ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްެރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މާލެ ސަރަަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ދުވަސްތަކަށާއި ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

އެކަން ހާމަކޮށް ފެމެލީ ކީޓުން ނެރުނު އިއުލާނެއްގައި ވަނީ، މާދަމާ އިން ފެށިގެން ފެމިލީ ކޯޓުން ކައިވެނިތައް ކޮށްދެމުން ގެންދާނީ ކޮންމެ ހަފްތާއެއްގެ ވެސް ހޯމަ އަދި ބުރާސްފަތި ދުވަހު ރަސްމީ ގަޑީގައި ކަމަށެވެ.

އަދި ރަސްމީ ގަޑީގައި އޮންލައިންކޮށް ކައިވެނިތައް ކޮށްދިނުމުގެ އިތުރުން ކޯޓަށް ހާޒިރުވެގެން ކައިވެނި ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެ ކަމަށް އެ އިއުލާނުގައި ވެއެވެ

މީގެ ކުރިން ފެމެލީ ކޯޓުން ނިންމާފައި ވަނީ މި އަހަރުގެ ކޮންމެ ދުވަހަކުވެސް ކައިވެނި ކޮށްދޭ ގޮތަށެވެ.