ރާއްޖެ އިތުރަށް ފަގީރުވާން ބޭނުން ނުވާތީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބް ރައީސް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ދަނީ ކެމްޕެއިން ދަތުރުތައް ކުރައްވަމުންނެވެ.

އެމަނިކުފާނުގެ މި ސަރުކާރުގައި ވަރަށް ގިނަ ލޯނުތަކެއް ނަގާ، މުސްތަގުބަލުގައި އަންނަން ތިބި ކުދިންވެސް ހިމެނޭހެން އެތައް ދިވެހި ރައްޔިތުންނެއްގެ ބޮލުގައިވެސް ބޮޑު ދަރަންޏެއް އެޅިފައިވާ ކަމަށް އިދިކޮޅު ހުރިހާ ޕާޓީތަކުގެ ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މިކަމާއި ގުޅޭ ކަންބޮޑުވުންތައް ކުރަމުންދާއިރު، މިއަދު ދުންޔާ ވިދާޅުވީ، ރައީސް ސޯލިހަށް އިތުރު ފުރުސަތެއް ދޭން ނުޖެހޭ ކަމަށެވެ.

އަދި ވޭތުވެދިޔަ ފަސް އަހަރު އެމަނިކުފާނު މި ރާއްޖެ އިތުރަށް ފަގީރު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެެ.

އޭނާ ހާމަ ކުރި ބައެއް ނަމްބަރުތަަކަށް ބަލާއިރު

2018 ގައި ބޭރުގެ ދަރަނި: 2.003 ބިލިއަން ޑޮލަރު
2020 ގައި ބޭރުގެ ދަރަނި: 2.845 ބިލިއަން ޑޮލަރު
2021 ގައި ބޭރުގެ ދަރަނި: 3.091 ބިލިއަން ޑޮލަރު

އެހެންކަމުން އިތުރަށް ފަގީރު ވާން ބޭނުން ނޫން ކަަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރިލޭ

    ﷲ އިރާދަފުޅުން މިފަހަރު އިބޫނޫން ގޮތެއްގައި ގައުމު ކުރިޔަށްދާން ފުރުސަތު ލިބޭނެ / އެވޮތަށް އަޅުގަނޑު ތާއީދު ،،، ގިނަ މީހުން ވިސްނަނީ ވަގުތީ މާލީމަންފާއަށް //

    11
    4
  2. ބަންގަލް

    ރާއްޖެ ދަރަނިވީ ކަމަނާޔާއި ކަމަނާގެ ބައްޕަ ގެންގުޅުނު ބަންގާޅަ ސިޔާސަތަކުން

    18
    6
  3. Anonymous

    ދުންޔާ ބުނަނީ ފަގީރުވެދާނެއޭ ޔުމްނާ ބުނަނީ މިވެރިކަން ބޮރަބަރު ވައްތަރު ތިބެނީއޭ ފާރިސް ބުނަނީ ރަނގަޅުވާނީ ތިމާ ވެރިއަކަށްހުރީމައޭ އައްސާން ބުނަނީ ރާސްޓަސްކިޔާފަ މުއިއްޒުއަށް ވޯޓުލާށޭ މައުމޫނު ބުނަނީ މަ ހުންނާނަމޭ ހަނދުބަލަން

    13
    1
  4. Anonymous

    ކޮންމެ މީހަކު ބުންޏަސް ދިވެހިންނަކީ މިހާރު ފަގީރުން. ބަޔަކު ލާރިން އުދުހުނަސް ގިނަ ދިވެހިން މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެން

    20
  5. Anonymous

    ނޫނޭ ކުރިޔައް އޮތް 5 އަހހަރުވެސް ސޯލިބޭ ބަހައްޓާ ރައްޔިތުން ނުކައި ނުބޮއިތިބޭ ވަރުކޮއްލާ.

    5
    1
  6. މިިނިކާ ދައިތަ

    ޤައުމުގައި އޮތް 99 އާގުބޯޓް ހަފުސްކޮށް އިޤްތިޞާދު އިނދަޖައްސާލީ ކަމަނާގެ ބައްޕާފުޅު ނޫންތޯ؟ ރައީސް އަލްއަމީރު އިބްރާހީމް ނާޞިރު ވެރިކަމުން ފޭބިއިރު ދިވެހި ދައުލަތުގައި އެއްވެސް ދަރަންޏެއް ނެތްކަން ސާފުކޮށް އެހުރީ ފެންނާން ދެއްތޯ؟ ރައީސް ނާޞިރުއާއި ދަރިދަރިކަލުންގެ ނަންފުޅުގައި ރަޖިސްޓްރީވެފައިވާ އަމިއްލަ މިލްކު ހުރިހާ ބިންތައް ކަމަނާގެ ބައްޕާފުޅު ވެރިކަމަށް ވަޑައިގެން ފޭރިގެންނެވީ. އޭރު ޑޮލަރު ގަންނަން ހުރީ 3 ރުފިޔާއަށް ކަމުގައި ބުނެވޭ. މިހާރުން ބަލާނަމަ 10 ރުފިޔާއަށް 3 ޑޮލަރު ގަނެގެން ދިވެހިންގެ ޖީބުތައް އޮންނާނީ ތަނަވަސްކަމުން ފުރިފައި. އެވަރުން ނުވެގެން ތީމުގެ ވެސް ކަމަނާގެ ބައްޕާފުޅުގެ އަމިއްލަ މުދަލަކަށް ހައްދަވަން ރައްޔިތުންގެ މަޖިލިސް އަށް ހުށަހަޅުއްވާފައި ވަނިކޮށް އެކަން ވެސް ފަޅާއަރުވާލީ ތ. އަތޮޅު މެމްބަރު ޢަފީފު ނޫންތޯ؟ ހަނދުމަފުޅު އާކޮށްލަމާ މިވާހަކަތައް ދެއްތޯ؟

    8
    2
  7. ޙަސަން

    ކަލޭގެ ބައްޕަ މިގައުމަށް 30 އަހަރު ވިއިރު ތަރައްގީއަށް ކަންތައްތައް ކޮށްނުދީހުރުމުން މިއަދު ލޯނުނަގައިގެން ދަރަނިވާންޖެހުނީ

    6
    7
  8. ނަނަނަ

    ކޮބާތަ އެއްކަލަ ފިނދަނަ މިހާރު؟

  9. ދިވެހި މުސްކުޅިން

    30 އަހަރު ވަންދެން ބަރަވެލީގެ ދުވެލީގައި ވެރިކަން ކުރީ މީހެއްގެ ދަރިއަކަށް ނޭގޭނެ އިޤުތިޞާސީ ކަންކަމެއް ދަރަނި ނަގައިގެން ދަރަނި އަރަނިކޮށް ކުރިއަށް ރާވާފައި އިބޫ ސަރުކާރުން އޮތީ އަރަނި ބަޖެޓެއް އަދި އިބޫގެ ފުރަތަމަ އަހަރުގާ ރާއްޖޭގެ އިޤުތިޞާދު 3 ގުނަ ޖެއްސޭނެ މިކަންކަމެއް ކަމަނާއަކަށް ނޭގޭނެ ތިޔައީ އަދި އަސާސީ ބައެއް އަހަރެމެންނަކީ މީ މިއްރާޖޭގައި މިދާއިރާއިން އަރާތިބި ބައެއް ކަންކުރާގޮތް ނިކަން ބަލަންތިބެ ދަރުސް ލިބިގަނޭ

  10. ނަރުގިސް

    4 ބެއިން 4 ކޮޅަށް؟ ފުކެއްބޮޑު ވަރު