ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގައި ޖެހިފައި ނުވާނެ ކަމަށް ކުރީގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީ ހިޔާނާތުގައި ޖެެހުނު މީހުންގެ ލިސްޓު ކަމަށް ބުނެ މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ލިސްޓުގައި އޭނާގެ ނަންވެސް އޮތް ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ ލިސްޓުގައި ބުނާ ގޮތުން ދުންޔާ ވަނީ 13000 އެމެރިކާ ޑޮލަރު ނުވަތަ ދެ ލައްދަ ދިވެހި ފައިސާ ބޭނުންކޮށްފައެވެ.

އެ ލިސްޓުގައި އޭނާގެ ނަން އޮތް ނަމަވެސް އެ ފައިސާގައި ޖެހިފައި ނުވާނެ ކަމަށް ދުންޔާ ވަނީ ވިދާޅުވެފައެވެ.

 

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު މަޖިލީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެ ލިސްޓުގައި ހިމެނޭ ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި މީހުން ވަކިކުރާ ގޮތަށް ލިސްޓު ދިރާސާ ކުރާ ކޮމިޓީގެ ސަބް ކޮމިޓީން ރޭ ވަނީ ފާސްކޮށްފައެވެ. އަދި ކޮމިޓީގެ ރިޕޯޓް ވަނީ ނިންމައިފައެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މޭސްތެރިޔަކަށް ހުންނެވި ކަމަށް އެއްބަސްވެވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ ސިޔާސީ ޕާޓީތަކަށާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނަށާއި، މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ވަޒީރުންނަށާއި ޝަރުއީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނަށް އޭނާ ދީފައިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. Anonymous

  މިވާނީ ތެދަކަށް.. މމޕރސ ގެ ފައިސާ ލިބިފައިވާނީ، އަދީބަށް ފައިދާ ކޮށްދޭނެ މީހުންނަށް... އޭގެ ތެރޭގައި، ރައީސް މައުމޫނު 3 ދަރިން ނުހިމެނޭނެ... އެއީ އަދީބުގެ ދުޝްމަނުން... ރައްޔިތުން ވިސްނާ ފިކުރުކުރޭ... އާރްސީސީ ނާޒިމަކީ އަދީބުގެ ޖާނީ ދުޝްމަނު... އޮތީ ޖަލުގައި.. އެކަމަކު އޭނައަށް އަދީބު ފައިސާ ދިނޯ؟ މީހަކު ހީހީވެސް ހަލާކުވެދާނެ.. އައްސަދުމެން ބުއްދިރަންވެފަ ތިބެ ހަދާ އެއްޗެހީގެ ފެންވަރު މިހުންނަނީ... ބަލަ ފައިސާ ލިބުމަށްޓަކައި، ފައިސާ ދޭމީހާއަށް މަންފާއެއް ކުރުން އެއީ މީގެ އެއް ހެކި...
  އެހެނެއްނޫން. ބްރޯ ސަދަގާތަށް ޖަލުގައި ތިބި މީހުންނާއި، މިއަހަރު މެންބަރުކަމަށް ހޮވޭނެކަމަށް ލަފާކުރި، މުހުސިނު މެނަށް ދިންނަމަ ތި އީ ސައްހަ އެއްޗެއްކަމަށް ރައްޔިތުންނަށް "ހީ" ކުރެވިދާނެ.

  1
  3
  • ހަބަރު

   ކަލެޔަށް ލަފާ ކުރެވޭ ގޮތަށް ތިޔަ ލިސްޓެއް އޮންނަން ޖެހޭތަ؟ މައުމޫނުގެ 03 ދަރިންނާއި ނާޒިމް ރަނގަޅަށް ދަންނަ މީހުންނަށް އިނގޭނެ އެމީހުން އެގޮތަށް ލާރިކޮޅެއް ލިބިއްޖެއްޔާ އޭގަ ހިފާނެކަން.

 2. ޖަބެ

  ހުސް ވަގުން 30 އަހަރު ރައްޔިތުން ނިކަމެތިކޮށްފަ އަދި ފަހުންވެސް ރައްޔިތުންގެ ޙަޒާނާއިން ފަސާގަ ނުޖެހެމޯ.
  ރައްޔިތުން ހޭއަރާ ހުންނާތި

 3. ގައުމީ ލޯބި

  އެމް އެމް ޕީ އާރް ސީ ކިޔާ ފައިސާ އެއް ނުުހުރޭ އެއީ ވަރަށް ބޮޑު ތެދެއް..

  ދިވެހިފައިސާ ނުވަތަ ޔޫ.އެސް ޑޮލަރު ލިބުނީ..

  މި މީނުން ލަދެއް ވެސް ނުގަނޭ ރައްޔަތުންގެ މާލު ބަނޑު އަޅައިގެން އަދިވެސް ދިވެހީންނަށްޓަކައޭ.. ގައުމަށް ޓަކައޭ ކިޔާފައި މީހުން ކުރިމައްޗަށް ނިކުންނަ އިރު.

  މަގޭ ބަސްއަހާނަމަ މި ކޮރޮޕްޝަނާއި ގުޅޭ އެއްވެސް މީހަކު މިގައުމުގެ މައްޗަށް ބަސްކިޔަން ދެނެއް ނުހޮވާނަން

  ދިވެހީން ވެއްޖެ މި ކަހަލަ ވަބާތަކުން ސަލާމަތްވުމަށް އެކަށީގެންވާ ވަރަށް ވިސްނާފައި ވޯޓު ދޭން.. ކުލަ ބަލައިގެން މިކަމެއް ނުވިއެއްނު ދޯ؟

 4. ހަސަދު

  ފައިސާ ކޮޅެއް ލިބުނު އެހެނަސް އޭގައި އެމް.އެމް.ޕީ އާރް ސީ ޖަހާފައި އެއް ނެތް ދެތްތޯ.

 5. އަޝްރަފް

  ފަޅޮލޭ ނުކިޔަހުރޭ ކަމަނާ. ޥަރަށް ތާހިރު ވެއްޖެ އެއްނު.

 6. Anonymous

  އެފްޕީއައިޑީގެ ޚިޔާނާތަކީ ކޮންރައީސެއްގެ ވެރިކަމުގައި ސަރުކާރުގެ ތެރެއިން ހިންގި ޚިޔާނާތެއްކަމާއި އެޚިޔާނާތުގެ މޭސްތިރިއަކީ ކާކުކުކަން ކަމަނާއަށް އެނގޭތަ؟؟؟ނެއެނގޭ ދޮތެ؟؟؟