އޮރެންޖު ސަމާލު (އޮރެންޖު އެލާޓް) ނެރެފައި އޮތް ސަރަހައްދު ބޮޑުކޮށް، އިންޒާރުގެ ވަގުތު ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދެންމެ އިތުރު ކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދެންމެ އޮރެންޖު ސަމާލު ނެރެފައި ވަނީ އައްޑު އާއި ފުވައްމުލަކުގެ އިތުރުން ގއ.އަތޮޅާއި ގއ.ހިމެނޭ ސަރަހައްދުތަކަށެވެ.

މިސަރަހައްދަށް ބޯކޮށް ވާރޭވެހި 50 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އޮރެންޖު ސަމާލު ނެރެފައި ވަނީ މިރޭ 23:30 އާއި ހަމައަށެވެ.

މިހާރު ރާއްޖެ އަށް ކުރަމުން އަންނަ ވިއްސާރައިގައި އައްޑޫ ސިޓީ އާއި ފުވައްމުލަކަށް އަންނަނީ މިހާރު ވެސް ވަރަށް ބޯކޮށް ވާރޭ ވެހެމުންނެވެ. އެދެސިޓީގެ ބައެއް ސަރަހައްދުތަކުގައި ވަނީ ފެންވެސް ބޮޑުވެފައެވެ.