ސަރަހައްދީ އާބާދީ ސެންޓަރުތައް ހެދުމަށް ސިޔާސަތެއް ހުށަހަޅަނީ ހަމައެކަނި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އެ ޕާޓީގެ ނައިބް ރައީސް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިހެން ވިދާޅުވީ ފަންސަވީސް ހާސް މީހުންގެ އާބާދީގެ އާބަން ސެންޓަރަކަށް ލ. ގަން ހެދުމަށް ރައީސް ސޯލިހް ވައުދުވެވަޑައިގެންނެވުމުން ކުރެއްވި ޓްވީޓެއްގައެވެ.

ދުންޔާ ވިދާޅުވެފައި ވަނީ 25،000 ގެ އާބާދީއަކުން ނުފުދޭނެ ކަމަށެވެ. ރަށުގެ އާބާދީ 50،000 އަށް އިތުރުކޮށްގެންނޫނީ އުފެއްދުންތެރި އިގުތިސޯދެއް ނުދެމެހެއްޓޭނެ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

"1977 ގެ މާލޭގެ އާބާދީ 29،000. އެވަރުންވެސް އިގުތިސޯދީ މަސައްކަތަށް މީހުންނުލިބޭ. ސަރަހައްދީ އާބާދީ ސެންޓަރުތައްހެދުމަށް ސިޔާސަތެއް ހުށަހަޅަނީ ހަމައެކަނި ނާޒިމް.". ދުންޔާ ވިދާޅުވިއެވެ.

ރިޔާސީ ކެމްޕޭންއަށް ގަމަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ލ. އަތޮޅަކީ ވަރަށް ބޭނުންތެރި އަދި އެތަކެއް ފައިދާ ހުރި މަސައްކަތްތަކެއް ކުރެވެން އޮތް ތަނެއް ކަމަށެވެ.

އަދި އެ ސަރަހައްދު ތަފާތުކޮށް ތަަރައްގީ ކުރަން މި ދައުރުގައި ވެސް ޕްލޭންތަކެއް ހެދި ކަމަށާއި އެގޮތުން ގަމާއި ފޮނަދޫ އެއްކޮށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރި ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް ކޮވިޑް-19 އާ ހެދި އެކަންކަން ލަސްވި ޕްލޭނަށް ބަދަލުތަކެއް ގެންނަން ޖެހުނީ ކަމަށް ރައީސް ވަނީ ފާހަގަކުރައްވަފައެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންގެ ޕްލޭނަކަށް ބަދަލެއް ނާދޭ. އަޅުގަނޑުމެންގެ އަމާޒަކީ މި ގަން މިއީ އާބަން ސެންޓަރެއްގެ ގޮތުގައި ޑިވޮލޮޕްކުރުން. އެގޮތުން ބޭނުންވާ ވަސީލަތްތައް މި ތަނުގައި ޑިވޮލޮޕްކުރުން. އަޅުގަނޑުމެންގެ އަމާޒަކީ މިތަން 10 އަހަރު ދުވަހުގެ ތެރޭގައި 25،000 މީހުންގެ އާބާދީއަކަށް މިތަން ބަދަލުކުރުން.". ރައީސް ވިދާޅުވިއެވެ.

އެގޮތުން ހައުސިންއާއި ސިއްހީ ހިދުމަތާއި ތައުލީމާއި ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލުތަކެއް ގެނައުމުގެ ޕްލޭނެއް އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ތިހެން ކިޔާފައި ކައޭ ވެސް އުޅޭނީ ކައޭގެ ބައްޕަ މިގައުމުގެ އާބާދީ ކޮންޓްރޯލްކުރި ގޮތަށް ވިހެއުން މަނާކުރަން. މިގައުމުގެ އާބާދީ ހަލާކުކޮށް މިގައުމަށް ބަންގާޅު ބެއިފުޅުން ގެނައީ ކައޭގެ ބައްޕައޭ. ދެން ކައޭ ބަންގާޅު ބެއިފުޅަކާ އިނދެގެން ތިވާހަކަ ދެއްކީމައި ކާކުހޭ ތިވާހަކަ ގަބޫލުކުރާނީ؟

  2. Anonymous

    މީނާވެސް މިހާރު ހީވަނީ މޫނުގައި އުވަ ހާކާއިގެން އުޅޭ އަކިރި ބުދެއްހެން ދޯ. މިމީހުންގެ އާއިލާގެ ކޮންމެ މީހަކު ލައްގާފައިވަނީ ވަކި ޕާޓީއަކަށް ދޯ. ކޮންމެ ޕާޓީއަކަށް ވެރިކަން ލިބުނަސް މިމީހުންގެ ބައްޕަ އުޅޭނީ އެ ޕާޓީއެއްގެ ބަތާ ކައިގެން ދޯ. ތިރީސް އަހަރު ރާއްޖޭގެ ބައިތުލްމާލު ކައިގެން ވެސް ނުފުދުނު ދޯ.

  3. ހުސެން

    ނާޒިމް އަަައްވާނެ

    1
    4
  4. މުއިއްޒު އެއްބުރުން

    ތިކަން ކުރާނެ ހަރުދަނާ ގޮތެއް ކިޔައިދީބަލަ. ހުސް ހިޔާލީ ފޮލާ ވައުދު ނާޒިމުގެ ހުރީ. މުއިއްޒަކި އަމަލީ މަސައްކަތް ދެއްކި މީހާ. މިފަހަރު ހަމަ މުއިއްޒު

  5. ސޫއޫދު

    ތި4 ބޭފުޅުން މިއަދު ތިދުވަނީ ސިޔާސީގޮތުން ސަލާންޖަހަމުން ބައްޕާފުޅުގެ ދިގު30 އަހަރުތެރޭ ނިކުމެ ތިކަންކުރިނަމަ މިއަދުބައްޕާފުޅުގެވެރިކަން ވައްޓާލިފަރާއްތަކުގެފަހަތުންދުވަންނުޖެހުނީސް ކިޔަވަންފޮނުވީމަވެސްމަޖާކުރީ މިއަދުނިކަމެތިން ގެދަރިން ޕީޗްޑީހަދާނުކުމެ ގައުމާގެންކުރިއްދާއިރު ތިބޭފުޅުންފާޑުކިޔަނީ އެ30ގަ ނުވެފްވާކަންތައްކޮއް ދޭންގޮވަމުންދާތީ ލިބުނުފުރުސަތުގެބޭނުންއެއްމެ ރަނގަޅުގޮތުގަހިފިނަމަ މިހާރުތިބޭނެތާއިދުކުރާބަޔަ ކުވެސް އަދިފަސްއަހަރުފަހުންލިބޭނީ ޕިކަޕެއްގަ އަޑުގަދަކުރާ ހަރުކޮއްގެން ފާޓީތަކުގެމެންބަރުން ނައްގޮވާލާނެފުރުރުސަތު ކުޑަމީހާނޫނީ ޕީޕީއމގެ

  6. އަބްދޫ

    ތިޔައީ ކޮންމެހެން ކުރަންޖެހޭ ކަމެއްނޫން،