މި މަހުގެ ހަވަނަ ދުވަހުގެރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވާހަރަކޮށްލަން ދިން ނިރުބަވެރިހަމަލާއާ ގުޅިގެން ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިން، ރާއްޖޭގެ ރައްކާތެރިކަމާއި މެދު ސުވާލު އުފައްދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ އަހުމަދު މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ހަރުކަށި ފިކުރަށް ތާއިދު ކުރާ ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ދިން މިހަމަލާގެ ވާހަކަ ބައިނަލްއަގްވާމީ ނޫސްތަކުގެ ފަލަސުރުހީތަކަށް ވަނީ އަރާފައެވެ. ހަމަލާ ދިން ހިސާބުން ފެށިގެން ކަންތައް ހިނގަމުން ދިޔަގޮތް ދުނިޔޭގެ މަޝްހޫރު ނޫސް އެޖެންސީތަކުން ދިޔައި ބަލައި ހޯދަމުންނެވެ. ނިރުބަވެރިންގެ ހައްޔާކަށް ރާއްޖެވެގެން ހިނގައިދާނެ ކަމުގެ ސުވާލުތަކާއި އެކުއެވެ.

މައުސޫމް "ވަގުތު" އަށް ވިދާޅުވީ، ދުނިޔެމަތީގެ ސުވަރުގެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މަންޒިލަކަށް ރާއްޖެވާއިރު ރައްކާތެރިކަމާއި މެދު ސުވާލު އުފެއްދޭނެ ޖާގަދީގެން ނުވާނެ ކަމަށެވެ. އެއީ ކޮވިޑްގެ ރައްކާތެރިކަންވިޔަސް ނުވަތަ ރާއްޖޭގެ އަމާންކަމާއި މެދު ކަމަށްވިޔަސްމެއެވެ. އެއަށް ފަހު މައުސޫމް ވިދާޅުވީ، ކޮވިޑާއި ހެދި ފަތުރުވެރިކަމުގެ ސިނާއަތަށް ލޮޅުން އަރާފައިވާ މި ދަނޑިވަޅުގައި، މި ހަމާލާއެކު ކުރިޔަށް އޮތްތަނުގައި ފަތުރުވެރިކަމަށްވެސް އަސަރުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

"މި ހަމަލާއާ ގުޅިގެންވެސް ފަތުރުވެރިކަމަށް ކުރިޔަތް އޮތްތަނުގައި އަސަރުކުރާނެ ކަމަށް ބެލެވޭ" މައުސޫމް ވިދާޅުވިއެވެ.

ކުރާނީ ކިހާވަރެއްގެ އަސަރެއްކަމަށް އޭނާ ވިދާޅެއް ނުވެއެވެ. މި ހާދިސާ ހިނގި ފަހުން ކިހާ އަދަދެއްގެ ބުކިންތަކެއް ކެންސަލްވެފައިވޭތޯ ސުވާލުކުރުމުން މައުސޫމް ވިދާޅުވީ، ކުރިން އަންދާޒާކޮށްފައި އޮތް ގޮތާއި ހިލާފަށް މިމަހުގެ ތެރޭގައި ކެންސަލްކޮށްފައިވާ ބުކިންތަކުގެ އަދަދު ގިނަ ކަމަށެވެ. ބުކިން ކެންސަލްކުރާ ސަބަބު ޓްރެވެލް އެޖެންސީތަކުން ހާމަނުކުރާތީވެ އެއީ ނިރުބަވެރިކަމުގެ ހަމަލާއާ ގުޅިގެންނޭ ދަންނަވަން ދަތިކަމަށް ވިދާޅުވިއެވެ.

"ދެކަމެއް ކަމަށް ލަފާކުރެވެނީ. އެއީ ކޮވިޑްގެ ސަބަބުގެ އިތުރުން ސަލާމަތާއި ރައްކާތެރިކަމާއި ގުޅިގެން" މައުސޫމް ވިދާޅުވިއެވެ.

ނިރުބަވެރިކަމުގެ ބިރަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުންގެ އަަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެއްވެސް ފަސް ޖެހުމެއް ނެތި މީހުންގެ ފުރާނަ ދުއްވާލަން ކެރޭ މީހުން ރާއްޖޭގައި އެބަތިބި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނި މީގެ ކުރިން ވިދާޅުވެފައެވެ. އެފަދަ މީހުން ހޯދަން ފުލުހުން ދޭތެރެ ދޭތެރެއިން އެކި ކަހަލަ އޮޕަރޭޝަންސްތައްވެސް ހިންގައެވެ. ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިންވެސް ދަނީ ބޭރުގެ އެކި އިދާރާތަކާއި ގުޅިގެންވެސް މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އެކަމަށް އެންމެ އެކަށީގެންވާ ހައްލެއް ނުލިބުމަކީ އާންމުގެ ތެރޭގައި އޮތް ބޮޑު ކަންބޮޑުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ނަައީމް

  އަދިވެސް މީނައަރާ މާފަހުން މިބުނަނީ އަސަރު ކުރާނޭ މިހާރު މަހެއްވީ ކުރީ ކިހާވަރެއްގެ ކޮނަ އަސަރެއްކަންވެސް ބުނާކޖަށެއްނޭގުނު މީކީ ނުކިޔަވާހުރި އަދި ތަޖުރިބާ ނެތްމީހެއްވެސްނޫން އެކަމު ކީއްކުރާނީ ފާޅުގާ ރޯމާދުވާލި ބޮޑުދޮގެއްހަދަން މަޖުބޫރު ކުރުވީމާ ވީގޮތް

  14
  • ތެދު

   މަޖުބޫރުކަމެއް އޮތީއެއް ނޫން. ހަމަ ނާގާބިލްކަން.

 2. ހުސެން

  ތިޔަ ތަލާ ބޭކާރު އަގައިން މާއަސަރު ކުރާނެ.ކޮވިޱް ބެކްލޮގް އެކޭ ތިޔަ ކިޔަނީވެސް ފަތުރު ވެރިންނަ އޮލު ވާލަން.ދިވެހިން މިހާރު ޱރ ގެ ދަރަޖަ ނެތަސް ތަންކޮލެ ތަހުޒީބު ވެފަ

  11
 3. ސޫއޫދު

  ތިއުޅެނީ ކަލޯމަޝްހޫރުވާނެ ގޮތެއްނޭގިގެން ބޭރުބަޔަކު އަދިތިކަމާނުވެސްއުޅޭ ސިޔާސިގޮތުން ބުރާންތިން މޮޅުވާން ނޫސްތަކުގެ ފަލަސުރިހިއީން ޖާގަހޯދުމައްކޮސްގޮވަނީ ބޮލެއްނެއްބުރުމާއެއްގެ ޖޭބޯ ހިލަގާއިންވިއްކާވައްތަރު.

  10
 4. އެމަންޖެ

  ގައުމައް ވަރައް ގެއްލުން ތިކަމުން ފޯރާނެ، އެހެޔޮ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޮޑުބައި ނެތި ދިޔަޔަސް ފަތުރުވެރިން ގެނެވޭތޯ ބަލާ ، ހަރުކަށި ފިޔަވަޅު ތަކެއް އަޅައިގެން ކޮވިޑް ކޮންޓުރޯލް ކުރަން އުޅޭތަނެއް ނުފެނޭ. ސަރުކާރުވެއްޖެ އިސްތިއުފާ ދީފަ ކަރަންޓީންވާން.

  12
 5. ތެދު

  ރަނގަޅެއްނު ކަލޭމެން އިދިކޮޅުގަތިބެގެން މަގައުމަށް ނާއްނާށޭގޮވީ މިހާރު ﷲމިވަނީ ކަލޭމެންނައް އެތަންދައްކަވާފަ...

  11
 6. ފުލިބެ

  ކޮންމެ ނަމާދަކައް ފަހު ދުޢާ ކުރާހެން ފަތުރުވެރިން ނާދޭޓޮ ދުވާކުރާ އެއިރުން މި ކޮވިޑް ރާއްޖޭން ފިލުވާލަވެނީ

 7. ސަންގޯރު އަހުމަދު

  ބަލަ މިހިރަ - - - ކަލެޔަށް އެކަނި ވެގެން މިއުޅޭގޮތް ނޭގެނީ އިންޑިޔާ ވޭރިއަންޓް މިތަނަށް އޮއްސާލީ ތިޔަ ގަމާރުގެ ބެލުން ކުޑަކަމާ ނާޤާބިލުކަމުން މިކަން މިތަނުގެ އެންމެ ގުޑަކުއްޖާވެސް ދަނޭ އެހިސާބުން އެކަކުވެސް ހަމައެއްވެސް ބަޔަކު މިތަނަށް އަންނަން ބޭނުންނުވީ

  7
  1
 8. ހެލޯ

  ރާއްޖޭގަ އޮންނަ ފަތުރުވެރިކަމަކީ ޙަރާމް ބިޒްނަސްއެއް.
  އެހެންވެ އެ ނެތިދިޔުމަކީ މުސްލިމުންނަށް ހުރި އުފަލެއް.

 9. އަސްލު

  ވެގެން އުޅޭގޮތެއް އެއްގޮތަކަށްވެސްނޭގެނެ. އިންޑިޔާ ވޭރިއަންޓް ރާއްޖެ އައި ގޮތެއްވެސް ނޭނގެ. ގައިމު ތިޔަވުޒާރައިގެ ސިޔާސީ ބޭފުޅެއް (ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރެއް) ޓީވީއަށް އަރާފައި ވަރަށް ބާރަށް ބުނި ރިޒޯޓްތަކުގައި ބަލި ފެތުރެނީ ޓޫރިސްޓުން ފަރާތުން ނޫންކަމަށް. އަންތަރީސްވޭ!