މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގެ މޭސްތިރިން މިވަގުތު ތިބީ އިނގިރޭސި ވިލާތުގައި ކަމަށް އިދިކޮޅުން ތުހުމަތުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ އަޑީގައި ތިބި ފަރާތްތަކުގެ ނަންތައް އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓުގައި ނެތް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 281 މީހުންގެ ނަން ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާ ޚިއްސާ ކޮށްފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީން ދިރާސާ ކުރުމަށްފަހު ކޮމިޝަނުން މަޖިލީހާ ހިއްސާކުރި ލިސްޓު ވަނީ މިދިޔަ މިދިޔަ ބުދަ ދުވަހު އާންމުކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ މި ހިޔާނާތުގެ ބައިވެރިވި ފަރާތްތައް މިވަގުތު އިނގިރޭސި ވިލާތުގައި ތިބިކަމަށް ތުހުމަތުކޮށްފައެވެ. އަދި ސަރުކާރުން އެފަރާތްތައް ބޭނުން ކުރަމުންދަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަސް ސިފަކޮށްފައިވެއެވެ. އިދިކޮޅުން ބުނަނީ މލިިސްޓަކީ ސަރުކާރާއި ވާދަވެރި ފަރާތްތަކުގެ އަބުރު ކަތިލުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އެއީ އެ ލިސްޓުގައި މައުސޫމް އެތައް ރައްޔިތެއްގެ ނަން ހިމަނާފައި ވާތީ ކަމަށް ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

"އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިންގުމުގެ އެންމެ އަޑީގައި ތިބި ފަރާތްތަކުގެ ނަންތައް އެ ލިސްޓުގައި ނެތްކަންވެސް ފާހަގަ ކުރަމެވެ. މީގެ އިތުރުންވެސް، މި ޚިޔާނާތުގައި ބައިވެރިވި ފަރާތްތައް އިނގިރޭސި ވިލާތުގައި ބައިތިއްބައިގެން، އެމީހުންނަކީ ސިޔާސީ ގޮތުން ސަރުކާރާއި ވާދަވެރި ފަރާތްތަކުގެ އަބުރު ކަތިލުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދާފައިވުމުންވެސް މި މައްސަލަ ތަޙުޤީޤުކޮށް އެ ފައިސާ އަނބުރާ ހޯދުމުގެ ނިޔަތެއް ސަރުކާރުގެ ނެތްކަން ހާމަވެގެން ދެއެވެ." އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އިދިކޮޅުން މިފަދައިން ތުހުމަތުކުރާއިރު، އިނގިރޭސި ވިލާތުގައި މިވަގުތު ތިއްބެވި ބޭފުޅުންގެ ތެރޭގައި ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވިގެން މަގާމުން ވަކިކުރެވުނު މިސަރުކާރުގެ އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި، އެމްއެމްޕީއާރްސީ ޚިޔާނާތުގައި ފައިސާ ދައުރުކުރި، ސްކޯސް އޮފް ފްލެއަރ (އެސްއޯއެފް) ކުންފުނީގެ މުހައްމަދު އައްލާމް (މޮހޯ) އޭނާގެ ބައްޕަ، މ. ސެސްނާ އަބްދުއްލަތީފް އަބޫބަކުރު ހިމެނެއެވެ. މިއިން އެއްވެސް މީހެއްގެ ނަން މަޖިލީހުން އާންމުކުރި ލިސްޓަކު ނެތެވެ.

އަލީ ވަހީދު، ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވެއެވެ. އަދި މި އެ މައްސަލާގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށް އޭނާވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފައެވެ.އެމްއެމްޕީއާރުސީގެ މައްސަލަ ފެންމަތިވުމާއި އެކު މޮހޯއާއި އޭނާގެ ބައްޕަވެސް ވަނީ ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މޭސްތެރިޔަކަށް ހުންނެވި އަދީބު ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ ސިޔާސީ ޕާޓީތަކަށާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނަށާއި، މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ވަޒީރުންނަށާއި ޝަރުއީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނަށް އޭނާ ދީފައިވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

ނަމަވެސް މި މައްސަލާގައި މިހާތަނަށް ދައުވާކޮށްފައި ވަނީ ތިން ފަރާތެއްގެ މައްޗަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްއާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖަރު އަބްދުﷲ ޒިޔަތުގެ މައްޗަަށެވެ.

މި ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށްޓަކައި ރިޔާސީ ކޮމިޝަނެއް އެކުލަވާލައްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ހިމެނޭ ގޮތަށް ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނެއް ވެސް އެކުލަވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވގ

    ކަލޭމެން އެހެންމީހުންގެބޮލުގަ ތިކަން އަަޅުވަން އޯކޭ އެކަމަކު ޕޕ އެމް އަކުން ޢެފައިސާޔަކުނުޖެހެ ތިތިބީ ކޮޅު ގޮހޮރައްކައިގެން ބޮޣެތިވަގުން އެކަކައްވިސް އެގޭކަމައްވެނުވި ކިހާރީތި އެހެންތާވާނީ އެބުނަނީ ހަލާލެއްހަރާމެއްބަލާނެކަމެއްނެތޭ ޔާނުވެސް

    3
    24
  2. ހިރާފް

    އަލީވަހީދު އަދީބް ސޯލިހް ނަޝީދު ޑީލް ހަދާފަ..

    31
    2
  3. ކަލޯ ގެ ހުސެއިނާ

    މި ކަހަލަ ބަޔަކަށް ދެން ވެރިކަން ލިބިއްޖެނަމަ ޚަޒާނާ ހުންނާނީ ލޯވަޅު ތޮރުފާފައި

    15
    6
  4. ކޮއްކޮބޭ

    ހިޔާނާތުގެ ވެރިން ތިބީ އަދީބުބުނެގެން ފޮރުވާފައި ޕީޕީއެމް ބަދުނާމުކުރަން މަސައްކަތްކުރިއަސް މިއަދު އެކަމެއްނުވާނެ ތިލިސްޓަށްތާއިދުކުރާނެ މީހަކުނެތް

    23
    3
  5. ފާތުމަ އެޅި މިސްކިތް ހުޅުމާލެ

    ޕީޕީ ހުދު ކާފޫރަށް ވެ ނިމިއްޖެ