ހއ. އަތޮޅު މުރައިދޫން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ ހަތަކަށް އަރާފައެވެ.

އެރަށުން އެންމެ ފުރަަތަަމަ ކޮވިޑަށް ފައްސިވެފައި ވަނީ ކަރަންޓީންގައި ނެތް މީހެކެވެ.

އެއީ ކޮވިޑްގެ އަލާމާތްތައް ހުރެގެން މިދިޔަ ހޯމަ ދުވަހު ޑޮކްޓަރަށް ދައްްކަން ދިޔަ މީހެކެވެ.

އެ މީހާ ފައްސިވުމާއެކު އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

އެރަށު ކައުންސިލުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެރަށުން ފަހުން ފައްސިވި ހަ މީހުންނަކީ ކުރިން ފައްސިވި މީހާއާ ގާތުން ެއެއްތާވީ މީހުން ހޯދުމުގެ މަސައްކަތުގެ ތެރެއިން ނެގި 18 ސުންކުގެ ތެރެއިން ފައްސިވި މީހުންނެވެ.

މި ވޭދަނަތަކާއި ގުޅިގެން އެރަށުން މިހާރު ގިނަ އަދަދެއްގެ ސުންކު ނަގާފައިވާއިރު، 100 ސުންކެއްގެ ނަތީޖާ ނުލިބެއެވެ.

މިހާރު އަތޮޅު ތެރޭގެ ގިނަ ރަށްތަކުގައި ކޮވިޑް ދަނީ ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު