މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ، ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުބާއްވާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިގޮތަށް ނިންމާފައި ވަނީ މިހާރު މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުންދާތީ އެވެ.

މިހާރު މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކުވެސް 500 އަށްވުރެ ގިނަ މީހުން ދަނީ ކޮވިޑަށް ފައްސިވަމުންނެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މާލެ ސަރަހައްދުގައި އީދު ނަމާދުކުރުން އޮންނާނީ ގައިދުރުކަމާއެކު މިސްކިތްތަކުގައި ކަމަށެވެ.

އަދި މީގެއިތުރުން އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން ކޮވިޑް-19 ޙާލަތު ގޯސްވެފައިވާ ރަށްރަށުގައިވެސް އީދު ނަމާދުގެ ބޮޑު ޖަމާއަތް ނުބާއްވާނެކަމަށް ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް ކޮވިޑް-19 ވޭދަނަތައް ނެތް ރަށްރަށުގައި އީދު ނަމާދު ކުރާނެގޮތް އެރަށެއްގެ ކައުންސިލުން ނިންމަވާ ގޮތެއްގެ މަތިން ކުރިއަށްގެންދިއުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.