ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ޅިއަނަކު ހުރުމުން ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ފުރިހަމަ ތަހްގީގެއް ހިންގިދާނެ ކަމަށް ގަބޫލުކުރަން ދަތިކަމަށް އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅެއްކަމަށްވާ ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މުހައްމަދު އިސްމާއިލް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ ކަމެއްވެސް ބަލަން ވާނީ ތުހުމަތުގެ ނަޒަރަކުން ކަމަށެވެ. ފަހަރުގައި ރައީސް ސޯލިހާވެސް ގުޅުމެއް ނުވަތަ ރައީސް ސޯލިހަށް އެނގިވަޑައިގަތުމަކާއި ނުލާ ރައީސް ސޯލިހުގެ ސަޕޯޓަރެއްވެސް (ހަމަލާ ދިނުމުގައި) ހިމެނިދާނެކަމަށެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާ ތަހްގީގު ކުރަން ވާނީ ރައީސް ނަޝީދު ވެސް ބަލައިގަންނަ މިނިވަން ތަހުގީގު ޓީމަކުން ކަމަށެވެ. "މިހާރު ޕޮލިސްގައި ހުރީ ރައީސް ސޯލިހުގެ ޅިޔަނު ރައީސް ސޯލިހު ހިމާޔަތް ކުރަން މަސައްކަތް ކޮށްފާނެ ކަމަށް ވެސް ދެކެން ވާނެ. ރައީސް ނަޝީދުވެސް ބަލައިގަންނަ މިނިވަން ތަހުގީގު ޓީމެއް، ސަރުކާރާއި އެހާގުޅުން ބޮޑު ނޫން ބަޔަކު ލައްވާ ތަހުގީގުގެ ކަންކަން ކުރިއަށް ގެންދަން ގޮވާލަން. ބޭރުގެ އެކްސްޕާޓުން އަޔަސް ޕޮލިސްގެ ލީޑަރޝިޕްގައި ރައީސްގެ ޅިޔަނަކު ހުރެގެން މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމުގެ ފުރުސަތު ކުޑަވެދާނެ ކަމަށް ގަބޫލު ކުރެވޭ." މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ވަގުތަކީ ސިޔާސީ ހަލަބޮލި ކަމެއް އެމްޑީޕީ ތެރޭގައިވެސް އޮތް ދުވަސް ވަރެއްކަން ވެސް ހަދާނުގައި ބަހައްޓައިގެން މައްސަލައިގެ ތަހްގީގު ކުރިއަށް ގެންދިއުން ބުއްދިވެރި ކަމަށެވެ. "މި ވާހަކަ އޮތީ ފެންނަން ރައީސް ޔާމީނުގެ ތަހުގީގުވެސް ޝަރީއަތްވެސް ގެންގޮސްފައިވަނީ ސަރުކާރުގެ ނުފޫޒާއި އެއްގޮތަށް ސަރުކާރާއި ސަރުކާރުގެ ކޯލިޝަންގެ ވެރިން ބޭނުންވާގޮތަށް އިންސާފުން ބޭރުން." މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އަނބިކަނބަލުންނާއި ރައީސް ސޯލިހްގެ އަނބިކަނބަލުންނަކީ އެއްބަނޑު އެއްބަފާ ދެބޭފުޅުންނެވެ. ކޮމިޝަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ކޮއްކޮ ނަޒީހާ އާއިއެވެ.

ރައީސް ނަޝީދަށް ހަމަލާދިން މީހުން ހޯދިދާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތްކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ މިހާރު ވެސް ވިދާޅުވެފައެވެ. އާޒިމްގެ އިތުރުން އެމްޑީޕީގެ ވަރަށް ގިނަ ސަޕޯޓަރުން ގެންދަނީ ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ސަރުކާރު ކުއްވެރިކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ޕޮގުބާ

  ސަރުކާރު .އޮތީ...4ބައިވެފަ ..ގޮތްހުސްވެފަ

  9
  2
 2. ލާރިގޯނި

  އަމިއްލަޔަށް ބައިތުލްމާލުން ވަގަށް ނެގި ލާ ރިގޯނި ހިފައިގެން ދުވިކަމަށް އެއްބަސްވި ވަގުކަލޭގެ އެބަ އުޅެން ދޯ.

  19
  8
 3. ޢަލީ

  ފިތުނަ އުފައްދަން ފެށީ...

  10
  8
 4. ޒަބީބު

  އަސްތާ ޔާމީން އަންނި އާއި ހާދަ ބޮޑަކަށޭ މިގުޅުނީ ދޯ؟ އެހެންތާ ވާނީ. ރައްޔިތުންގެ ތާއީދް ނެތި ވެރިކަމަށް އަންނަން ބަރުލަމާނީ ނޫން ގޮތެއް ނުފެނުނީމާ ދެން ވާނީ މިކަހަލަ ގޮތެއްތާ ދޯ! އަނެއްކޮޅުން އެއްފޮތަކުން ކިޔަވައިގެން ތިބި ދެމީހުން ވީމާވެސް ދެން ގުޅޭނެތާ ދޯ!

  5
  11
 5. ހހހގ

  ފިތުނައުފައްދަން ހީއަށް ވާހަކަދެއްކުމަކީމުސްލިމުންގެ އަހުލާގާ ފުށޫ އަރާކަމެއް

  11
  4
 6. ނާ

  ކޯއްޗެކޭ ކިޔާ ކިޔާ ބޭބެ އެއްތަ މީ. ޙިތައް އަރާހާ އެއްޗެއް ނުކިޔާ ތި ދޫ ގޮއް ނުޖެހެނިސް ހިމޭނުން ބާއްވަދީ.

  8
  4
 7. ޙެހެ

  މީދޯ ލާރިގޯނި...ހާދަ ވަރެއް ތިވަނީ...

 8. ޅިޔަންބެ

  ފަހު 10 އަށް އަޅާމީ ދޯ! ފިތުނަ ފަސާދަ އުފައްދަން ފެށީ!

 9. ވގ

  ތީ ބޮޑު ވަގެއް ގެރިބޯ މުޅި ދައުލަތުދެ މާލިއްޔަތު ދަވާލި ގެންގްގެ އެކަކުތީ

 10. މަނީމަނީ

  އެއީ އޭނާ އެފައިސާގޯނި ހިފައިގެން ހިނގިމީހާ

 11. ފިތޫނާ

  މިގަޑީގަވިވެސް ފިތުނައެއް ހަދާލެވޭތޯ ދެއްތޯ.

 12. އަލީފ

  ހަމަ ފިތުނައެއް ހަދާލެވޭތޯ ނުބަލާ މިކުދިން ނިދިވެސް ނާންނަނީއޭ.

 13. ފައިސާގޯނި

  އެއްކަލަ ފައިސާ ގޯނި ހިފައިގެން ދުވި ކަލޭގެ ވެސް އަނގަފެޅީ ދޯ؟ އެކޮައެ މިހުރިހާ ދުވަސް ވަންދެން ކޮންތާކު އޮވެފައި ތިނުކުތީ؟ 😬😬😬

 14. އެދުރުބޭ

  ފައިސާ ނެގި މީހުންގެ ލިސްޓް ޢާއްމުކޮށް މިމީހުން ހައްޔަރުކުރާނެ ކަމަށް ބުނި ދުވަހު މިހެން ވީމަ، އަނެއްކާ މުޙައްމަދު ވެސް ތިޔަ ޖެހިގަތީ ދަލުބޭރުން. މިނިވަންކަމާއެކު ވިސްނާ ބަޔަކަށް ވިސްނޭނެ، ވަގުތުގަ ތިބި ބަޔަކު ގަބޫލުކުރަން ބޭނުންނޫނަސް.

 15. ރާގޮޑިރާޖަ

  ބައިތުލްމާލުން ވަގައްނެގި ފައިސާ ގޯނިގޯންޏައް އަޅައިގެން ބެޙީމޭބުނިމިޙާ އަނގަހުޅުވަން ލަދުނުގަނޭތޯ. ޅަދުވެސް ގޯންޏައްއަޅައިގެންބަހާލީތޯ.

 16. ވޯޓް

  ފިތުނައުފެއްދުމުގެ ލާމަސީލް މިސާލެއް.... މި

 17. އަތަގް

  ފައިސާގޯނި ބަހަމުން ދުވި ވަގު