އަލަށްވެެސް ކޮވިޑް-19 އަށްް ޓެސްޓުކުރުމަށް ސުންކު (ސާމްޕަލް) ނުނަގާ ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މެސެޖުކޮށްފިއެވެ.
ކޮވިޑަށް ފައްސިވެފައިވާކަމަށް މެސެޖުކޮށްފައި ވަނީ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންް ގެންދަވާ އަބްދުﷲ އަބްދުލްހަކީމަށެވެ. "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އަބްދުﷲ އަބްދުލްހަކީމް ވިދާޅުވީ، ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް އެޗްޕީއޭ އިން މެސެޖުކުރީ އިއްޔެރޭ ދަންވަރު 1:56 ގައި ކަމަށެވެ.
މި މެސެޖު ފެނުމުން ހައިރާންކަން ލިބުނު ކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިއިން ދުވަހަކުވެސް މި ބައްޔަށް ޓެސްޓުކުރުމަށް ސުންކު ނަގާފައި ނުވާނެ ކަމަށެވެ.
ފޭސްބުކުގައި އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެޗްޕީއޭ އަށް ވަރަށް ބޮޑަށް ފާޖުވިދާޅުވެފައެވެ.
"މިހިރަ ފެންނަނީ ގެއްލޭ ސުންކުތައް. މަމީ ދުވަހަކު ސާމްޕަލެއް ނެގި މީހެއްވެސް ނޫން. އެޗްޕީއޭ މޮޔަވެއްޖެ، ވެދާނެ ނިދާފައި އޮއްވާ އޮންލައިންކޮށް ސާމްޕަލް ނެގީކަމަށްވެސް" އެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެެވެެ.
ކަރަންޓީނުގެ މުއްދަތު ހަމަވުމުންނާއި، ބައެއް އަލާމަތްތައް ފެނުމުން ނަގަމުން އަންނަ ސުންކުތައް ބައެއް ފަހަރު ގެއްލޭ ކަމުގެ ޝަކުވާތައްވެސް އަންނަނީ ގިނަަ ބަޔަކު ކުރަމުންނެވެ. މިގޮތަށް ސުންކު ގެއްލިގެން ބައެއް ފަރާތްތަކުން ދެވަނަ ފަހަރަށް ސުންކު ނަގަން ޖެހެއެވެ.
މި މައްސަލަ އާއި ގުޅިގެން ގިނަ ބަޔަކު ވަނީ މިފަދަ "ހަރުދަނާކަން ނެތް" މައްސަލަތައް ދިމާވުމަަކީ ރާއްޖޭގެ ސިއްހީ ނިޒާމު ފެއިލްވަމުން އަންނަ ކަމުގެ އަލިގަދަ ހެތްކެއް ކަމަށް ބުނަމުުންނެވެ.
މިހާރު ރާއްޖޭގައި ކޮވިޑް-19 ބަލިމަޑުކަން ފެތުރެމުން އަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވި ހަފްތާ ތެރޭގައި ވަނީ ރާއްޖެއިން ފައްސިވާ މިންވަރު ރެކޯޑް އަދަދަކަށްް އިތުރުވެފައެވެ.
އަންނަ ރުޅީގައި އެޗްޕީއޭ ކަންކަށިމަތީގައި ތަފާލެއް އަޅާބަލަ!
ނިކުމެގެން އެއުޅޭ ލިސްޓަކާހެދި ތުރުތުރު އަޅާ ވަރުން. ތި ވަރު ކަމެއް ނު ވާ ވަރެއް ނޫން ދޯ.
ތިވަރު ކަމެއް ހިންގާފާނެ .... ޕޯން ނަމްބަރު އޮޅިގެން
އަބްދުﷲ އަބްދުލްހަކީމޫ ދެލޯފުޅާ ތިހުންނަނީ އެއުޅޭ ވިދާދު އާ ކާރިމުމެންގެ ކަންތައް. ދެން ކީކޭ ދޯ ބުނާނީ.
ދުވަހަކު ސާމްޕަލް ނުނެގުންވެސް ތީ މައްސަލައެއް. ބޭފުޅުންނަށް އުނދގޫފުޅުވާތީ ސާމްޕަލް ނުދީ އުޅުމުގެ އިޚްތިޔާރު އޮންނަނީތަ؟ މަސައްކަތައް ނިކުމެ ގިނަ ބަޔަކާ ބައްދަލުވާ މީހެއް ޓެސްޓްކޮށްނުލާ އުޅޭ އުޅުމުން ބަލި ކޮންޓްރޯލްކުރުމުގައި އެއްބާރުލުންނުދޭކަންވެސް ފާހަގަވޭ
ކޮން ޤާނޫނީ ހަމައަކުންތޯ ހަމަ ހުރެފަ ވޮލަންޓަރީ ސާމްޕަލް ދޭން ޖެހެނީ؟ ޕީސީއާރު ޓެސްޓަކީވެސް އަލީ ލަތީފުމެން ހިންގާ ޖަރީމާއެއް. ދީސް ޓެސްޓްސް އާ އަންރިލަޔަބަލް، ޗޭޒިން އެސިމްޕްޓޮމޭޓިކް ގޯސްޓްސް.
މި ރާއްޖޭގައި ޤާނޫނަކީ އެހަދަންތިބޭ މީހުންގެ އަމިއްލަ މަސްލަޙަތަށް ބަލާ ކުޅޭ ކުޅިގަނޑެއް
އިންސާނުންނަށް ކުށްކުރެވޭނީ އެއްބަޔަކު މިކަމުގަ ހޭބޯނާރާމަސަށްކަތް ކުރަން ތިބީ. އެއީވެސް ބަޔެއްގެ ދަރިންތަކެއް އެކުދިން ނަށްވެސް ކުއްކުރެވޭނެ ތިމާތީކުއްނުކުރެވޭ މީހެއްތަ.މިއަދު އަހަރެމެން އެކުދިން ނަށް ހިއްވަރު ދޭން ތިބިމީހުން އެކުދިންގެ ހިއްވަރު ދެރަވާފަދަ ބަސް ބުނުމަކީ ބަލައި ގަނެވޭނެ ކަމެއްނޫން.
ވެދާނެ ވަގަށް އުޅޭ ބަންގާޅީއަކު ނުބައި ފޯނު ނަމްބަރެއް ދިނީ ކަމަށް ވެސް. މިހާ ގަޅި ވަކީލުން ވެސް އުޅޭތަ؟ އެޗްޕީއޭގަ ވެސް ތިބެނީ އިންސާނުން
ނޫން މީކީ އަސްލު މަޖާ ވާހަކަ އެއްނޫން. ހީވަނީ ޑނރ. ( ޑިޕާރޓްމެންޓް އޮފް ނެޝެނަލް ރަޖިސްޓްރޭޝަން ) ގެ ލިންކް އެޗް.ޕީ.އޭ އަށް ދިނީމަ ނަމްބަރި މަތިކުރަން ހަމަ އިއިޑީ ނަމްބަރ އެއް ޖަހާލާފަ ދެން ޕޮޒިޓިވް ވާ ގޮތް ހަދަންޏާ ތީ ވ ވ ބޮޑު އަނިޔާ އެއް ރައްޔަތުންނަށް ދެވޭ ، ނޫސް ވެރިން ސުވާލު ކުރާރަށް މަބްރޫކް ތި ވެފާ އޮތް ގޮތެއް ބަލާފަ ޖަވާބެއް އަރުވަން ބުނާހާ އީޒީ ކަމަކަށް މިކަން ނަހައްދަވާ އާދޭސް ކުރަން
ގާނޫނީ ވަކީލަކަށްވެހުރެ، ތިއަށްވުރެ ވާނުވާ އޮޅުން ފިލަން އެބަޖެހޭ، އެޗް.ޕީ.އޭ އިން އަބަދުވެސް ބުނަމުން އެދަނީ އެއްވެސް ފަރާތެއް ފައްސި ވެގެނެއް މެސެޖް ކޮށްފައެއް ނުބުނާނޭ، އެވާހަކައެއް، ސީދާ އެފަރާތަކަށް ގުޅައިފައޭ ފައްސި ވާހަކަ ބުނާނި،ވާނުވާ އެނގިބަލަ
އެޗްޕީއޭ އިން ކިޔާ އެއްޗަކާ ވާގޮތަކާ ދިމާވާ އެއްކަމެއްވެސް އޮވޭތަ؟
އެބޭފުޅުންއެކުރައްވާހިއްވަރަށްޝުކުރުއަދާކުރަންވީއަމިއްލަފުރާނަ އަށބެލުމެއްނެތި އާއިލާއަށްބެލުމެއްނެތިއަހއ
އެބޭފުޅުންއެކުރައްވާހިއްވަރަށްޝުކުރުއަދާކުރަންވީއަމިއްލަފުރާނަ އަށބެލުމެއްނެތި އާއިލާއަށްބެލުމެއްނެތިއަހއ
އަލަށްވެެސް ކޮވިޑް-19 އަށްް ޓެސްޓުކުރުމަށް ސުންކު (ސާމްޕަލް) ނުނަގާ ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މެސެޖުކޮށްފިއެވެ. ތި މީހަކު ޕޮޒިޓިވީކަން އެނގުނީވެސް ސުންކު ނުނަގާ ޓެސްޓްކުރުމުންތޯ
އަލަށްވެެސް ކޮވިޑް-19 އަށްް ޓެސްޓުކުރުމަށް ސުންކު (ސާމްޕަލް) ނުނަގާ ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މެސެޖުކޮށްފިއެވެ. ތި މީހަކު ޕޮޒިޓިވީކަން އެނގުނީވެސް ސުންކު ނުނަގާ ޓެސްޓްކުރުމުންތޯ
ޚަބަރު ކިޔާލާފަ ކޮމެންޓު ކޮށްލާ
ކިޔާކުއްޖާ ތިޔަ ދައްކަނީ ރަނގަޅު ވާހަކައެއްނޫން. ވަރައް ބޭވަރު ފޭސާ ލިބޭ ސިއްޙީ ދާއިރާގޭ މަސައްކަތް ކުރާމީހުންނަށް އެކަމަކު އޮޅެގެން އެތައްބަޔަކަށް ބޮޑެތި ގެއްލުންދީފަ އެބަހުރި. އޮޅިގެން މީހުން މަރޭފޭވެސްއެބަހުރި. މިކަހަލަ ވާހަކަ ދައްކަން ޖެހޭނެ! ރަނގަޅު އަބްދޯ! އަބްދޯމެން ޗަކުރާ މަސައްކަތުގެ ސަބަބުން އެތައްކަމެއް އިސްލާހު ވެއްޖެ.
ބަލި ޖައްސަވާ ފިއްލަވާ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާ !
ތީ ހަމަ ހިގާ ކަންންތައްތައް. ފަރުވާކުޑައީ އިންތިހާއަށް. އެއްވެސް ކަމެއްގައި އިތުބާރު ނުކުރެވޭ. ކުރީ ދުވަހު ހޮސްޕީޓަލް އެޑްމިޓް ކޮއްފައި އޮއްވާ ދިނީ އެހެން މީހަކަށް ދޭބޭސް. ދެން އައިދުވަހު އެކްސްރޭއިން ބަލައިގެން ޑޮކްޓަރުބޭސްލިޔެދިނީ އެހެން ބަލިމީހެއްގެ އެކްސްރޭ އާއި ލެބްރިޕޯޓް ބަލާފައި.
އަބްދޯ އަކަށް ނުކެރުނެއްނު ނޭފަރު ސިއްޙީ ކަންކަމާ ހަވާލުކޮށްފޭހުރި ދެއުޅި އެއްނުވާ ބޭބެ ގެ ވާހަކަ ނޫހައްދޭކަށް! ކަމެއް އިސްލާހު ކުރާނަމަ ނޭފަރު ހޮސްޕިޓާ އިސްލާހު ކޮށްބަލޭ އެތަނެކޭ މިހުންގެ ގަނޑުވަރެކޭ އެއްވަރު
އެޗްޕީއޭގެ މައްސަލައެއް ނޫންތީކި. ޅ.އަތޮޅު ހޮސްޕިޓަލުން ގަސްދުގައި ހިންގާ ކަމެއްތޯ. ނުވެސް ދެނަހުރި އެތައްބައެއް ޕޮޒިޓިވް ކޮށްގެން ރައްޔިތުން މިތިބި ރަށުބަންދަށް ލައިފ. މިވަރު އަނިޔާއެއް ދޭން ހެޔޮނުވާނެއެންނު
މި ރަށު ހޮސްޕިޓަލުން ނުކުރޭ ރަނގަޅު އެއްކަމެއްވެސް ހަމަ ނޮހޮރުއްޕާން ކުރަނި
ސިއްހީ ނިޒާމަށް ވެސް މިނަށް ވުރެ ބާރު ބޮޑުވީމަ ފަޅައިގެން ދާނެ ނުންތޯ
މިރަށެއްނެތް ސަލާމަތްވާކަށް. ސިޔާސީ ޕޯޑިއަމް ގައި ބާރައްހަޅޭލަވާލީމާ ނުކިޔަވާ ތިބޭމީހުން އެތިބެނީ ހޮސްޕިޓަލްގެ މެނޭޖަރުންނަށް ލައިފަވިއްޔާ ސަހާދެއްމިބުނީ ނައިފަރުން ކޮވިޑެއް ނުފިލާނެ . މިއޮތީ ބަލާވެރިއްގެ ސަބަބުން ރަށް ހަލާކުވެފައި. މިވާހަކަ ލިޔެބަލަ ތިޔަ ނޫސްތަކުގަަ ހޮސްޕިޓަލުގެ މެނޭޖަރު ބޭރުކުރޭ
ޅ.އަތޮޅު ހޮސްޕިޓަލް މެނޭޖަރަކީ މަރުމޯލެއްތޯ ބަލަން ސުންކު ނަގައިބަލަ. ޕޮޒިޓިވްވާނެ
އަބްދުالله ބުނާހެން ޚިދުމަތެއް ދޭނެ ބަޔަކު ހޮސްޕިޓަލަކުނެތް. ރުފިޔާ ލިބޭތޯ އެއްމެންވެސް ބަލަނީ ތިކިޔާ ފްރޮންޓް ލައިން ގައި ތިބެގެނ ހޯދާ ރުފިޔާކޮޅުު ލިބުން ހުއްޓެދާނެތީ ބަލި ފަތުރަން ހޮސްޕިޓަލުން ބޭނުންވޭ
ޢަބްދުالله ޢަބްދުލްޙަކީމް' މަޙުމޫދު ޢަބްދުލް ޙަމީދު' ޒަކަރިއްޔާ ރިމްޒާން ތިންބޭފުޅުން ނައިފަރުގެ ކަންކަން އިސްލާހު ކުރެއްވުމަށް ބަސް ކިއުއްވަމުން ނުދިޔަ ނަމަ ސިޔާސީމީހުން ގެ މުށުތެރޭރައްޔިތުން ރަނގަޅަށް ބަނދެވުނީސް
ސުކުރިއްޔާ ތިޔަ ކުރައްވާ މަސައްކަތައް.
ހޮސްޕިޓަލުން ޖައުފަރު ބޭރުކުރާންވީ އޭރުން މިރަށް ރަގަޅުވީ
ހޮސްޕިޓަލްގައި ފައިސާ ހޯދުމަށް ޓަކާ މުވައްޒަފުން ފޯރިއެއް އެބަހުރި. އެއްމެ މީހެއްގެ ސުންކު ނެގުމުގައި 11 މީހުން ބައިވެރިވާއިރު ސުންކު ނަގައިތޯ ބަލަންވެސް 4 މީހުން ބައިވެރިވޭ. މި އެއްމެންނަށް އެލަވަންސް ލިބޭ. އެހެންވެ ހޮސްޕިޓަލުން ކޮވިޑް ފަތުރަން ވަރަށް ހިތްވަރު އެބަ ކުރޭ
ހޮސްޕިޓަލުން މެނޭޖަރު ބޭރުކުރާންވީ އޭރުން މިރަށް ރަގަޅުވީ
ކާރިމް ވިދާދާ ގުޅިގެން ޖައުފަރު ލައްވާ ހިންގާ ކަމެއް ކަމަށް ވެދާނެ
ޖަހާ ސްޓޭޓާސްއެއް
ވަރަށް ބަރާބަރު. ތިޔަކަހަލަ ކަންކަން ހާމަ ކުރަންވާނެ
ރަށުގަ މިއޮތީ ކޮވިޑު. އެކަމަކު ބަލިމީހެއްނެތް
ކޮވިޑު ޖެހިގެން މަރުވާނީ ބަލިތައް މަތިން ނުތެދުވެ ފަސް ހަ އަހަރު ވެފައިތިބި އުމުރުން ދުވަސްވެފައިވާ މީހުން
އަދި މަރުވާފަހުން ސުންކު ނަގައިގެން ޕޮޒިޓިވް ވަނީވެސް
ވިދާދު އާ ކާރިމް ގުޅިގެން ޖައުފަރު ލައްވާ ހިންގާ ކަމެއް ކަމަށް ނުވެއްޖިޔާމު ރަނގަޅެއްނު
ޖަހާ ސްޓޭޓާސްއެއް
އަބްދޯ ވަރަށް ހިތްވަރު ގަދަ އިނގޭ
ވިއްކާ ސުންކެއް ނެތްތަ
ހިންގާ ކަމެއް ކަމަށް ނުވެއްޖިޔާމު ރަނގަޅެއްނު
ޖަހާ ސްޓޭޓާސްއެއް
މުސީބާތެއް ކަހަލަ ސިއްހީ ނިޒާމެއް މިތާ މިއޮތީ
ތިވާނީ މުޅިން އައު ވޭރިއެންޓަކަށް.... ޝުކުރިއްޔާ
ސަރުކާރުގެ އިހުމާލުން ގެއްލިގެން މިދާފުރާނަތަކުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭ. ދައުވާ ކުރެވެނޖެހޭ. ބައެއްގެ ފުރާނަ މިދަނީ ބަޔަކުމީހުންގެ ޒިންމާާރުކަން ކުޑަކަމުން.
އެްޗް ޕީއޭ އަށް ޅިބޭ ލާރިގަނޑު ލިބެނިކޮށް މައިމޫނަމެނެއް މިކަމެއް ނުހުއްޓާނެ. މެޑިކަލް މާފިޔާ އިން. %99.97 ރިކަވަ ބައްޔަކަށް ކޮން ބަޔޯކެމިކަލް ވެކްސިނެއް ، މީޑިއާއިނވެސް ދަނީ އޮޅުވާލަމުން
އައިޑީ ނުބައިވެގެން ތިޔަހެން ވެދާނެ އަޅުގަނޑަށް ބޮޑުވީ ތިފަދަ ޒިންމާދާރު ބޭފުޅަކު މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުންދާ މުއައްސަސާއެއްގެ އަގު ވެއްޓޭ ފަދަ ގޮތްތައް ސޯސަލް މީޑިއާގައި ކޮމެންޓް ކުރީމަ!!!!!
ތިޔައި މައްސަލައެއް ނޫން.... ކަލޭމެން ކައިރީ ގޭގަ ތިބޭށޭ ބުނީމަ އެކަންވީ އެއްނޫން..... ކޭސްތައް އިތުރުވެ ބޮއްސުންލީމަ އަތްނުފޯރާ ފަށަށް ދިޔައިމަ މިއަދު ނަގާ ސާމްޕަލް މީގެ 10 ދުވަސް ފަހުން ލިބުނީމަ އެކަމުގެ ރުޅިގަނޑު އެޗްޕީއޭ އަށް ބޭލިޔަކަސް ނުވާނެ... އަދި މިސިޔާސީ އެއްޗެހިންވެސް ހަމަ މިދުވަސަވަރަކު ވެއްޖެ އިލެކްޝަންވެސް ބާއްވަން..... ސަހާދަތް ގައުމެއް މިއޮތީ....
ޕޮސިޓިވް ވެގެން މެސެޖެއް ނުކުރާނެ.
ޕޮޒިޓިވް ވެއްޖިއްޔާ މެސެޖެއް ނުކުރާނެ، އެޗް،ޕީ،އޭ އިން ގުޅާފަ އަންގާނީ، ވީމާ މީކީ އެއްވެސް ބުރަދަނެއް ހުރި ވާހަކަ އެއްނޫން
ޕޮޒިޓްވް ވެއްޖެކަމަށް އައިޖީއެމްއެޗްގެ މެޑިކަލް ޓީމުން ގުޅާފަ ބުނި އަޅުގަނޑުގެ ބައްޕަވެސް، ހައި ރިސްކުވުމުން މެޑިކަލް ހިސްޓްރީ ނަގާ ހާލު ބަލަން އައިސް ފެސިލިޓީއަށްވެސް ގެންދަން އުޅުނު. ފެސިލިޓީއަށް ފޮނުވަން ބޭނުން ނޫންކަމަށް ބުނުމުން އިގުރާރެެއްގަ ސޮއިވެސްކުރުވި.. ނަތީޖާ ޤަބޫލުނުކުރެވޭކަމަށާއި އަލުން ޓެސްޓުކޮށްދޭން ބުނުމުން އެކަމަށް އިންކާރުކުރި އެކަމަކު ޕޮޒިޓިވްކަމަށް ބުނިތާ 10 ގަޑިއިރު ފަހުން ގުޅާފަ ބުނީ ސިސްޓަމަށް އެންޓަރކުރުމުގައި އެރި އޮޅުމެކޯ ރިޒަލްޓް ނެގެޓިވް ވާހަކަ ބުނަންށޭ މިގުޅީ.. އެންމެ ކުޑަމިނުން އެކަމާއިހެދި އުފުލަންޖެހުނު ތަކުލީފަށް މާފަށްވެސްއެދި ނުލާ
އަޅުގަނޑަށް ވެސް ތިކަން ދިމާވި ސުންކު ނުނަގާ ހުއްޓާ ބުނީ ނަގާފައިވާކަމަށް ރެކޯޑުތަކުން ދައްކައޭ
ނަންބަރު އޮޅިގެން އެހެން ނުފޮނުވާނެ އެއް ނުން ހަކީމް ނަމުގަ. ކީކޭ ދޯ ބުނާނީ