ށ. މިލަންދޫގައި ކަރަންޓީނުގައި ހުރި މީހަކު ފޫހިފިލުވުމަށް ގެއަށް މީހުން ވެއްދުމުން 10،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެެ.

"ވަގުތު" އަށް މައުލޫމާތު ދެެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިލަންދޫގައި ކަރަންޓީނުގައި ހުރި މީހަކު ގަވައިދާ ހިލާފުވުމުގެ ސަބަބުން 10،000 ރުފިޔާއިން ޖޫރިމަކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ ޖޫރިމަނާކޮށްފައި ވަނީ ކަރަންޓީނުގައި ހުރެ ފޫހި ފިލުވުމަށް ކަރަންޓީނުގައި ހުރި ގެއަށް ރަހުމަތްތެރިން ގެންދިއުމުގެ ސަބަބުންނެވެެ.

'އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތަކާއި ހިލާފުވާ ފަރާތަކީ އަމިއްލަ ފަރުދެއް ނަމަ ކަމުގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު 5،000 ރުފިޔާއާ 10،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވިގެން ދާނެ ކަމަށެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކަށް ހިލާފުވާ ފަރާތަކީ ގާނޫނި ޝަހުސެއް ނަމަ ކަމުގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު 10،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވިގެން ދާނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ދެން ލަލަލާ

  ކަރަންޓީނުގެ މުއްދަތު ޑަބަލް ކޮއްލިނަމަ އެއްނު އޭރައް ހުންނާނީ ރާކަނި މަހާ ގަބުޅި ބޯކިބަލާ ދެން ހުރި އެއްޗެއްވެސް ކެވިފަ

  14
 2. ޙަސަނު

  ވަރައް މޮޅު ، މާލޭ މީހުން އޯކޭ ދޯ ޕޮސިޓިވް ވެތިބެ ބޭރުގަ އުޅުނަސް ،

  1
  1