ރައްޔިތުންގެ މަޖިލީހުގެ ނ. ކެނދިކުޅުޅުދޫ ދާއިރާ މެންބަރު އަހުމަދު އީސާގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާކުރުމުގެ ތުހުމަތުތަކާއި އެކު، މެމްބަރުކަމުންވެސް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

ގެވެށި އަނިޔާގެ ތުހުމަތު އަމާޒުވެފައިވުމާއި ގުޅިގެން އީސަ ވަނީ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ވަނީ އިސްތިއުފާ ދެއްވާފައެވެ. މަޖިލީހުގެ އިދާރާއަށް ފޮނުވި ލިޔުމުގައި އީސަ ވިދާޅުވީ އެ މަގާމުން އިސްތިއުފާ ދެއްވީ ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އަދި ގާނޫނު އަސާސީއާއި ގާނޫނުތަކާ ޚިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އީސައަށް އަމާޒުވެފައިވާ ތުހުމަތުތަކާއި ގުޅިގެން މޮސްޓާ ވިދާޅުވީ މިފަދަ އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލާގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި މެމްބަރުކަމުންވެސް އީސަ އިސްތިއުފާ ދެއްވުމަށް ގޮވާލާފައިވެއެވެ.

"މުގައްރިރުކަމުން އެކަންޏެއް ނޫން އީސަ އިސްތިއުފާ ދޭންވީ، މެމްބަރުކަމުންވެސް އިސްތިއުފާ ދޭންވީ! މިފަހަރު ކިހާ ވަރަކުން ދާނެބާ؟ އަލީ ވަހީދަށް ވީހެން މި މައްސަލަވެސް ތޮޅިއަށްބާ ދާނީ؟ ޖިންސީ ގޯނާއާއި ފުރައްސާރައަށް ނޫނެކޭ ބުނި ސަރުކާރުން އެ އުސޫލު ތަންފީޒު ކުރަނީ ބަކި ބަޔަކަށް! އިންސާފް ކޮބާ؟" މޮސްޓާ ކުރެއްވި ޓްވީޓްގައި ވެއެވެ.

މޮސްޓާ ވަނީ ސަރުކާރުން ގެންގުޅޭ ޒީރޯ ޓޮލެރެންސް އުސޫލަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ ޒީރޯ ޓޮލެރެންސްގެ އުސޫލު ތަންފީޒުވަނީ ވަކި ބަޔަކަށް ކަމަށެވެ. އަދި އީސައަށް ކުރެވުނު ތުހުމަތުތައް ދާނީ މި ސަރުކާރުގެ އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދުގެ މައްސަލަ ދިޔަ ގޮތަށް "ތޮޅިއަށް" ތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައިވެއެވެ.

އީސަގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަސްރާ ނަސީމް (އަސޫ) އަށް އަނިޔާ ކުރި މައްސަލައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދަރަނި ދަންތުރަ

  ގައިމުތާ މާލަސްވެސްވެއްޖެ ހަމަ މިހާރުން މިހާރަށް އީސަ އިސްތިއުފާދޭންވީ އީސަތިއީ އަނިޔާވެރިޔެއް އީސަ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

 2. ޖަމީ

  މަޖްލިސް ގަ ރާބޯ މެމެބަރުންނައް ތިބެވޭނެހޭ؟

 3. ނަައީމް

  އިސްތިުފާނުދިނަސް ގެއްލޭނެ ކުއްސާބިބިތުވެއްޖެނަމަ

 4. އީސަ

  ފަސްޓް ޔޫ.. ސެކަންޑް މީ..