ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގެ އަޑީގައިވާ ބަޔަކު ނުހޯދިއްޖެ ނަމަ، އެފަދަ ހަމަލާތައް ސިޔާސީ ފަރާތްތަކަށް ދިނުން އާންމު ކަމަކަށް ވެގެން ހިނގާދާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި އާޒިމް ވިދާޅުވީ ރާއްޖޭގައި ދެމުން އަންނަ ނިރުބަވެރި ހަމަލާތަކުގެ އަޑީގައި ތިބި ބަޔަކު ހޯދަން ޖެހޭ ކަމަށެވެ. އެގޮތުން އެފަރާތްތަކަަށް ފައިސާ ހަރަދު ކުރާ ބަޔަކާއި، އެފަދަ ހަމަލާތައް ރާވާ ފަރާތްތަކުގެ އިތުރުން އެފަދަ ވިސްނުން ދޭމީހުން ހޯދަން ޖެހޭ ކަން ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށްް ދިން ހަމަލާގެ ފަހަތުގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހުން ހައްޔަރުކޮށްގެން މި މައްސަލަ ނިމުމަކަށް ނާންނާނެއެވެ.

މި މައްސަލާގެ އެންމެ ފުނަށް ވާސިލް ވެވޭނީ އެންމެން ގުޅިިގެން މަސައްކަތް ކޮށްގެން ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިފަދަ ހަމަލާތަކުގެ މޭސްތިރިން ނުހޯދިއްޖެ ނަމަ ސިޔާސީ އެކި ފަރާތްތަކަށް އަނިޔާ ލިބުން އާންމު ކަމަކަށް ވެގެން ދާނެ ކަމުގެ ބިރުވެރިކަން އިންތިހާއަށް އޮތްކަމުގައި ވިދާޅުވިއެވެ.

"މިއަދު ފަހަރެއްގައި ރައީސް ނަޝީދު، މާދަމާ ކަމަނާ (ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ)، އަނެއް ދުވަހަކު ކޮންމެވެސް ވަޒީރެއް، ޖެހިގެން އަންނަ ދުވަހު މިތަނުން ކޮންމެވެސް މެމްބަރެއް. މީ ހުއްޓުމެއް ނެތް ކަމެއް. މިކަންކަން ހުއްޓުވަން ވަނީނަމަ މީގެ ފަހަތުގައި ފޮރުވިފައި ތިބި ބަޔަކު ހޯދަން އެބަ ޖެހޭ" އާޒިމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާދީފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ބޮމެއް ގޮއްވާލައިގެންނެވެ.

މި ހަމަލާގައި އެމަނިކުފާނަށް ލިބުނު ޒަހަމްތަކަށް މިހާރު ގެންދަވަނީ ޖަރުމަނުގައި ފަރުވާ ހޯދަވަމުންނެވެ.

މި ހަމަލައާ ގުޅިގެން ތިން މީހަކު ހައްޔަރު ކުރި އިރު އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން އެނގެއެވެ.

މިއީ ރާއްޖޭގައި ރައީސަކަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދިން ފުރަތަމަ ފަހަރެއް ނޫނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސެޕްޓެމްބަރު، 2015 ގައި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލާ އެމަނިކުފާނު އަވަހާރަކޮށްލުމަށްވެސް ނިރުބަވެރި ހަމަލާއެއް ދީފައިވެއެވެ. އަދި ރައްޔިތުން މަޖިލީހުގެ އުންގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީއާއި، ބްލޮގަރ ޔާމީން ރަޝީދުވެސް އަނިޔާވެރި ގޮތަކަށް މަރާލާފައިވެސް ވެއެވެ.

މިފަދަ އެތައް މަރެއްގެ އެންމެ ފުނަށް ވާސިލްވެ، އެފަރާތްތަކަށް އިންސާފް ހޯދާދިނުމުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަރުތަކާއި ބެހޭ ކޮމިޝަނެއް އުފައްދަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އިބިލީސް

  ވައްކަން ކުރާ މީހުންނާއި މެދު ފިޔަވަޅު ނޭޅޭނަމަ އާންމު ކަމަކަށް ވާނެ.

  20
 2. ނިކަމެތި ރައްޔިތު މީހާ

  މީހުންގެ އަދުން ދިޔާ ފައިސާ ގެނެސްގެން ނަހަމަ މުއްސަދިކަން ހޯދާމީހުންނަށް ނުހުއްޓުވޭނަމަ އާއްމުކަމަކަށް ވާނެ.

  15
 3. އެލެކްސް

  ރީތި ސްރު ހީ އަޅާސޮރެއްމީ. މިއަދުދައްކާ ވާ ހަކަ މާދަމާ ހަަނދާންނު ހުންނާނެ. އަބަދު ރީލޯޑުގަ ވަގުން ނުކުމެ ވަގުންނެއް ނުކުމެ ވަގުންނެއް ނު ހިފެ ހެއްޓޭނެ. ދިޔާތަކެތި އުފުލާދޭ މީ ހެއްތީ މި ހާރު މީ ހުން ގަބޫލެއްނުކުރޭ ތިޔަގޮވާ ހާ އެއްޗެއް

  10
 4. ކޮވިޑް

  އެމް އެމް ޕީ އާރު ސީ ގެ ވަގުފައިސާ ލިބުން މީހުންހެ ލިސްޓްގައި އޮވެ އަޑު އިވޭ ގޮތުން ގޭގެ މަތީ ބުރީ ޓެރަސް ގެ ވާހަކަ އަށް ފިޔަވަޅު ނޭޅޭތީ މިހާރު މި ޤަަައުމު ބޮއްސުންލާފަ ތިކަހަލަގެ މުނާފިޤް މީހުނާ ހަދައިގެން.

  11
 5. ނަސީދު

  ހހަމަލާގެ އަޑީގައި އާޒިމް ހުރިތޯ ސުވާލުކޮށްލަބަލަ

 6. ދުންތަރި

  ހިޔާނާތްތެރިނަނާމެދު ހަރުކަށި ފިޔަވަޅު ނޭޅޭނަމަ އާންމުކަމަކަށްވާޏެ ރިބާކާމީހުނާޟެދު ދީނުގަ ވާގޮތަށް ފިޔަވަޅުނޭޅޭނަމަ ޤައުމު ފަސާދަވާނެ މި މުޖުރިމު ލާދީނީ ކަލޭގެ ކޮނ ގޮވެއްޔެއްތަ މި ގޮބަނީ މީނު ދިޔާތަކެތިއަޅަން ދަބަސްގެންދިޔަކަލޭ ކިޔޭ ނުކިޔޭނޭނގޭނެ

 7. ޕޮގުބަ

  ކޮންމެ ކަމެއްގެ އަޑީގަތިބި ބަޔަކު ހޯދާށޭ ފުރަތަމަބުނާ މީ ހާގެ މައްސަލައިގެ ތަ ހުގީގެއް ހިންގަން ވާނެ އެމީ ހާ އެކަމުން ނުނަށޓާނެ

 8. އަހްމަދު

  ކަލޯމެންނަށް އަމާޒު ވެދާނެތީ އެކަނި ދޯ ތިޔަ ބިރު ގަންނަނީ.
  ކޮބާ ރައްޔިތުންނަށް ކަލޭމެންވީ ވައުދު ތައް.
  ލަދު ހަޔާތް ކުޑަ...

 9. ޖާނޭ

  ރައީސުންނަށް ހަމަލަ ދިނުމަކީ މިރާއްޖޭގައި ޢާއްމު ކަމެއް. 2008ގައި މައުމޫނަށް ހޯރަފުށީގައި ހަމަލަ ދިން. 2017ގައި ޔާމީނަށް ހަމަލަދިން. 2021ގައި ނަޝީދަށް ހަމަލަދިން. މިފަހަރު ނޫނީ އެމް.ޑީ.ޕީގެ ނަޒަރުގައި ހަމަލައެއް ނުދޭ. ނަޝީދުނ ޫނިއްޔާ ކުޅެނީ ހުސްޑްރާމާޔޯލަ!