ކަރަންޓު މައްސަލަ ބޮޑުވެ މުދަލަށް ގެއްލުންވާން ފެށުމާ ގުޅިގެން ނ. ކެެނދިކުޅުދޫގައި މުޒާހަރާކުރަން ފަށައިފިއެެވެ.
ކެނދިކުޅުދޫން "ވަގުތާ" ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށު ކަރަަންޓު ވޯލްޓޭޖް ދަށްވުުމުގެ މައްސަލަ ދިމާވަމުން އަންނަތާ އެތައް އަހަރެއް ވެފައިވާކަމަށާއި، ނަމަވެސް ސަރުކާރުން މިކަން ހައްލުކޮށްދިނުމަށް އަދި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެެ.
މިކަން ހައްލު ނުވެ ދިގު ލައިގެން ދިއުމުގެ ސަބަބުން ރައއްޔިތުންގެ މިލިއަނެއްހާ ރުފިޔާގެ މުދާ ވަނީ ހަލާކުވެެފައި ކަމަށް އޭނާ ބުންްޏެވެ.
"މިކަމުގައި އިހުމާލު ވަނީ ސަރުކާރުން. މިހާރުު އެތައް ދުވަހެއް ފާއިތުވެގެން ގޮސްފި މިހާލަތުގަ. އެއްވެސް ތަނަކުން އެކަށީގެންވާ ހައްލެއް ގެނައުމަށް ކުޑަ މަސައްކަތެއް ނަމަވެސް ކޮށްފައި ނެތް" އޭނާ ބުުންޏެވެ.
މިއީ ރަށުގެ ހުރިހާ ރައްޔިތުުންގެވެސް ކަންބޮޑުވުމެއް ކަމަށް އޭނާ ބުންޏެވެ. މިއީ ރަމަޟާން މަހެއް ކަމުން ކަރަންޓު މައްސަލަ އިތުރަށް ދިމާވާ ކަމަށާއި މި މައްސަލަ ވީ އެންްމެ އަަވަަހަކަށް ހަައްލުކޮށްދިނުމަށް އެފަރާތުން ވަނީ ގޮވާލާފައެވެެ.
ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް މޫސާ ހަލީމް "ވަގުތު" އަށް ވިދާޅުވީ މި މައްސަލަ ދިިމާވަމުން އަންނަތާ 10 ވަރަކަށް އަހަރު މިހާރު ވެފައިވާކަމަށާއި، 2018 ވަނަ އަހަރުން ފެށިގެެން މިކަން ހައްލުކުރުުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެއްވެސް ހައްލެއް އަދި ނުުލިބޭ ކަަމަށް އޭނާ ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ ރަށުގެ ކަރަންޓު ދޫކުރަން އޮންނަ މިންގަަނޑަަކީ ގެއަކަށް 220 ވޯލްޓޭޖް ކަމަށާއި، ނަމަވެސް މިހާރު ދޫކުރެވެމުން އަންނަނީ 149-150 ދެމެދުގެ ވޯލްޓޭޖް ކަމަށެވެ. އާންމުން މިކަމާ ޝަކުވާ ކުރަމުން އަންނަތާ އެތައް އަހަރެއް ވެފައިވާކަމަށާއި، އެދެނީ ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލުވުން ކަަމަށް އޭނާ ވިދާޅުވިއެވެ.
ކެނދިކުޅުދޫ އަކީ 1953 މީހުންގެެ އާބާދީއެއް އޮންނަ ރަށެކެެވެ.
ތިޔަރަށުގަނުތިބޭ...
ގޭދޮށުމަސްފެކްޓަރީ އިންޑިޔާއިންއަޅާނިންމާދޭއިރު ތިޔަކަންވެސްހަމަޖެހިގެންދާނެ! ފަހަރެއްގަތިޔަބޭފުޅުންނަށް ނުފެނިދާނެ އެއީ އެހާބާރުސްޕީޑުގައިއެކަންކުރިއަށްގެންދާތީ!