ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާއަކީ އެމަނިކުފާނަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއެއް ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
އައިއީޑީއެއް ގޮއްވާލައިގެން ނަޝީދަށް ހަމަލާދީފައި ވަނީ، މަޖީދީ މަގާއި ނީލޯފަރު ހިނގުން ގުޅޭ ކަންމަތީގައި ރޭ 20:30 ހާއިރެވެ. އެ ހަމަލާ ދީފައި ވަނީ ނަޝީދު ކެނެރީގެ އިން ނުކުންނަވައި، ހިންގަވާފައި ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. މި ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމްތަކަށް ނަޝީދު މިހާރު ގެންދަވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ. އަދި އެމަނިކުފާނުގެ ކާމިޔާބު އޮޕަރޭޝަންތަކެއް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ފުލުހުން ބޮޑު އިސްކަމެއް ދީގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ތަހުގީގު ދާއިރާ އިންނާއި ފޮރެންސިކްގެ ތެރެއިން ލިބެން ހުރި ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށް ބަޔާނުގައިވެއެވެ.
އޭގެ އިތުރުން މި ތަހުގީގަށް އެހީތެރިވުމަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ފަރާތުން ތަޖުރިބާކާރު ދެ ބޭފުޅަކު މާދަމާގެ ވަގުތެއްގައި ރާއްޖެ އައުމަށް ހަމަޖެހިފައިވާ އިރު، ޔޫއެންއޯޑީސީގެ ފަރާތުން ރާއްޖޭގައި މިވަގުތު ތިއްބެވި އިނގިރޭސި ވިލާތުގެ ފަންނީ ދެ ބޭފުޅުންގެ އެހީތެރިކަން މި ހަމަލާ ތަހުގީގު ކުރުމުގައި ފުލުހުންނަށް ލިބެމުން އަންނަ ކަމަށް ވެސް މި ބަޔާނުގައިވެއެވެ.
"މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ފުލުހުންނަށް ހޯދިފައިވާ ހޯދުންތަކަށް ރިއާޔަތްކޮށް މި ހަމަލާ ތަހުގީގު ކުރަމުން މިދަނީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައެވެ،" ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އޭގައި ވަނީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލައާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ފުލުހުންނާއި ދިފާއީ ބާރު ގުޅިގެން މާލެތެރެ ބެލެހެއްޓުމުގެ ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ މި ހަމަލާ ދިން ވަގުތު އެ ސަރަހައްދުން ޝައްކުވާ އެއްވެސް ކަމެއް ފާހަގަ ކުރެވުނު ނަމަ ފުލުހުންނާ ހިއްސާ ކުރުމަށް އެދިފައެވެ. އަދި މިގޮތަށް ފޯރުކޮށްދޭ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ފުލުހުން ދިނެވެ.
ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އެކި ފަރާތްތަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަލާމަތީ ބާރުތަކުން ތަހުގީގު ކުރަމުން ދިޔަ ނަމަވެސް މިހާތަނަށް އައިއިރު، އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އެކަމަކު، ތުހުމަތު ކުރެވޭ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރާ ކަން އެނގިފައިވެއެވެ.
ހިންދޫ ހަރުކަށި ފިކުރުގެ އާރް.އެސް.އެސް އައުޓް! އިންޑިއާގެ ރޯ އިންޓެލިޖެންސް އައުޓް! ބީޖޭޕީގެ ހުރިހާ ނުފޫޒެއް މިގައުމުން ބޭރުކުރޭ! ހިންދޫއިންގެ ނުފޫޒު މިގައުމުން ބޭރުކުރޭ!
ކަލޭމެންގެ ކަންތައް މިހާރު މިދަނީ މާމައްޗަށް 😡😡😡
ޢެއީ ކޮންތާކު ހިނގާ ކަމެއް.އަހަ ރެމެން އިނޑިޔާ ދެކެ ލޯބި ވޭ
ކާކަށް އިންގެނީ ރައިސް ނަޝީދު ނިކުންނަ ގަނޑި!!! އެކަހަލަ ސިއްރު އިންގޭނީ ހާދަ ދަންނަ ބަޔަކަށޭ!! ރަގަޅަށް ބަލާ!!!
ލައިވް ޓީވީގައި ލޯންޗެއްގައި ރައީސަކު އަވަހާރަކޮށްލަން ދިން ހަމަލާ ދުނިޔޭގެ މީޑިއާތަކުން ދެނެހުރިކަމަށްވެސް ނުހަދާ! މިހާރުވެސް ތިކަމުގެ އަޑީގައި ތިބި ބަޔަކާއިމެދު ސުވާލު އުފެދިއްޖެ!
އިންޑިއާ ސިފައިން މިރާއްޖޭގައި ގާއިމުވުމަށް އިތުރު ހުއްޖަތަކާއި ބާރަކަށްވީ.
އައިއެސްއިން ދިން ހަމަލާއެއްކަމަށް ނުބެލެވޭ، ސަބަބަކީ އައިއެސްއަކީ ކުށެއްނެތް މައުސޫމު މުސްލިމުންނަށް ހަމަލާދޭ ޖަމާއަތަކަށްވާތީވެ...
ބޮޑަށް ބެލެވެނީ އެކުވެރި ދައުލަތެއްގެ އިރުޝާދުގެދަށުން ނަޝީދުގެ ގާތްބަޔަކު ރާވައިގެން ދީފައިވާ ސިޔާސީ ހަމަލާއަކާ.
އައިސިސް އިން ދިން ހަމަލާއެއް ނަމަ ގޮއްވާލާނީ ތިޔަވަރުގެ ފަޓާހެއް ކަމަކަށް ޤަބޫލެއް ނުކުރެވޭ. އަދި ތިޔަހާ ފިނޑިކޮށް ފައިވާން އަތައް ނަގައިގެން ފިލަން ދުވާކަށްވެސް އެމީހުން ނުހަދާނެ. އެމީހުންގެ ތެރޭގައި ތިބޭނީ ބޯދޮވެލާފަ ތިބޭ ފިދާއީން. އެމީހުން ދުއްވާލަން ބޭނުންވާ މީހާ އާއި ގޮއްވާމީހާ އާއި ދެމީހުންގެ ފޮރެންޒިކް ހެކިވެސް ނުލިބޭވަރުގެ ބާރު އެމީހުން ގޮއްވާ އެތީގައި ހުންނާނެ. އެމީހުން ގޮއްވާލާ އެތި ގޮވާތަން ބަލަން "އިންގިރޭސި ފަތުރުވެރިން" ބައިތިއްބައިގެން އެމިހުން އެކަމެއް ނުކުރާނެ. އަދި އެމީހުން އެކަން ކުރާނީ ނަޝީދު ކެނެރީގެއިން ނިކުމެ ކާރަށް އަރާ ވަގުތަކުވެސް ނޫން. އެމީހުން ގޮއްވާލުމަށްފަހު ޒިއްމާ އުފުލާނީ ފިލާތިބެ ޑާކްވެބްގައި ޖަހައިގެނެއްވެސް ނޫން. އެމީހުން ޒިއްމާ އުފުލާނީ އަމިއްލަ ވެބްސައިޓްގައި ޖަހައިގެން. ގެއްލެމުންދާ ޕޮޕިއުލަރިޓީ ބޫސްޓްކުރަން ގޭތެރެއިން ރާވާ ހިންގާ ސްޓަންޓް އައިސިސްގެ ނިރުބަވެރި ހަމަލާތަކާއި ވަރަށް ތަފާތުވާނެ.
މިއީ ތަފާތު ތަކާއި އެކުވެސް އިންސާނަކަށް ދިން މިފަދަ ހަމަލައެއް ހުރިހާ މީހުންގެ އެއްބާރުލުމާއި އެކު ތަހްގީގް ކުރަންވީ ވަގުތު
ރައީސް ނަޝީދަށް ހަަމަލާ ދިން މީހާ ހޯދާ ހަވަ ރަށް ދޭން ފެނޭ..
އިންޑިއާ ސިފައިން މިގައުމަށް ގެނައީމަވެސް މަމެން ހީކޮށްގެން ތިފަދަ ކަމެއް ހިނގާފާނެ ކަމަށް.
އިންޑިޔާގެ މީޑިޔާބޭނުންކޮއްގެން ހިންގާ ޑުރާމާ