުބައިނަލްއަގްވާމީ އެހީތެރިކަމަށްއެދިއެހީތެރިކަން
  ލިބިއްޖެނަމަ ގައުމާއި، ގައުމުގެރަށްޔިތުންނަށް އެކަމުން ފައިދާކުރާނެތީ ފަހަރުގައިގައުމާ،ގައުމުގެ
  ރަށްޔިތުންގެހާލަށްނުވިސްނާ ގޭގައި ފިނިކޮޓަރީގައި ކޮންމެކަމެއްވަރިހަމަަކަށްދެކިލައްވާބޭފުޅުން
  މުއިއްޒުގެ ގޮވާލެއްވުމަށް ފާޑުކިޔުއްވިއެއްކަަމަކުމިއީހަމަރަގަޅުފާޑުކިޔުއްވުމެއްތޯ؟މިވަގުތުބޭނުންވަނީ
  ޒާތީހަދަވެރިަކަމެއްނޫން، ޕާޓީއެއްވެސްނޫން މިއީ ގައުމާ،ގައުމުގެ ރަށްޔިތުންނަށްޓަކާ ގުޅިގެންމަސައްކަތްކުރަންވީ ވަގުތެއް ޝައްކަކަށް ނުވަތަ ހަސަދައެއްފިލުވާލުމަށް
  ޖަލަށްލައްވާފައިވާ ( ގައުމުތަރައްޤީ އާއުސްމިންތަކަކަށް ކުޑަދުވަސްކޮޅެއްގެތެރޭަގއި ގެންދެވި) ބޭފުޅެއްގެހައްގުގައި އެބޭފުޅާގެސަޕޯޓަރުން މުޒާހަރާ ކުރާނެ މިއީ ކޮވިޑްހުރަސްއަޅާކަމެއްނޫން
  ފާޅުގައި ކުރެއްވިކުށަކަށް( ގާޒީއަކުހިފާހައްޔަރުކުމަށް)13 އަހަރުގެ ޖަލުހުކުމެއްއައިފަރާތެއްވެސް މިނިވަކުރުމަށް އޭނަގެސަޕޯޓަރުން އަަޑުގަދަކޮށް ޕެޓިޝަންހެދިއިރުޔާމީންމިނިވަންކުރުމަށްގޮވާލުމަށް އެމަނިކުފާނަށްތާއީދުކުރައްވާފަރާތްތަކަށްނޯންނާނެތޯ؟

 11. ޖަލަށްލާ

  ސުންޕާ ޔާމިނު ގެއަށް ގެނައިމަ ކޮވިޑް ގިނަވީ

  1
  3
 12. އެލެކްސް

  ދިވެހިރާއްޖެ ލިބުނު އެހީތެރިކަން ލިބުނު އެހެން އެއްވެސް ގައުމެއް މިއުޑުދަށު ގައި ނުވޭ ވަރަށް ވާހަކަ. ލާރީ ގެ ގޮތުންވެސް ތަކެތީ ގެެ ޮޮގތުންވެސް،

 13. عبداللّه

  ތިމާމެންނަށްވުރެ ބާރުހުރި ފަރާތެއްނެތްކަމަށް ދަޢުވާކޮށްކޮށްތިބެ ގިނަ ޤައުމުތަކަކުން މުސްލިމުންނާމެދު ޒަމާންތަކެއް ވަންދެން ކުރަމުން ގެންދިޔަ އަނިޔާޔަކުގެ ނަތީޖާ މިފެންނަނީ!މިރ ާއްޖޭގެ ޖަލުތަކުގައި މިހާރުވެސް އެކިއެކި ތުޙުމަތުތައް އަޅުވައި ހައްޔަރުކޮށް އަނިޔާދެމުން އެދަނީ ކިހާބަޔަކަށް ހެއްޔެވެ. މިއިންކަމަކާ އަޅާލާ އެކަކުވެސް އެބަހުރިހެއްޔެވެ.މުސީބާތުގެ ވަގުތުގައި މީސްތަކުން ނަށްހެޔޮކޮށް ހިތުމުގެގޮތުން އެފަދަފާތްތައް އަވަހަށް ޖަލުން މިނިވަން ކުރުމަށް ، ކަންކަމާހަވާލުވެތިބި ބާރުވެރިންނަށް މިހިދު ގޯވާލަން! މިއީ ﷲ ކޯފާ! މިއީ ﷲ ޖައްސަވާފައިވާ މުސީބާތެއް! މީސްތަކުންނަށް ކުރެވެން އޮތްހާވެސްކަމަކީ ތައުބާވެ ﷲ ގެ މަގަށް ރުޖޫޢުވެ ގިނަގިނައިން އިސްތިޣުފާރު(ފާފަތައް ފުއްސަވާތޯ) ކުރުމެވެ. ޢަދި
  މި މުސީބާތް ފިއްވަތްތޯ ގިނަގިނައިން ﷲ ށް ދުޢާކުރުމެވެ.
  ﷲ މިއަށްވުރެ އަޅުތަކުންގެ މައްޗަށް މުސީބާތް ބޮޑުކުރައްވައިފިނަމަ ، މީސްތަކުން ހަލާކުވެ ހިނގައިދާނެއެވެ. އެފަދަ ގޮތެއް ﷲ މިންވަރު ނުކުރައްވާށި! އާމީން.