ހުޅުމާލެ ފޭސް ދޭއްގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދޭނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ސަރުކާރަކުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އެ ޕާޓީގެ ނައިބް ރައީސް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ، އެ ޕާޓީގެ މެނިފެސްޓޯއަކީ ވަރަށް ފުރިހަމައަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން އުކުލަވާލާފައިވާ ވަރަށް މުހިންމު މެނިފެސްޓޯއެއް ކަަމަށެވެ. މި މެނިފެސްޓޯގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ކޮށްދެއްވާނެ ކަންކަމުގެ ވާހަކަ ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްްވާފައިވާ ކަަމަށް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ، އޭގައި ހިމެނެނީ ހުސް ވައުދުތަކެއް ނޫން ކަަމަށާއި އެއީ ކުރެވޭނެ ކަހަލަ އަދި ކޮށްދެވޭނެ ކަހަލަ ވައުދުތަކެއް ކަމަށެވެ.

"މީގެ ތެރޭގައި ހުޅުމާލެ، ހާއްސަކޮށް ފޭސް ދޭއް، ހިޔާ ފްލެޓްތަކުގެ ރައްޔިތުންނަށް ވަރަށް މުހިންމު ވައުދުތަކެއް ހިމެނިގެން އެބަދޭ.".

އަދި މި މެނިފެސްޓޯގައި ދިވެހި ރައްޔިތުން މިހާރު އުޅެމުންދާ މާޔޫސްކަން ފިލުވާ، އުއްމީދު ފުރިގެންވާ މުސްތަގުބަލަކަށް މަސައްކަތް ކުރުމަށާއި މިއަށްވުރެ އުޖާލާ ޒަމާނަށް ރައްޔިތުން ގެންދިއުމަށް ނާޒިމް ވެވަޑައިގެންފައިވާ ވައުދުތަކެއްވެސް ހިމެނޭ ކަމަށް ދުންޔާ ވިދާޅުވިއެވެ.

"މެނިފެސްޓޯގައި އެބަ އޮތް ކޮންމެ މަހަކު 100 ޔުނިޓްގެ އިލެކްޓްރިސިޓީ ހިލޭ ދެއްވާނެ ކަން، 3،000 ލީޓަރުގެ ފެން ހުރިހާ ރައްޔިތުންނަށް ލިބޭނެކަން މަހަކު، ރޯދަ މަހު އެލަވެންސްގެ 3،000ރ ހުރިހާ ދިވެހި ރައްޔިތުންނަށް ލިބޭނެކަން. އެކަނިވެރި މައިންނަށްް ލިބޭ އެލަވެންސް މިއަށްވުރެ މަތިކޮށް، 4،000ރ އަށް މަތި ކުރުމަށް ވަނީ ނާޒިމް ވިދާޅުވެފައި، މެނިފެސްޓޯގައި ހިމަނާފައިވޭ.".

ދުންޔާ ވިދާޅުވީ، ހިޔާ ފްލެޓްތަކުގައި ދިިރިއުޅެމުންދާ ފަރާތްތަކަށް ދެ ސަރުކާރުންވެސް އިހުމާލު ވެފައިވާ ކަމަށެވެ. އަދި ފްލެޓްތަކަށް ރައްޔިތުން ވަންނަން ޖެހުނީ ވަރަށް ދަތިކޮށް ކަމަށާއި، އެތައް ލޯންތަކެއް ނަގަން ޖެހުނު ކަމަށް ދުންޔާ ވިދާޅުވިއެވެ.

"ފައިސާ ހަރަދުކޮށްގެން، ފައިސާ ގެއްލި، ތަން ނުހެދި، އިތުރު އަމިއްލަ ޖީބުން ހަރަދު ކުރައްވަންވެސް މިހާރުވެސް ވަރަށް ބުރަ މަސައްކަތްތަކުން އުޅުއްވާ ވަރަށް ގިނަ ރައްޔިތުން އެބަ އުޅުއްވާ. އެހެންވީމަ މި ކަންތައްތަކަށް އަޅުގަނޑުމެންގެ މެނިފެސްޓޯގައި އެބަ ހުރި މުހިންމު ވައުުދުތަކެއް.".

ނާޒިމްގެ މެނިފެސްޓޯގައި މިކަންކަމަށް ހައްލެއް ވާ ކަމަށާއި، އޭގެ ތެރޭގައި 4،000ރ އަށް ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ކުރުމާއި، ސްޓްރެޗަރ ލިފްޓެއްގެ އިތުރުން، ބެކްއަޕް ޖެނެރޭޓަރގެ ވާހަކަ ހިމެނޭ ކަމަށް ދުންޔާ ވިދާޅުވިއެވެ. އޭގެ އިތުރުން ފޭސް ދޭއްގައި ހޮސްޕިޓަލަކާއި، ޓެކް ޕާކެއްގެ އިތުރުން، ވަޒީފާގެ ގިނަ ފުުރުސަތުތަކެއް ހިމެނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.

"އެހެންވީމަ އެމްއެންޕީގެ ސަރުކާރެއްގައި ވަރަށް މުހިންމު ކަންތައްތަކެއް ފޭސް ދޭއްގެ ރައްޔިތުންނަށް ހިމެނޭނެ ވާހަކަ ދަންނަވާލަން.".

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަކަރެ

    ކަލޭމެން ތިކަމާ އުޅޭނެ ކަމެއް ނެތް މުއިޒް އެބަހުރި އިންޝާﷲ އެއްބުރުން

    20
    2
  2. ޝަމީލު

    ކަލޭގެ އެހީގައި ޔާމީން ވެރިކަން ބަދަލުކޮށް ހިޔާފުލެޓްވެރިން ބިކަކުރީ..ބަލަ ހިޔާއޭ ކިޔާ އަނގަހުޅުވަން ލަދެއްފަހެ ނުގަނޭބާ.. މީހަކު ކަނޑުހިއްކައިގެން ނިކަމެތިންނަށް ބޯހިޔާވަހިކަމެއް ދޭންނއުޅުނީމާ ޖެއްސީ މުސީބާތް ފުލެޓް ކުލި 12 އަށްހަދަންއުޅެ މީހުން މާޔޫސްކޮށް 8.5 ހަދާ ގޮތްގޮތް ހެދި ސަރުކާރާ ކަލޭއައްޕަ ކޯލިޝަން ހަދައިގެން އޮތީ މިހުރިހާދުވަހު އޭރު ކަލޭކޮބާ؟ހައްގު މިންވަރު އޮތީ ކޮންދޭތެރެއަކުބާ؟

  3. ފަޒުނާ

    އަޅުގަނޑަކީ ވިނަރެސް ފުލެޓް ލިބުނި މީހެއް.މި ސަރުކާންވަނީ ވިނަރެސްގެ ކުލި ލަގްޒަރީ ފެންވަރު ތަންތަނާ އެއްވަރު ކޮށްފަ.އަޅުގނޑުމެންގެ ހައްގުގަ ބަހެއް ބުނާނި ކެޑިޑޭޓަކު ނެތްތަ؟

    2
    3
  4. ބަޅިނދު

    މަގޭ ޕާރޓްނަރު ގާތު މަ ބުނިން މަށަށް މަގޭ ހައްޤު މިންވަރު ކޮބާހޭ.
    ބުނީ އެއީ މާބޮޑު އެއްޗެއް ހެއްޔޭ! އަމޭ މިއޮތީއޭ.