20:37

އިސްރާއީލުން ގެއްލުން ދިން ޣައްޒާގެ ފޮތް ފިހާރައެއް އަލުން އިމާރާތް ކުރުމަށް 70,000 އެމެރިކާ ޑޮލަރު 'ގޮފަންޑްމީ" ޕޭޖުން ހޯދަ ދީފި

އެ އިމާރާތް ބިމާއި ހަމަކޮށްލާފައިވަނީ އިސްރާއީލުން މިދިޔަ ހޯމަ ދުވަހު ދިން ބޮމުގެ ހަމާލާއެއްގައި. އެއިމާރާތަކީ ފަލަސްތީނުގެ ގިނަ ރައްޔިތުން ލޯތްބާއި އެކު ހިދުމަތް ހޯދަމުން އަންނަ ފިހާރައެއް.

19:34

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް ރޮކެޓް ހަމާލަތަކެއްދީ ބޮޑެތި ގެއްލުން ތަކެއް ދީފި

18:08

އިސްރާއީލުން ޣައްޒާގެ ކައިރި އަވަށްޓެރި ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފި

16:18

އިސްރާއީލާއި ޣައްޒާ އާއި ދެމެދު ދެމުން އަންނަ ހަމަލާ ބަދަލު ކުރުންތަކާއި ގުޅިގެން ޔޫއެންގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުން ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރު ވެއްޖެ.

އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ފަލަސްތީގެ ރައްޔިތުންގެ ހައްގުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައި.

16:18

އިސްރާއީލުން ހަމާސް ޖަމާއަތުން ގެންގުޅޭ ކަމަށް ބުނާ ރޮކެޓް ލޯންޗަރުތަކަށް ހަމަލާދީފި. އިސްރާއީލުން ބުނީ އޭގެ ތެރެއިން ގިނަ ލޯންޗަރުތަކަކީ އެއީ ބިމު އަޑީގައި ގެންގުޅޭ ތަކެތި ކަމަށް.

16:17

ޣައްޒާގެ ބޯޑަރު ސަރަހައްދުގައި ހިމެނޭ އެހެން ބަޔަކަށް އިސްރާއީލުން ރޮކެޓް ހަމަލާތަކެއް ދީފި.

މި ހަމަލާތައް ދީފައިވަނީ ބީރްޝެބާގެ ދެކުނަށާއި ނެގަވް ސަހަރާގެ އަވަށްތަކަށް ކަމަށް ރިޕޯޓްތަކުން ބުނޭ. މި ހަމަލާތަކުގައި މީހަކަށް އަނިޔާވި ކަމެއް އަދި ސާފުވެފައެއް ނުވޭ

16:17

ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނީ، އިސްރާއީލުން ދެމުން އަންނަ ހަމަލާގައި މިހާތަނަށް 230 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށާއި އޭގެ ތެރޭގައި 65 ކުޑަކުދިންނާއި ޒުވާން އުމުރުގެ މީހުން ހިމެނޭ ކަމަށެވެ. މިއީ ފާއިތުވި 11 ދުވަހު ކުރިއަށް ދިޔަ ހަމަލާ ބަދަލު ކުރުމުގައި ޝަހީދުވެފައިވާ މީހުންގެ އަދަދު ކަމަށް މިނިސްޓްރީން ވަނީ ބުނެފައި

16:16

ޣައްޒާއަށް މިސައިލް ހަމަލާތަކެއް އަމާޒުވެފައިވާތީ ސައިރަން އަޅަން ފަށާފައި. މި ސައިރަނަކީ ޣައްޒާގެ ބޯޑަރު ސަރަހައްދުން ނަހަލް އޮޒް، ނިރް އޮޒް އަދި ކިއްސުފިމް އަށް އަންނާނެ ހަމަލާ އަކާއި ގުޅިގެން އަޅާ ސައިރަން

16:16

އިސްރާއީލުން ފޮނުވާލި ހަމަލާތަކުގައި ހަމާސް ޖަމާއަތުގެ މީހުން އުޅޭ ތަންތަން ސުންނާފަތިވެފައިވާ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެފި. އެގޮތުން ހަމަލާ ދީފައިވަނީ ޓަނަލް ތަކެއްގެ އިތުރުން ކޮމާންޑް ސެންޓަރާއި ބިމު އަޑީގައި ހަދާފައިވާ ލޯންޗް ޕެޑްތަކަށް

16:16

ޣައްޒާގެ ރައްޔިތުން ސަލާމަތީކަންކަން ވަރުގަދަކޮށް، ރައްކާތެރި ސަރަހައްދުގައި ތިބުމަށް އެގައުމުގެ ހޯމް ފްރޮންޓް ކޮމާންުން އިލްތިމާސް ކޮށްފި. އެގޮތަށް އިލްތިމާސް ކޮށްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެ ސަރަހައްދަށް ހަމަލާތަކެއް ދިނުމާއި ގުޅިގެން

16:01

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާގައި ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކާއި މާބަނޑު އަންހެއްގެ އިތުރުން ތުއްތު ކުއްޖަކު ޝަހީދު ކޮށްލައިފި

12:36

ޣައްޒާ އިން އަނެއްކާވެސް އިސްރާއީލަށް ރޮކެޓް ހަމަލާތައް ދޭން ފަށައިފި.

10:54

އިސްރާއީލަށް ޣައްޒާ އިން ރޭ ވެސް 80 ރޮކެޓް ހަމަލާ ފޮނުވާލި ކަމަށާއި ނަމަވެސް ފާއިތުވި ހަގަޑިއިރުގެ ތެރޭގައި އެއްވެސް ރޮކެޓް ހަމަލާއެއް ފޮނުވާލާފައި ނުވާކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެފި.

10:16

ސިވިލް ސާވިސް ކޮމިޝަނުން ފަލަސްތީނަށް އެހީވުމަށް 1000 ޑޮލަރު ދީފި.

09:22

ޣައްޒާއަށް ދެމުންދާ ހަމަލާތައް މިއަދު ހުއްޓާލުން އެކަށީގެންވޭ - ރިޕޯޓް

09:02

އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލަން ފުރަތަމަ ފަހަރަށް އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ރިޕްލިކަން މެންބަރަކު ގޮވާލައިފި. ހަމަލާތައް ހުއްޓާލަން ގޮވާލި ރިޕަބްލިކަން ޕާޓީގެ މެންބަރަކީ އިންޑިއާނާ ތަމްސީލް ކުރައްވާ މެންބަރު ޓޮޑް ޔަންގް.

08:29

އިސްރާއީލުން ދިން ހަމަލާއެއްގައި ޣައްޒާގެ 32 އަހަރުގެ އަންހެނަކު ޝަހީދުވެއްޖެ. އޭނާ ޝަހީދުވީ އޭނާ ދިރިއުޅޭ ގެއަށް އިސްރާއީލުން ވައިގެ މަގުން ދިން ހަމަލާއެއްގައި.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް މެދުކަނޑާލުމުގެ ވިސްނުމެއް އިސްރާއީލުން ނުގެންގުޅެއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން މިރޭ ވަނީ އަނެއްކާވެސް އިސްރާއީލަށް ފޯނު ކޯލެއް ކޮށްފައެވެ. އެފޯން ކޯލްގައި "ވަރަށް މަޑުމައިތިރިކަމާއިއެކު ބައިޑެން ވަނީ ހަަމަލާތައް މެދުކަނޑާލަން އޭނާ ބޭނުންވާ ވާހަކަ ނަތަންޔާހޫ ކައިރީ ބުނެފައި" ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެފޯންކޯލަށް ފަހު ނަތަންޔާހޫ ބުނީ އިސްރާއީލްގެ މަޤުޞަދުތައް ހާސިލްވަންދެން ޣައްޒާއަށް ހަމަލާތައް ދެމުގެންދާނެ ކަމަށެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާ އިން 227 މީހަކު ޝަހީދުވެއްޖެއެވެ. އޭގެތެރޭގައި 64 ކުޑަކުދިން ހިމެނެއެވެ.

ފަލަސްތީނާއި އިސްރާއީލްގެ މަސްރަހަށް ބަލާއިރު އަދިވެސް ހަމަލާތައް ބަދަލުކުރުން އަވަހަށް ހުއްޓާލަފާނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.

ފަލަސްތީން މަސްރަހުގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަދީލް..

    ހައްލު އެބައޮތް. ހައްލުއޮތީ ސައުދީ ގަތަރު ޔޫއޭއީ ގެ ގަދަފަދަ ހަތިޔާރު ތިބި އަސްކަރިއްޔާގެ ބާރުގައި އިސްރާއީލްއާއި ހަނގުރާމަކޮއްގެން. އެކަން ނުކުރެވިގެން އުޅޭ ސަބަބު އެއީ ފޮރުވިފައިއޮތްކަމެއް ނޫން.. އެއީ މި ގައުމުތަކުން އެކަމާއި އަޅާލަން ބޭނުން ނުވާތީ.